Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަސްވެރިންނަށް ދޭން ޖެހޭ ފައިސާ

މަސްވެރިންނަށް ނުދެވި 5 މިލިއަން ރުފިޔާ އެބަހުރި: މިފްކޯ

ލޮކްޑައުންއާއި ގުޅިގެން ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށް މިފްކޯއިން ބުނޭ

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 12 ޖޫން 2020 | ހުކުރު 14:18
މަސްވެރިކަމުގައި މަސްވެރިންތަކެއް ހަރަކާތްތެރިވަނީ - ބަނާ މަހަށް ހަމައަގު ނުލިބުމާއި، ވަގުތުން ފައިސާ ނުލިބުމުގެ ޝަކުވާއަކީ އަބަދުވެސް މަސްވެރިން ކުރަމުން އަންނަ ޝަކުވާއެއް

މަސްވެރިކަމުގައި މަސްވެރިންތަކެއް ހަރަކާތްތެރިވަނީ - ބަނާ މަހަށް ހަމައަގު ނުލިބުމާއި، ވަގުތުން ފައިސާ ނުލިބުމުގެ ޝަކުވާއަކީ އަބަދުވެސް މަސްވެރިން ކުރަމުން އަންނަ ޝަކުވާއެއް

މަސްވެރިންނަށް ނުދެވި ހުރި 5 މިލިއަން ރުފިޔާ އެބަހުރި ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ބުނެފިއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވީ މިހާރު މަސްވެރިންނަށް ނުދެވި ހުރި ފައިސާގެ އަދަދަކީ ފަސް މިލިއަން ރުފިޔާ ކަމަށެެވެ.

Advertisement - newsAdvertisement

ބަނާ މަހަށް ހަމައަގު ނުލިބުމާއި، ވަގުތުން ފައިސާ ނުލިބުމުގެ ޝަކުވާއަކީ އަބަދުވެސް މަސްވެރިން ކުރަމުން އަންނަ ޝަކުވާއެކެވެ.

މިކަމާއި ގުޅިގެން ފައުޒީ ވިދާޅުވީ ފާއިތުވި 7 އަހަރު މަސް ގަންނަމުން ދިޔައީ މަހުގެ އަގު އެއްވަރެއްގައި ހިފަހައްޓައިގެން ކަމަށެވެ. އަދި މަސްވެރިންގެ އަތުން ގަތް ހުރިހާ މަހަކަށް ފައިސާ ދެމުންދިޔަ ކަމަށެވެ. އެހެންނަމަވެސް ކޮވިޑް-19ގެ ހާލަތާއި ގުޅިގެން، ވަރަށް ގިނަ ދަތިތަކެއް ދިމާވިކަން ފާހަގަކުރެއްވިއެވެ.

ފައުޒީ ވިދާޅުވީ މިދިޔަ އަހަރަކީ ފާއިތުވި 14 ނުވަތަ 16 ވަރަކަށް އަހަރު ތެރެއިން، މިފްކޯއަށް އެންމެ ރަނގަޅަށް މަސްލިބުނު އަހަރު ކަމަށެވެ. އެގޮތުން އެއަހަރު 48،000 ޓަނުގެ މަސް ގަނެވުނުކަމަށެވެ. ފައުޒީ ވިދާޅުވީ މިދިޔަ އަހަރުގެ މި މުއްދަތާއި މިއަހަރުގެ މި މުއްދަތަށް ބަލާއިރު މަސް ގަނެވުނީ 6000 ޓަނު މަދުން ކަމަށެވެ.

އިންފްލޭޝަން މާކެޓުގައި މިހާރު މަހުގެ އަގަކީ 1300 ޑޮލަރުކަން ފާހަގަކުރައްވާ ފައުޒީ ވިދާޅުވީ މަސްގަނެ އެކްސްޕޯޓުކުރުމަށް ދަތިނުވާހާ ހިނދަކު މިފްކޯގެ އޮޕަރޭޝަންތައް ކުރިއަށް ދާނެ ކަމަށެވެ.

މިހަފްތާ ތެރޭގައިވެސް އޮންލައިންކޯށް ވަރަށް ގިނަ މަސްވެރިންނަށް ފައިސާ ދިންކަން ފާހަގަކޮށް ފައުޒީ ވިދާޅުވީ ބޭންކުތަކާއި ގުޅިގެން މަސްވެރިންގެ ހައްގު ފައިސާ ދިނުމުގެ މަސައްކަތްތައް ކުރެވެމުންދާ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު