Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގްރާސްރޫޓް އަދި އެކަޑަމީގެ ހަރަކާތްތައް

ގްރާސް ރޫޓް އަދި އެކަޑަމީތައް ފަށަން އަހަރެއް ނަގާނެ: ބައްސާމް

11 ޖޫން 2020 | ބުރާސްފަތި 16:21

ހަރަކާތްތައް ފަށާއިރު އެންމެ ބޮޑު އިސްކަމަކަށް ވެގެންދާނީ ކޮންމެ ކުއްޖެއްގެ ސިއްހަތު

ހުސައިން ފަރިޔާޒް
ހުސައިން ފަރިޔާޒް | 11 ޖޫން 2020 | ބުރާސްފަތި 16:21
އެފްއޭއެމްގެ ގްރާސް ރޫޓް ހަރަކާތުގެ ތެރެއިން: އެފްއޭއެމް އިން ބުނަނީ ކުޑަކުދިންގެ ހަރަކާތްތައް ފަށަން އަދި އަހަރެއް ނަގާނެ ކަމަށް

އެފްއޭއެމްގެ ގްރާސް ރޫޓް ހަރަކާތުގެ ތެރެއިން: އެފްއޭއެމް އިން ބުނަނީ ކުޑަކުދިންގެ ހަރަކާތްތައް ފަށަން އަދި އަހަރެއް ނަގާނެ ކަމަށް

ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން ފުޓްބޯޅައަށް އައިސްފައިވާ މަޑުޖެހުމާއެކު، ކުޑަކުދިންގެ ހަރަކާތްތަކާއި ގްރާސްރޫޓް އަދި އެކަޑަމީގެ ޕްރޮގްގްރާމުތައް ފަށަން އަދި އަހަރެއް ނަގާނެ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ކުޅިވަރު ފައިލް ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ބައްސާމް ވިދާޅުވީ ކުޑަކުދިންގެ ފުޓްބޯޅަ ހަރަކާތްތައް ފަށާއިރު އެންމެ ބޮޑު އިސްކަމަކަށް ވެގެންދާނީ ކޮންމެ ކުއްޖެއްގެ ވެސް ސިއްހަތު ކަމަށާއި އެ ކުދިންގެ ސިއްހަތު ކަށަވަރު ކުރެވިގެން ނޫން ގޮތައް ގްރާސްރޫޓް އަދި އެކަޑަމީގެ ހަރަކާތްތައް ފެށިގެން ނުދާނެ ކަމަށެވެ.

އެފްއޭއެމްގެ އެންމެ ބޮޑު އެއް މަސައްކަތަކަށް ޑިވަލޮޕްމަންޓްގެ މަސައްކަތް ހަދާފައިވާއިރު، އެ މަސައްކަތަށް އެއް އަހަރުގެ މަޑުޖެހުމެއް އައުމަކީ ލިބިގެންދާނެ ވަރަށް ބޮޑު ގެއްލުމެއް ކަމަށް ބައްސާމް ވިދާޅުވިއެވެ.

ރާއްޖެޓީވީގެ ކުޅިވަރު ފައިލް ޕްރޮގްރާމްގައި ރާއްޖޭގެ ލީގުގެ ތަސައްވުރާއި ބެހޭ ގޮތުން ވެސް ބައްސާން ވަނީ ވާހަކަ ދައްކަވާފައެވެ. ދިވެހި ޕްރިމިއާ ލީގަށް ޓީމުތައް އިތުރު ކުރުމަށް މީގެ ކުރިން ތާއިދުކުރި ނަމަވެސް، މިހާރުގެ ހާލަތާއެކު ޓީމުތައް އިތުރު ކުރުމަކީ އެންމެ ރަނގަޅު ގޮތްތޯ ޓެކްނިކަލް ޑިޕާޓްމަންޓާއި މަޝްވަރާ ކުރާނެ ކަމަށް ބައްސާމް ވިދާޅުވިއެވެ.

މި އަހަރުގެ ފުޓްބޯޅަ ސީޒަން ނިމިގެންދިޔައިރު ގިނަ ކްލަބުތަކުގެ މުސާރައިގެ މައްސަލަތަކެއް އެފްއޭއެމަށް ހުޅައެޅިފައިނުވާ ކަމަށާއި، އެހެން ކަމުން އައު ސީޒަނާއި ކުރިމަތިލާއިރު، ބޮޑެތި މައްސަލަތަކެއް ކުރިމަތި ނުވާނެ ކަމަށް ބައްސާމް ވިދާޅުވިއެވެ.

ކްލަބުތައް ހަރުދަނާ ކުރުމަށް މިހާރު ފަށާފައިވާ މަސައްކަތާއެކު، ކުރިއަށް އޮތް ދުވަސްތަކުގައި އެފްއޭއެމުން ކްލަބުތަކަށް ވިޔަފާރި ކުރެވޭނެ ބިން ދޫކުރާނެ ކަމަށާއި އެއާއެކު ކްލަބުތައް ވިޔަފާރި އުސޫލުން ހިނގަން ފަށާނެ ކަމަށް ބައްސާމް ވިދާޅުވިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އާއެކު ކުރެވޭ މަޝްވަރާތަކަށް ފަހު ކުރިއަށް އޮތް ފުޓްބޯޅަ ސީޒަން ސެޕްޓެމްބަރު ނޫނީ އޮކްޓޯބަރު މަހު ފެށުމާއި މެދު ގޮތެއް ނިންމާނެ ކަމަށާއި ފަހަރުގައި އާ ސީޒަން ކުރުކޮށްލުމަށް ފަހު އަންނަ އަހަރުގެ ޖޫންގައި އަނެއްކާ ވެސް އަނެއް އަހަރުގެ ސީޒަން ފަށަން ނިންމުމަކީ ވެސް ވެދާނެ ކަމެއް ކަމަށް ބައްސާމް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

22 މާރިޗު 2020

ސްޕެނިޝް ލީގު އަލުން ފަށަން ޕްލޭނެއް އެކުލަވާލައިފި

22 މާރިޗު 2020
ސްޕެނިޝް ލީގު އަލުން ފަށަން ޕްލޭނެއް އެކުލަވާލައިފި
29 ފެބުރުއަރީ 2020

ރިސޯޓުތަކުގެ މެދުގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު މުބާރާތް ފަށަން ތައްޔާރުވެއްޖެ

29 ފެބުރުއަރީ 2020
ރިސޯޓުތަކުގެ މެދުގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު މުބާރާތް ފަށަން ތައްޔާރުވެއްޖެ
21 ޖެނުއަރީ 2020

އެމިލިއާނޯ ސަލާގެ މަރަށް އަހަރެއްވީއިރު އާއިލާ އަދިވެސް އިންސާފު ނުލިބިފައި!

21 ޖެނުއަރީ 2020
އެމިލިއާނޯ ސަލާގެ މަރަށް އަހަރެއްވީއިރު އާއިލާ އަދިވެސް އިންސާފު ނުލިބިފައި!
10 ޖެނުއަރީ 2019

ޖޫން މަހު ސީޒަން ފަށަން އެފްއޭއެމްގެ ކުރީގެ ވެރިންވެސް ބޭނުންވި: ބައްސާމް

10 ޖެނުއަރީ 2019
ޖޫން މަހު ސީޒަން ފަށަން އެފްއޭއެމްގެ ކުރީގެ ވެރިންވެސް ބޭނުންވި: ބައްސާމް
04 އެޕްރީލު 2018

ކޮމަންވެލްތު ގޭމްސް އޮސްޓްރޭލިއާގައި ފަށަން ތައްޔާރުވެއްޖެ

04 އެޕްރީލު 2018
ކޮމަންވެލްތު ގޭމްސް އޮސްޓްރޭލިއާގައި ފަށަން ތައްޔާރުވެއްޖެ
17 ޖެނުއަރީ 2018

މިއަހަރަކީ ރާއްޖޭގެ ވޮލީއަށް ބޮޑު އަހަރެއް

17 ޖެނުއަރީ 2018
މިއަހަރަކީ ރާއްޖޭގެ ވޮލީއަށް ބޮޑު އަހަރެއް
23 މާރިޗު 2017

މާލޭ ލީގުގެ ކުޅުން އެޕްރީލް ހަތްވަނަ ދުވަހު ފަށަން ނިންމައިފި

23 މާރިޗު 2017
މާލޭ ލީގުގެ ކުޅުން އެޕްރީލް ހަތްވަނަ ދުވަހު ފަށަން ނިންމައިފި
31 ޖެނުއަރީ 2017

އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް

31 ޖެނުއަރީ 2017
އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް
26 ޖެނުއަރީ 2017

މިއަހަރަކީ ބިލިއަޑުން ގިނަ ކާމިޔާބީތަކެއް ހޯދާނެ އަހަރެއް: ރަޒީން

26 ޖެނުއަރީ 2017
މިއަހަރަކީ ބިލިއަޑުން ގިނަ ކާމިޔާބީތަކެއް ހޯދާނެ އަހަރެއް: ރަޒީން
17 ޖެނުއަރީ 2017

އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް

17 ޖެނުއަރީ 2017
އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް