Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
މުމްބާއީގެ ހާލަތު

ކޮވިޑް-19: އިންޑިއާގެ މުމްބާއިން އެކަނިވެސް 50،000 ކޭސް

މުމްބާއީން އަންގާރަ ދުވަހު 1،015 މީހުން ވައިރަސްއަށް ޕޮޒިޓިވްވި

ޒިހްނަތު ހަސަން
ޒިހްނަތު ހަސަން, ރާއްޖެ އެމްވީ | 10 ޖޫން 2020 | ބުދަ 03:08
އިންޑިއާގައި ކޮވިޑް-19ށް ސާމްޕަލް ނެގުމުގެ ތެރެއިން

އިންޑިއާގައި ކޮވިޑް-19ށް ސާމްޕަލް ނެގުމުގެ ތެރެއިން

އިންޑިއާގެ ވިޔަފާރި މަރުކަޒީ ރަށް މުމްބާއީން ކޮވިޑް-19ށް ޕޮޒިޓިވްވީ މީހުންގެ ޢަދަދު 50،000ށްވުރެ މައްޗަށް އަރައިފި އެވެ.

މުމްބާއީ މުނިސިޕަލް ކޯޕަރޭޝަނުން އަންގާރަ ދުވަހުގެރޭ ޢާންމުކުރި ޑޭޓާތަކަށް ބަލާއިރު، މުމްބާއީން އަންގާރަ ދުވަހު 1،015 މީހުން ވައިރަސްއަށް ޕޮޒިޓިވްވެ، މިހާރު ޖުމުލަ އަދަދު ވަނީ 50،878ށް އަރާފަ އެވެ. އަންގާރަ ދުވަހު މުމްބާއީން ކޮވިޑް-19 ޖެހިގެން 58 މީހުން މަރުވެ، މަރުވީ މީހުންގެ ޢަދަދު މިހާރު ވަނީ 1،758ށް އަރާފަ އެވެ.

މުމްބާއީގައި މިހާރުވެސް 26،178 މީހުން ދަނީ ފަރުވާ ހޯދަމުންނެވެ. އަދި ފަރުވާ ދީގެން 22،942 މީހުން ވަނީ ރަނގަޅުވެފަ އެވެ. މުމްބާއީއަކީ މަހާރާޝްތުރާ ސްޓޭޓްގެ ވެރި ރަށެވެ.

މުޅި އިންޑިއާގައި ވައިރަސް ފެތުރެމުންދާ ޒާތައް ބަލާއިރު، އެންމެ ގިނަ ޢަދަދެއްގެ މީހުން ވައިރަސްއަށް ޕޮޒިޓިވްވަމުން ދަނީ މަހާރާޝްތުރާ ސްޓޭޓުގަ އެވެ. އެ ސްޓޭޓުގައި އިއްޔެ އެކަނިވެސް 2،259 މީހުން ވައިރަސްއަށް ޕޮޒިޓިވްވެ، ވައިރަސްއަށް ޕޮޒިޓިވްވީ މީހުންގެ ޢަދަދު 90،000ށް ވަނީ އަރާފަ އެވެ.

އިންޑިއާގައި ދެވަނަޔަށް އެންމެ ގިނައިން މީހުން ވައިރަސްއަށް ޕޮޒިޓިވްވީ ދެކުނު ޓެމިލްނާޑޫ ސްޓޭޓުންނެވެ. އެސްޓޭޓުން އިއްޔެ އެކަނިވެސް 1،685 މީހުން ވައިރަސްއަށް ޕޮޒިޓިވްވި އެވެ. އެއާއެކު ވައިރަސްއަށް ޕޮޒިޓިވްވީ މީހުންގެ ޢަދަދު ވަނީ 34،914ށް އަރާފަ އެވެ.

ތިންވަނަ އަށް އެންމެ ގިނަ މީހުން ވައިރަސްއަށް ޕޮޒިޓިވްވީ ވެރިރަށް ނިއު ދިއްލީންނެވެ. ނިއު ދިއްލީން މިހާތަނަށް 27،654 ޕޮޒިޓިވްވެ، 761 މީހުން ވަނީ މަރުވެފަ އެވެ.

އިންޑިއާގެ ފެޑެރަކް ހެލްތު މިނިސްޓްރީގެ އެންމެ ފަހުގެ ޑޭޓާތަކަށް ބަލާއިރު މުޅި އިންޑިއާއިން ފާއިތުވެދިޔަ 24 ގަޑީއިރު، 9،987 މީހުން ވައިރަސްއަށް ޕޮޒިޓިވްވެ، 331 މީހުން މަރުވި އެވެ. އިންޑިއާގައި ވައިރަސްއަށް ޕޮޒިޓިވްވީ މީހުންގެ މިހާރުގެ ޖުމުލަ ޢަދަދަކީ 276،146އެެވެ. އަދި މަރުވީ މީހުންގެ ޢަދަދު ވަނީ 7،750ށް އަރާފަ އެވެ.

މިހާރުވެސް އެޤައުމުގައި 133,726 މީހުން ފަރުވާ ހޯދަމުންދާއިރު، އޭގެތެރެއިން، 8,944 މީހުންގެ ޙާލު ސީރިއަސްކަމަށް ޚަބަރު ލިބެއެވެ. އަދި މިހާތަނަށް ފަރުވާ ދީގެން 276،1460 މީހުން ވަނީ ރަނގަޅުވެފަ އެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އިންޑިއާގެ 14 ވަނަ ރައީސް ކަމަށް ރާމް ނާތު ކޯވިންދް

އިންޑިއާގެ 14 ވަނަ ރައީސް ކަމަށް ރާމް ނާތު ކޯވިންދް

20 ޖުލައި 2017
އިންޑިއާގެ 25 މަސްވެރިން ލަންކާ ނޭވީން ހައްޔަރު ކުރުމާއެކު ޓެމިލްނާޑޫ ސަރުކާރު ރަތައް!

އިންޑިއާގެ 25 މަސްވެރިން ލަންކާ ނޭވީން ހައްޔަރު ކުރުމާއެކު ޓެމިލްނާޑޫ ސަރުކާރު ރަތައް!

24 ޖޫން 2017
އިންޑިއާގެ ތިމާވެއްޓާ ބެހޭ ވަޒީރު އަވަހާރަވެއްޖެ

އިންޑިއާގެ ތިމާވެއްޓާ ބެހޭ ވަޒީރު އަވަހާރަވެއްޖެ

18 މެއި 2017
ޕާކިސްތާނަށް އިންޑިއާގެ ޖާސޫސްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒްކުރެވޭ ގޮތެއް ނުވި

ޕާކިސްތާނަށް އިންޑިއާގެ ޖާސޫސްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒްކުރެވޭ ގޮތެއް ނުވި

17 މެއި 2017
ޖަލަށް ހުކުމްކުރި އިންޑިއާގެ ފަނޑިޔާރަކު ފިލައިފި

ޖަލަށް ހުކުމްކުރި އިންޑިއާގެ ފަނޑިޔާރަކު ފިލައިފި

13 މެއި 2017

އަހަރުތަކުން މިއަދު

13 މާރިޗު
އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!
20251 އަހަރު ކުރިން
ރިޕޯޓު

އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ
20215 އަހަރު ކުރިން
ރިޕޯޓު

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ

އައިޝާގެ ޖަވާބުން ފުދިއްޖެ!
20197 އަހަރު ކުރިން
ރިޕޯޓު

އައިޝާގެ ޖަވާބުން ފުދިއްޖެ!

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު