Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޗިލްވެލް ހޯދަން ކުރާ މަސައްކަތް

ޗިލްވެލްގެ ސޮއި ހޯދަން ޗެލްސީގެ އިތުރުން ސިޓީ

ޗިލްވެލް ލެސްޓާ އާއެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ ހަތަރު އަހަރު އެބައޮތް

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 9 ޖޫން 2020 | އަންގާރަ 07:45
ލެސްޓާ ސިޓީގެ ޑިފެންޑަރު ބެން ޗިލްވެލް: ޗެލްސީ އާއި ސިޓީން އަންނަނީ އޭނާއަށް ފާރަލަމުން

ލެސްޓާ ސިޓީގެ ޑިފެންޑަރު ބެން ޗިލްވެލް: ޗެލްސީ އާއި ސިޓީން އަންނަނީ އޭނާއަށް ފާރަލަމުން

ލެސްޓާ ސިޓީގެ ޑިފެންޑަރު ބެން ޗިލްވެލްއަށް ޗެލްސީގެ އިތުރުން މެންޗެސްޓާ ސިޓީން ފާރަލަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ލެސްޓާއަށް ކުޅެމުން އަންނަ އިނގިރޭސި ޑިފެންޑަރު ޗިލްވެލް ހޯދުމަށް ޗެލްސީން މީގެ ކުރިން މަސައްކަތް ފަށާފައިވާއިރު، މެންޗެސްޓާ ސިޓީންވެސް އޭނާއަށް ފާރަލަމުން އަންނަ ކަމަށް ސްކައި ސްޕޯޓްސްއިން ދާދި ފަހުން ވަނީ ރިޕޯޓުކޮށްފައެވެ.

އުމުރުން 23 އަހަރުގެ ޗިލްވެލް ލެސްޓާ އާއެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ ހަތަރު އަހަރު އޮތްއިރު، އޭނާގެ އެއްބަސްވުން އުވާލަން ދައްކަން ޖެހޭ ފީ އެއް ހިމަނާފައެއް ނުވެއެވެ. އެހެންކަމުން ޗިލްވެލް ގަތުމަށް ޗެލްސީ އާއި ސިޓީއަށް ވެސް އުނދަގޫތަކަކާ ކުރިމަތިވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ލެސްޓާއިން މިހާތަނަށް ޗިލްވެލްއަށް އަގެއް ކަނޑައަޅާފައިވާ ނުވި ނަމަވެސް، ރިޕޯޓުތައް ބުނާ ގޮތުން ލެސްޓާއިން އޭނަ ވިއްކާނީ ބޮޑު އަގެއްގައެވެ.

2015 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ލެސްޓާއިން ކެރިއަރު ފެށި ޗިލްވެލް އަންނަނީ އެ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން މިހާތަނަށް އޭނާ ވަނީ ލެސްޓާއަށް ކުޅެދިން 118 މެޗުގައި ތިން ލަނޑު ކާމިޔާބުކޮށްފައެވެ. އަދި ޒުވާން ޑިފެންޑަރު ވަނީ މިހާތަނަށް އިންގްލެންޑް ގައުމީ ޓީމަށް 11 މެޗު ކުޅެދީފައެވެ.

ޗިލްވެލްއަށް ޗެލްސީން ފާރަލަމުން އަންނައިރު، ދާދި ފަހުން ބީބީސީން ވަނީ ޖަރުމަންގެ ލެއިޕްޒީގަށް ކުޅެމުން އަންނަ ފޯވާޑް ޓިމޯ ވާނާގެ ސޮއި ޗެލްސީން ހޯދާފައިވާ ކަމަށް ރިޕޯޓު ކޮށްފައެވެ. އެކަމަކު ލެއިޕްޒީގުން ވަނީ އެކަން ދޮގު ކޮށްފައެވެ.

މި މަހުގެ 17 ވަނަ ދުވަހު އިނގިރޭސި ޕްރިމިއާ ލީގު އަލުން ފަށާއިރު، ލެސްޓާ އޮތީ ތާވަލުގެ ތިންވަނައިގައި 29 މެޗުން 53 ޕޮއިންޓާއެކު އެވެ. އަދި ލެސްޓާގެ ފުލުން ހަތަރުވަނައިގައި އޮތް ޗެލްސީއަށް 29 މެޗުން ލިބިފައިވަނީ 48 ޕޮއިންޓެވެ. އަދި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އޮތީ ތާވަލުގެ ދެވަނައިގައި 28 މެޗުން 57 ޕޮއިންޓާއެކު އެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް

30 ޖެނުއަރީ 2017
މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް
26 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ހުރިހާ ޓީމެއްވެސް ނިކުންނަނީ އެއްވަނަ ހޯދަން

26 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ހުރިހާ ޓީމެއްވެސް ނިކުންނަނީ އެއްވަނަ ހޯދަން
23 ޖެނުއަރީ 2017

އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި

23 ޖެނުއަރީ 2017
އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި
18 ޖެނުއަރީ 2017

އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ

18 ޖެނުއަރީ 2017
އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ
16 ޖެނުއަރީ 2017

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

16 ޖެނުއަރީ 2017
ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު