Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ވޮލީބޯލް އެސޯސިއޭޝަން

މިއަހަރަކީ ރާއްޖޭގެ ވޮލީއަށް ބޮޑު އަހަރެއް

ނިމިގެންދިޔަ އަހަރު ލޯކަލް 11 މުބާރާތަކާއި ބައިނަލްއަގްވާމީ އަށް މުބާރާތެއްގައި ރާއްޖޭގެ ވޮލީ ޓީމުތައް ބައިވެރިވި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 17 ޖެނުއަރީ 2018 | ބުދަ 11:05
ރާއްޖޭގެ ވޮލީ ޓީމުގެ ބައެއް ކުޅުންތެރިން

ރާއްޖޭގެ ވޮލީ ޓީމުގެ ބައެއް ކުޅުންތެރިން

މިއަހަރުގެ ތެރޭގައި ގިނަ އަދަދެއްގެ މުބާރާތްތަކެއް ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ބުނެފިއެވެ.

ވީއެއެމްއިން މިއަހަރު ހިންގުމަށް ހަމަޖެހިފައިވާ ހުރިހާ ހަރަކާތްތަކެއް ހިމެނިފައިވާ ކަލެންޑަރު ނޫސްވެރިންނާ ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އެ އެސޯސިއޭޝަނުގެ ރައީސް މުހައްމަދު ލަތީފް (ލަތީބެ) ވިދާޅުވީ ވޭތުވެދިޔަ އަހަރަކީ ވީއޭއެމްގެ ތާރީހުގައި ވެސް އެންމެ ގިނަ ހަރަކާތް ހިންގާ އެންމެ ގިނަ ބައިނަލްއަގްވާމީ މުބާރާތްތައް ހޯސްޓްކޮށް އެފަދަ މުބާރާތްތަކުގައި އެންމެ ގިނައިން ބައިވެރިވި އަހަރު ކަމަށެވެ.

ނިމިގެންދިޔަ އަހަރު ލޯކަލް 11 މުބާރާތަކާއި ބައިނަލްއަގްވާމީ އަށް މުބާރާތެއްގައި ރާއްޖޭގެ ވޮލީ ޓީމުތައް ބައިވެރިވިއިރު މިއަހަރު އެ އަދަދު ލޯކަލް 15 މުބާރާތަށް އަދި ބައިނަލްއަގްވާމީ ނުވަ މުބާރާތަށް އިތުރުވެފައިވާ ކަމަށް ވީއޭއެމްއިން ހާމަކޮށްފައިވެއެވެ. ހަމައެހެންމެ ނިމިގެންދިޔަ އަހަރު 2500 ކުޅުންތެރިންނާއި 400 އޮފިޝަލުން މި މުބާރާތްތަކުގައި އެކި ގޮތްގޮތުން ބައިވެރިވިއިރު މިއަހަރު އެ އަދަދު ދެގުނަ ވެގެންދާނެ ކަމަށް ވީއޭއެމްއިން ބުނެއެވެ.

މިއަހަރުގެ ކަލަންޑަރުގައި އެންމެ ބޮޑު ބަދަލެއްގެ ގޮތުގައި ފާހަގަކުރެވެނީ ދެވަނަ ޑިވިޝަން މުބާރާތް ހުއްޓާލަން ނިންމާފައިވުމެވެ. ދެވަނަ ޑިވިޝަން މުބާރާތް ހުއްޓާލަން ނިންމީ އެ މުބާރާތުގައި ކުޅޭ ޓީމުތައް ވޮލީ ލީގާއި އެސޯސިއޭޝަން ކަޕްއަށް ކޮލިފައިވި ނަމަވެސް އެ މުބާރާތްތަކުގައި ފެނިގެން ނުދާތީ ކަމަށް ވީއޭއެމްއިން ބުނެއެވެ.

ހަމައެހެންމެ މިދިޔަ އަހަރުތަކުގައި ބޭއްވި ކޮލެޖް ޔުނިވާސިޓީ މުބާރާތްތައް ބޭއްވުމުގެ ބަދަލުގައި މިއަހަރު ވީއޭއެމްއިން ވަނީ ޔޫތް ޗެމްޕިއަންޝިޕްއެއް ބާއްވަން ނިންމާފައެވެ. އެ އެސޯސިއޭޝަނުން ބުނީ މި މުބާރާތުގައި ވެސް ކޮލެޖް ނުވަތަ ޔުނިވާސިޓީގެ ނަމުގައި ބައިވެރިވެވޭނެ ކަމަށާއި މި މުބާރާތުގެ މަގުސަދަކީ ޒުވާން ކުޅުންތެރިންތަކެއް ބިނާކުރުން ކަމަށެވެ.

މިއަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އަތޮޅުތަކަށް ހާއްސަކޮށްގެން ވެސް މުބާރާތެއް ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ. އަތޮޅުތައް ޒޯނުތަކަށް ބަހާލައިގެން ކުރިޔަށް ގެންދިޔުމަށް

މިއަހަރަކީ ރާއްޖޭގެ ގައުމީ ޓީމުތަކަށް ވެސް ގިނަ މުބާރާތްތަކެއްގައި ވާދަކުރުމުގެ ފުރުސަތު ލިބިގެންދާނެ އަހަރެކެވެ. ރާއްޖޭގެ ފިރިހެން ޓީމު މިއަހަރު ބައިނަލްއަގްވާމީ އަށް މުބާރާތެއްގައި ވާދަކުރާއިރު އަންހެން މުބާރާތް ވާދަކުރާނީ ތިން މުބާރާތެއްގައެވެ. މި މުބާރާތްތަކަށް ރާއްޖޭގެ ގައުމީ ޓީމުތައް ތައްޔާރުކުރުމުގެ ގޮތުން ޕްރެކްޓިސް ކޭމްޕަތަކަށް ވެސް ފޮނުވުމަށް ވަނީ ނިންމާފައެވެ.

ވީއޭއެމްއިން އަންނަނީ ރާއްޖޭގައި ވޮލީ ކުރިއެރުވުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖޭގެ މޮޅު ކުޅުންތެރިޔާ އެނބުރި ރަށަށް ދިއުމުން ރަތްދޫލައިގެ މަރުހަބާއެއް

ރާއްޖޭގެ މޮޅު ކުޅުންތެރިޔާ އެނބުރި ރަށަށް ދިއުމުން ރަތްދޫލައިގެ މަރުހަބާއެއް

03 ފެބުރުއަރީ 2017
އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް

އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް

31 ޖެނުއަރީ 2017
 ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި

ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި

30 ޖެނުއަރީ 2017
ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި

ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި

28 ޖެނުއަރީ 2017
ވައިޑީޕީ އަށް ބޮޑު ތަރުހީބެއް ލިބޭ، އެހެނަސް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު: ޝާޒް

ވައިޑީޕީ އަށް ބޮޑު ތަރުހީބެއް ލިބޭ، އެހެނަސް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު: ޝާޒް

26 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

27 އެޕްރީލު
ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ

ޗާގޯސް "ދެބޯގެރި" ޗޮކުން!
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް "ދެބޯގެރި" ޗޮކުން!

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"
20224 އަހަރު ކުރިން
ރާއްޖެ

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"

ޝަވަރުމާ ޕިއްޒާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޝަވަރުމާ ޕިއްޒާ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ
20197 އަހަރު ކުރިން
ރާއްޖެ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި
20188 އަހަރު ކުރިން
ރާއްޖެ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު