Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެކްސްޕޯޓް އިމްޕޯޓް ޤާނޫނަށް އިޞްލާޙު ގެނައުން

ޞިއްޙަތަށް ގެއްލުންވާ ކަމަށް ބެލެވޭ ބައެއް ތަކެތިން ޑިއުޓީ ބޮޑުކުރަނީ

ސޮފްޓް ޑްރިންކްސް އަދި ގިނައިން ހަކުރު އެކުލެވޭ ބުއިންތަކުން ޑިއުޓީ ނެގުމަށް ވަނީ ހުށަހަޅާފަ

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 10 ޖޫން 2020 | ބުދަ 14:53
ކޯކު ދަޅު - ސޮފްޓް ޑްރިންކްސް އަދި ގިނައިން ހަކުރު އެކުލެވޭ ބުއިންތަކުން ޑިއުޓީ ނެގުމަށް ވަނީ ހުށަހަޅާފަ

ކޯކު ދަޅު - ސޮފްޓް ޑްރިންކްސް އަދި ގިނައިން ހަކުރު އެކުލެވޭ ބުއިންތަކުން ޑިއުޓީ ނެގުމަށް ވަނީ ހުށަހަޅާފަ

ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު އެކުލަވާލައި، ރައްޔިތުންގެ މަޖިލިހަށް ފޮނުވައިފިއެވެ.

މި ބިލު ހުށަހެޅުމުގެ މަގްސަދަކީ އެކި ސިނާޢަތްތަށް ފަށައި، ތަރައްޤީކުރުމަށް ބޭނުންވާ ތަކެއްޗާއި، ޢާންމު ދިރިއުޅުމުގައި ބޭނުންކުރާ ބައެއް ތަކެތިން ޑިއުޓީ ރޭޓު ކުޑަ ކުރުން ނުވަތަ ޑިއުޓީ ކަނޑާލުމެވެ. އަދި ތިމާވެއްޓާއި، ޢާންމު ޞިއްޙަތަށް ގެއްލުންވާ ބައެއް ތަކެތިން ޑިއުޓީ ބޮޑުކުރުމެވެ.

Advertisement - newsAdvertisement

ބިލުގައި ހިމެނޭ މުހިއްމު ކަމަށް ބަލާލާއިރު އިޤްތިޞާދީ ޙަރަކާތްތައް އިތުރުކުރުމަށްޓަކައި، މަސްވެރިކަން، އޮޑި ދޯނި ފަހަރާއި ބޯޓު ބަނުން، ޢިމާރާތްކުރުން އަދި އަންނައުނު އުފެއްދުމަށް ބޭނުންކުރާ ގިނަ ތަކެތިން ޑިއުޓީ ކަނޑާލުމަށް ހުށަހަޅާފައިވެއެވެ.

މީގެއިތުރުން، ތިމާވެއްޓަށް ގެއްލުންވާ ތަކެތި ބޭނުންކުރުން ހުއްޓާލުމަށް ބާރު އެޅުމުގެ ގޮތުން، ބައެއް ތަކެތިން ޑިއުޓީ ނެގުމަށް ބިލުގައި ހުށަހަޅާފައިވާއިރު، މީގެ ތެރޭގައި، ޑްރިންކިންގ ސްޓްރޯ އަދި ސިންގަލް ޔޫސް ނުވަތަ ޑިސްޕޯސަބަލް ފިލްމާއި، ޝީޓާއި، ޓިއުބުރޯލް އަދި ޕްލޭޓްސް އާއި ކަޓްލަރީސް ފަދަ ތަކެތި ހިމެނެއެވެ. އަދި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ ބާވަތްތައް ވެސް މީގެތެރޭގައި ހިމެނެއެވެ. އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން، ޕްލާސްޓިކާއި، ޕްލާސްޓިކުން ތައްޔާރުކޮށްފައި ހުންނަ ބާވަތްތަކުގެ ތެރެއިން، ސިންގަލް ޔޫސް ޕްލާސްޓިކްގެ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ބާވަތްތައް ރާއްޖެއަށް އިމްޕޯޓްކުރުން މަނާކުރުމަށްވެސް ބިލުގައި ހުށަހަޅާފައިވެއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ކެއިން ބުއިމަށް ބޭނުންކުރާ ތަކެތީގެ ތެރެއިން، ޞިއްޙަތަށް ގެއްލުންވާ ކަމަށް ބެލެވޭ ބައެއް ތަކެތިންވެސް ޑިއުޓީ ބޮޑުކުރުމަށް ހުށަހަޅާފައިވާނެ ކަމަށެވެ. އެގޮތުން ސޮފްޓް ޑްރިންކްސް އަދި ގިނައިން ހަކުރު އެކުލެވޭ ބުއިންތަކުގެ އިތުރުން، ސޮސެޖާއި އެފަދަ ޕްރޮސެސްކޮށްފައި ހުންނަ ބާވަތްތަކުންވެސް ޑިއުޓީ ނެގުމަށް ހުށަހަޅާފައިވާނެ ކަމަށެވެ.

އަދި ދުންފަތާއި، ދުންފަތުން ތައްޔާރުކޮށްފައި ހުންނަ ބާވަތްތަކާއި، ދުންފަތުގެ ބަދަލުގައި ބޭނުންކުރާ ބާވަތްތައް އަދި ސިނގިރޭޓާއި ބިޑި ހެދުމަށް ބޭންކުރާ ކަރުދާހާއި އިލެކްޓްރޯނިކް ސިގިރެޓާއި އަދި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކާއި އޭގެ ބައިބައި ހިމެނޭ ގޮތަށް، ޑިއުޓީ ނެގުމަށްވެސް ހުށަހަޅާފައިވާނެ ކަމަށެވެ. މީގެއިތުރުން، ކޮންޓްރޯލްކޮށްފައިވާ ތަކެތީގެ ތެރެއިން، ބަނގުރާ އެކުލެވޭ ބައެއް ބުއިންތަކުން، އެތެރެކުރާ މިންވަރަށް ރިޢާޔަތްކޮށް، ސްޕެސިފިކް ޑިއުޓީއެއް ނެގުމަށްވެސް ހުށަހަޅާފައިވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިހާރު ހުށަހަޅާފައިވާ ގޮތުން، ލުއިތަކެއް ސީދާ ލިބޭނެ ފަރާތްތަކުގެ ތެރޭގައި، އާންމު ރައްޔިތުންނާއި ޙާއްޞަ އެހީއަށް ބޭނުންވާ ފަރާތްތައްވެސް ހިމެނޭ ކަމަށް މިނިސްޓްރީން ބުންޏެވެ. މިގޮތުން، ޙާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް ހަދާފައި ހުންނަ އިންޖީނުލީ ދުއްވާ އެއްޗެއްސާއި އިންޖީނުނުލާ ދުއްވާ އެއްޗެހި އަދި މި ތަކެތީގެ ބައިތައް އަދި އެފަދަ އެއްޗެހީގެ އިންޖީނު ހިމެނޭ ގޮތަށް ޑިއުޓީ ކަނޑާލުމަށް ހުށަހަޅާފައިވާނެ ކަމަށް އިކޮނިމިކް މިނިސްޓްރީން ބުންޏެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ޢާންމު ދިރިއުޅުމުގައި ބޭނުންކުރާ ބައެއް ތަކެތިންވެސް ޑިއުޓީ ކަނޑާލުމަށް ހުށަހަޅާފައިވާނެ ކަމަށެވެ. މިގޮތުން، ޑިއުޓީ ކަނޑާލުމަށް ހުށަހަޅާފައިވާ ތަކެތީގެ ތެރޭގައި، ޑޮމެސްޓިކް ދޮންނަ މެޝިން، ފެން ފިލްޓަރ ކުރުމަށާއި ސާފުކުރުމަށް ބޭނުންކުރެވޭ ގެވެހި ސާމާނު އަދި އިންވާރޓަރ އެއާރ ކޯންޑިޝަނަރ މީގެތެރޭގައި ހިމެނޭ ކަމަށެވެ. އަދި، އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް ބޭނުންކުރާ ތަކެތިންވެސް ޑިއުޓީ ކަނޑާލަން ހުށަހަޅާފައިވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން، މާލެސިޓީ ފިޔަވައި، ރަށުގެ ބޮޑުމިނާއި، ދަތުރު ފަތުރުކުރުމުގެ ވަސީލަތްތަކުގެ މުހިންމުކަމަށް ބަލައި، ވަކި ރަށްތަކެއް ކަނޑައަޅައި، ގެޒެޓުކުރުމަށްފަހު، އެފަދަ ރަށްތަކުގައި ބޭނުންކުރުމަށް ގެންނަ އެއްގަމުގައި ދުއްވާ އެއްޗެހިން ޑިއުޓީ މަޢާފުކުރުމުގެ އިޚްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށް ވެސް ވަނީ ހުށަހަޅާފައެވެ.

އަދި، މުދާ އިމްޕޯޓްކުރުމާއި، އެކްސްޕޯޓްކުރުމާއި ރީއެކްސްޕޯޓްކުރުމުގެ ޚިދުމަތް ދިނުން ފަސޭހަކުރުމަށްޓަކައި، ރެވެނިޔު ސްޓޭމްޕް ޖެހުމުގެ ބަދަލުގައި، ރެވެނިޔު ފީ އެއް ތަޢާރަފުކޮށް، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ކަނޑައަޅާ އަގުގެ، ކޮންމެ 100ރ. އަކުން 1ރ. ގެ މަގުން ރެވެނިޔު ފީއެއް ނެގުމަށްވެސް ހުށަހަޅާފައިވެއެވެ. މީގެ ކުރިން، ޑިއުޓީ ނަގަމުން އައީ، މުދަލުގެ ސީ.އައި.އެފް (ކޯސްޓް، އިންޝޫރަންސް އަދި ފްރެއިޓް) އަގުންނެވެ. ނަމަވެސް، މިހާރު ހުށަހަޅާފައިވާނީ، މުދަލުގެ އެފް.އޯ.ބީ (ފްރީ އޮން ބޯޑް) އަގުން ޑިއުޓީ ނެގުމަށެވެ. މިގޮތަށް ބަދަލުކުރުމުގެ މަޤްޞަދަކީ، ޑިއުޓީ ނެގުމުގައި ހަމައެކަނި މުދަލުގެ އަގަށް ރިޢާޔަތްކުރުން ކަމަށް މިނިސްޓްރީން ބުންޏެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޭބަލެއް އެނދުމުގެ ސަބަބުން ނ. ޅޮހީގެ ބައެއް ހިސާބުތަކުން ކަރަންޓް ކެނޑިއްޖެ

ކޭބަލެއް އެނދުމުގެ ސަބަބުން ނ. ޅޮހީގެ ބައެއް ހިސާބުތަކުން ކަރަންޓް ކެނޑިއްޖެ

06 މާރިޗު 2017
އިދިކޮޅު ފަރާތްތަކަކީ ގައުމަށް ހެޔޮއެދޭ ބައެއް ނޫން: އަބްދުއްރަހީމް

އިދިކޮޅު ފަރާތްތަކަކީ ގައުމަށް ހެޔޮއެދޭ ބައެއް ނޫން: އަބްދުއްރަހީމް

02 މާރިޗު 2017
ސިފައިންނަކީ ރާއްޖެ ބިނާ ކުރުމުގެ ބޮޑު ދައުރެއް އޮތް ބައެއް، ސިފައިނަށް ވޯޓް ލެވެންޖެހޭނެ: ރައީސް ނަޝީދު

ސިފައިންނަކީ ރާއްޖެ ބިނާ ކުރުމުގެ ބޮޑު ދައުރެއް އޮތް ބައެއް، ސިފައިނަށް ވޯޓް ލެވެންޖެހޭނެ: ރައީސް ނަޝީދު

01 މާރިޗު 2017
އެނގެންވާ ވަރަށް ނޭނގުމުގެ ސަބަބުން ބައެއް ފުލުހުން ގޯސް ކަންތައް ކުރޭ: ސީޕީ އަރީފް

އެނގެންވާ ވަރަށް ނޭނގުމުގެ ސަބަބުން ބައެއް ފުލުހުން ގޯސް ކަންތައް ކުރޭ: ސީޕީ އަރީފް

28 ފެބުރުއަރީ 2017
 ބައެއް އިލްމުވެރިން ފަތުވާ ނެރުއްވަނީ ފައިސާއަށް: އީސަ

ބައެއް އިލްމުވެރިން ފަތުވާ ނެރުއްވަނީ ފައިސާއަށް: އީސަ

20 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

22 އެޕްރީލު
އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!
20251 އަހަރު ކުރިން
ރާއްޖެ

އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.
20242 އަހަރު ކުރިން
އިސްލާމް

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް
20233 އަހަރު ކުރިން
ރާއްޖެ

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟
20224 އަހަރު ކުރިން
ރިޕޯޓު

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!
20215 އަހަރު ކުރިން
ރިޕޯޓު

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު