Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ރިސޯޓު ލީގު 2020

ރިސޯޓުތަކުގެ މެދުގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު މުބާރާތް ފަށަން ތައްޔާރުވެއްޖެ

ރިސޯޓު ލީގު 2020 ފަށާނީ މާޗު މަހުގެ އެއްވަނަ ދުވަހު 42 ޓީމާއެކު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 29 ފެބުރުއަރީ 2020 | ހޮނިހިރު 15:28
މިދިޔަ އަހަރުގެ ރިސޯޓު ލީގުގެ ތެރެއިން

މިދިޔަ އަހަރުގެ ރިސޯޓު ލީގުގެ ތެރެއިން

ރިސޯޓުތަކުގެ މެދުގައި ބާއްވަމުން އެންމެ ފޯރިގަދަ އަދި އެންމެ ބޮޑު ކުޅިވަރު މުބާރާތް ކަމުގައިވާ ރިސޯޓު ލީގު 2020 މާޗު މަހުގެ އެއްވަނަ ދުވަހު 42 ޓީމާއެކު ފަށަން ނިންމައިފިއެވެ.

ރިސޯޓު ލީގުގެ ފަރާތުން ކޮންމެ އަހަރަކު ވެސް ކުރިޔަށްގެންދާ މި މުބާރާތް މި އަހަރު ވެސް ކުރިޔަށްދާނީ ޒޯން ތަކަށް ބަހާލައިގެން ނެވެ. އެއް މަސް ދުވަހަށް ދިގު ދެމިގެންދާ މި މުބާރާތުގައި މި އަހަރު ވެސް 5 ޒޯނަކުން 42 ރިސޯޓް ވާދަކުރާއިރު، 79 މެޗު ކުޅެވިގެންދާނެއެވެ. އެއީ ދ. ޒޯން، ނޯތު މާލެ ޒޯން، ބ. ޒޯން، ސައުތު އަރި ޒޯން އަދި ސައުތު މާލެ ޒޯން އެވެ.

މުބާރާތުގައި ފުރަތަމަ ކުޅުން ފެށުމަށް ހަމަޖެހިފައި ވަނީ 6 ޓީމު ވާދަކުރާ ދ. ޒޯންގައެވެ. ދެވަނައަށް ކުޅުން ފެށުމަށް ހަމަޖެހިފައި ވަނީ މާޗު މަހުގެ 13 ވަނަ ދުވަހު، 13 ޓީމު ވާދަކުރާ ނޯތު މާލެ ޒޯން ގައެވެ. ދެވަނައަށް ކުޅުން ފަށާނީ 15 މާޗުގައި، 8 ޓީމު ވާދަކުރާ ބ. ޒޯންގައެވެ. އެއަށްފަހު އޭޕްރީލް 1 ގައި، 7 ޓީމު ވާދަކުރާ ސައުތު އަރި ޒޯންގައި ކުޅުން ފެށުމަށް ހަމަޖެހިފައިވާއިރު، 8 ޓީމު ވާދަކުރާ ސައުތު މާލެ ޒޯންގައި ކުޅުން ފަށާނީ އޭޕްރީލް މަހުގެ 12 ވަނަ ދުވަހު އެވެ.

މޯލްޑިވްސް ރިސޯޓު ފުޓްސަލް ލީގު އިންތިޒާމުކުރާ ފަރާތުން ވިދާޅުވި ގޮތުގައި މުބާރާތަށް އެފަރާތުން ވަނީ ވަރަށް ފުރިހަމައަށް ތައްޔާރުވެފައެވެ. މުބާރާތުގެ 8 އަހަރުވީ ތާރީހުގައި ރިސޯޓުތަކުން މި މުބާރާތަށް ވަރަށް ފުރިހަމައަށް ތައްޔާރުވެފައިވާއިރު، މުބާރާތަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް އިންތިޒާމުކުރާ ފަރާތުން ބުނެއެވެ.

ރިސޯޓު ލީގަކީ ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަށް އަމާޒުކޮށް ރިސޯޓުތަކުގައި ބާއްވާ މިފަދަ އެންމެ ބޮޑު މުބާރާތެވެ. މި މުބާރާތަށް ރިސޯޓުތަކުން ދުރާލާ ތައްޔާރުވަމުންދާއިރު، މުބާރާތުގައި ވާދަކުރާ ރިސޯޓުތައް އަންނަނީ ކޮންމެ އަހަރަކު ވެސް އިތުރު ވަމުންނެވެ. އަދި މުޅިން އަލަށް ކޮންމެ އަހަރަކު ވެސް ގިނަ ރިސޯޓުތަކުން މުބާރާތުގައި ވާދަކުރެއެވެ.

މިހާތަނަށް ފޯރި އާއެކު 7 އަހަރު މި މުބާރާތް ބާއްވާފައިވާއިރު، އެކި ޒޯންތައް ހިމެނޭ ގޮތަށް 28 މުބާރާތް ވަނީ ބާއްވާފައެވެ. 2019 ވަނަ އަހަރު ވެސް ފޯރި އާއެކު މުބާރާތް ކުރިޔަށްގެންގޮސްގައިވާއިރު، އެ އަހަރުގެ ޗެމްޕިއަންކަން ޓީމުތަކަކީ ނޯތު މާލެ ޒޯނުން ވަން އެންޑް އޮންލީ ރީތި ރަށާއި، ސައުތު މާލެ ޒޯނުން ހޮލިޑޭ އިން ކަނޑޫމާ މޯލްޑިވްސް އާއި، ބ. ޒޯނުން ސޮނެވާފުއްޓާއި، ސައުތު އަރި ޒޯނުން ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑް އަދި ދ. ޒޯނުން ނިޔާމަ ޕްރައިވެޓް އައިލެންޑް އެވެ.

މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ ބަނޑޮސް މޯލްޑިވްސް އާއި ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑް އެވެ. މިއިން ކޮންމެ ރިސޯޓެއް ހަތަރު ފަހަރު ޗެމްޕިއަންކަން ހޯދާފައިވާއިރު، ސޮނެވާފުއްޓާއި ވަން އެންޑް އޮންލީ ރީތި ރަށް މޯލްޑިވްސް ވަނީ ތިން ފަހަރު ޗެމްޕިއަންކަން ހޯދާފައެވެ. ހޮލިޑޭ އިން ކަނޑޫމާ މޯލްޑިވްސް އާއި ފިހާޅޮހި އައިލެންޑް ރިސޯޓާއި ސަން އައިލެންޑާއި ނިޔާމަ ޕްރައިވެޓް އައިލެންޑް، މިއިން ކޮންމެ ރިސޯޓެއް ވަނީ ދެ އަހަރު ޗެމްޕިއަންކަން ހޯދާފައެވެ.

މި މުބާރާތުގެ މި އަހަރު މީޑިއާ ޕާޓްނަރަކީ ރާއްޖެ ޓީވީ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް

ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް

06 ފެބުރުއަރީ 2017
ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ

ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ

04 ފެބުރުއަރީ 2017
ކުޅިވަރު ޖަމްޢިއްޔާތައް ރަޖިސްޓްރީކޮށް ހިންގުމާ ބެހޭ ގަވާއީދު ޔޫތު މިނިސްޓްރީން އެކުލަވާލައިފި

ކުޅިވަރު ޖަމްޢިއްޔާތައް ރަޖިސްޓްރީކޮށް ހިންގުމާ ބެހޭ ގަވާއީދު ޔޫތު މިނިސްޓްރީން އެކުލަވާލައިފި

03 ފެބުރުއަރީ 2017
އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް

އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް

31 ޖެނުއަރީ 2017
 ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި

ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

27 އެޕްރީލު
ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ

ޗާގޯސް "ދެބޯގެރި" ޗޮކުން!
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް "ދެބޯގެރި" ޗޮކުން!

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"
20224 އަހަރު ކުރިން
ރާއްޖެ

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"

ޝަވަރުމާ ޕިއްޒާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޝަވަރުމާ ޕިއްޒާ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ
20197 އަހަރު ކުރިން
ރާއްޖެ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި
20188 އަހަރު ކުރިން
ރާއްޖެ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު