Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާ

8 ފެބްރުއަރީގައި ބޮންޑާއަށް އަނިޔާކުރި ވީޑިއޯ ޖަލްސާގައި ދެއްކުމަށް އީވާ އެދިލައްވައިފި

9 ޖޫން 2020 | އަންގާރަ 07:23

ފުލުހުންގެ މުއައްސަސާ ރިފޯމް ކުރަންޖެހޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 9 ޖޫން 2020 | އަންގާރަ 07:23
ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ: ފުލުހުން އަނިޔާވެރިކަން ހުއްޓުވައި، މުއައްސަސާ ރިފޯމް ކުރަންޖެހޭ ކަމަށް ވިދާޅުވި

ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ: ފުލުހުން އަނިޔާވެރިކަން ހުއްޓުވައި، މުއައްސަސާ ރިފޯމް ކުރަންޖެހޭ ކަމަށް ވިދާޅުވި | ރައްޔިތުންގެ މަޖިލިސް

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ފުލުހުންނާއި ސިފައިން ވެގެން ބަދަލުކޮށް، ޖެހިގެންއައި ދުވަހު އޭރު ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަދި މިހާރުވެސް މަޖިލިސް މެމްބަރަކަށް ހުންނެވި، އިބްރާހީމް ރަޝީދުއަށް ފުލުހުން އަނިޔާކުރި ވީޑިއޯ ޖަލްސާގައި ދެއްކުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ އެދިލައްވައިފި އެވެ.

އެވީޑިއޯއަކީ، 7 ފެބްރުއަރީ 2012 ގައި ރައީސް ނަޝީދުގެ ވެރިކަން ބަދަލުކޮށް، ޖެހިގެން އައި 8 ވަނަ ދުވަހު އެމްޑީޕީއާއި އެމްޑީޕީއަށް ސަޕޯޓްކުރާ އެތައްހާސްޔަބަކު މަގުމަށްޗަށް ނިކުމެ، މުޒާހަރާ ކުރުމުން، ފުލުހުންނާއި ސިފައިން، ދިވެހިރައްޔިތުންނަށް ކުރި އަނިޔާގެ މަންޒަރު ފެންނަ ވީޑިތޯތަކުގެ ތެރެއިން އާންމުވި އެއް ވީޑިއޯ އެވެ. މިވީޑިއޯގައި އޭރުވެސް، އަދި މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީގެ މާފަންނު މެދުދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑާ)އަށް ފުލުހުން ވަރަށް ބޮޑަަށް އަނިޔާކުރާ މަންޒަރު ފެނެއެވެ.

Advertisement - newsAdvertisement

ސަރުކާރުގެ ފަރާތުން، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ހުށަހަޅުއްވާފައިވާ، ދިވެހި ފުލުހުންގެ ޚިދުމަތުގެ ބިލަށް އަންގާރަ ދުވަހުގެ ޖަލްސާގައި ބަހުސް ކުރައްވަމުން އީވާ ވިދާޅުވީ، އެވީޑޯ ބަލަން ބޭނުންވާ ސަބަބަކީ، އެކަންކަމަށް، އަނިޔާކުރި މީހުންނަށް، އަނިޔާކުރިކަން، ރަސްމީ ސިފައެއްގައި 'އެކްނޮލެޖް' ނޮކޮށްލާހާހިނދަކު ނުވަތަ އެކަންކަމަށް މާފަށް ނޭދޭހާ ހިނދަކު، އެއީ ހަމަ ނުވާކަމަކަށް ހަދައިގެން ގައުމެއްގެ ގޮތުގައި ތިބޭތީ ކަމަށެވެ. އީވާ ވިދާޅުވީ ރާއްޖޭގެ ޖަލުތަކުގައި ފުލުހުން ކުރިހާ އަނިޔާ، މަގުމަތީގައި ފުލުހުން ކުރަމުންދިޔަކަމަށާއި މިއީ ދިވެހިރާއްޖޭގެ ސަގާފަތަކަށް ވެފައިވާ ކަމެއްކަމަށެވެެ.

އީވާ ވަނީ މިހާރު އެމެރިކާގައި ފެންމަތިވެގެން އުޅޭ މައްސަލައަށްވެސް އަލި އަޅުވާ ލައްވާފަ އެވެ. އެގޮތުން، އެމެރިކާގައި ފުލުހުން އަނިޔާކޮށް މަރާލި މީހާގެ މައްސަލާގައި އަދި ފުލުހުން ކުރާ އަނިޔާއާ ދެކޮޅަށް އެމެރިކާގެ ވެރިކަން ކުރާ ޕާޓީއާއި އިދިކޮޅު ޕާޓީގެ އިސްބޭފުޅުން ނުކުމެވަޑައިގަންނަވާފައިވާ ކަމަށެވެ. މުޒާހަރާ އަށްވެސް ނިކުންނަވާފައިވާ ކަމަށާއި އަދި ފުލުހުންގެ އަނިޔާ ހުއްޓުވުމަށް ގާނޫނު އިސްލާހު ކުރުމުގެ ކަންކަންވެސް ކުރަމުންދާ ކަމަށެވެ.

އެމެރިކާގެ ކަޅު ނަސްލުގެ ރައްޔިތެއް ކަމަށްވާ ޖޯޖް ފްލޮއިޑުގެ މަރަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި، އަދި ފުލުހުންގެ އަނިޔާއާ ދެކޮޅަށް ދުނިޔޭގެ ގިނަ ގައުމުތަކުގައި މުޒާހަރާކޮށް، ފުލުހުންގެ އަނިޔާ ހުއްޓުވުމަށް ގައުމުތަކުން ދަނީ މަސައްކަތް ކުރަމުން ނެވެ.

އީވާ ވިދާޅުވީ، ދިވެހި ފުލުހުގެ މުއައްސަސާއާމެދު ރައްޔިތުންގެ މެދުގައި އިތުބާރު އުފެއްދުމަށްޓަކައި އެންމެން އެކުގައި މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

އީވާ ވިދާޅުވީ، މިދިއަ މަހުގެ ތެރޭގައި ފުލުހުން ޓޭޒަރ ގަން ބޭނުންކުރަން ބޭނުންވާ ކަމަށް އެދިފައިވާ ކަމަށެވެ. ނަމަވެސް ދިވެހި ފުލުހުން ޓޭޒަރ ގަން ބޭނުން ކުރުމަށް އެއްބަސްވާ ނުވަތަ ފުލުހުންނަށް އިތުބާރު ކުރި އެއްވެސް މީހަކާ ދިމާވެފައި ނުވާކަމަށްވެސް އީވާ ވިދާޅުވި އެވެ. ފުލުހުންގެ މުއައްސަސާ ރަނގަޅަށް ރިޕޯމްކޮށްފަ، އަދި ރައްޔިތުންގެ އިތުބާރު ހޯދުމަށްފަހު، ޓޭޒަރ ގަން ބޭނުން ކުރަން ބޭނުންވާ ކަމަށް ބުނިނަމަވެސް، ދިވެހިރައްޔިތުން ގަބޫލު ކުރާނެ ކަމަށް ގާބޫލު ކުރައްވާ ކަމަށް ވެސް އީވާ ވިދާޅުވި އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

13 މާރިޗު 2017

ފަނޑިޔާރު އަލީ ހަމީދަށް ތުހުމަތު ކުރެވޭ ކަސްބީ އަންހެނުންނާ އެކު ގުޅުން ހިންގި ވީޑިއޯގެ މައްސަލަ ނުބަލަން ނިންމައިފި

13 މާރިޗު 2017
ފަނޑިޔާރު އަލީ ހަމީދަށް ތުހުމަތު ކުރެވޭ ކަސްބީ އަންހެނުންނާ އެކު ގުޅުން ހިންގި ވީޑިއޯގެ މައްސަލަ ނުބަލަން ނިންމައިފި
08 މާރިޗު 2017

ވެރިކަން ބަދަލުކޮށް އަންހެންވެރިންނަން އަނިޔާކުރި ފުލުހުންނާއި ސިފައިން ލަދުގަންނަންޖެހޭ: ޝިފާ

08 މާރިޗު 2017
ވެރިކަން ބަދަލުކޮށް އަންހެންވެރިންނަން އަނިޔާކުރި ފުލުހުންނާއި ސިފައިން ލަދުގަންނަންޖެހޭ: ޝިފާ
28 ފެބުރުއަރީ 2017

ސިނގިރޭޓާއި އެނާރޖީ ޑްރިންކުން ޑިއުޓީ ބޮޑުކުރަން ހުށަހެޅި ބިލް ފާސްކުރުން މާދަމާގެ ޖަލްސާގައި

28 ފެބުރުއަރީ 2017
ސިނގިރޭޓާއި އެނާރޖީ ޑްރިންކުން ޑިއުޓީ ބޮޑުކުރަން ހުށަހެޅި ބިލް ފާސްކުރުން މާދަމާގެ ޖަލްސާގައި
27 ފެބުރުއަރީ 2017

"އެނާޖީ އެވެއާނެސް"ގެ ނަމުގައި ދެ ވީޑިއޯ ސްޕޮޓް ލޯންޗު ކޮށްފި

27 ފެބުރުއަރީ 2017
"އެނާޖީ އެވެއާނެސް"ގެ ނަމުގައި ދެ ވީޑިއޯ ސްޕޮޓް ލޯންޗު ކޮށްފި
25 ފެބުރުއަރީ 2017

ބަރަހަނާ ވީޑިއޯ އާންމުވި ފުލުސްމީހާ ވަޒީފާއިން ވަކިކޮށްފި

25 ފެބުރުއަރީ 2017
ބަރަހަނާ ވީޑިއޯ އާންމުވި ފުލުސްމީހާ ވަޒީފާއިން ވަކިކޮށްފި
23 ފެބުރުއަރީ 2017

ފުލުހުންގެ އިސް އޮފިސަރެއްގެ ބަރަހަނާ ވީޑިއޯއެއްގެ މައްސަލަ ބަލަނީ

23 ފެބުރުއަރީ 2017
ފުލުހުންގެ އިސް އޮފިސަރެއްގެ ބަރަހަނާ ވީޑިއޯއެއްގެ މައްސަލަ ބަލަނީ
16 ފެބުރުއަރީ 2017

ޕީޕީއެމް ޖަލްސާގައި މީހުން ހިފެހެއްޓުމަށް ވަށައިގެން ދާޖަހައިފި

16 ފެބުރުއަރީ 2017
ޕީޕީއެމް ޖަލްސާގައި މީހުން ހިފެހެއްޓުމަށް ވަށައިގެން ދާޖަހައިފި
06 ފެބުރުއަރީ 2017

ރިޔާސީ ބަޔާން އިއްވި ޖަލްސާގައި މެމްބަރު ހުސެއިން އަރީފް އިހުތިޖާޖްކޮށްފި

06 ފެބުރުއަރީ 2017
ރިޔާސީ ބަޔާން އިއްވި ޖަލްސާގައި މެމްބަރު ހުސެއިން އަރީފް އިހުތިޖާޖްކޮށްފި
05 ފެބުރުއަރީ 2017

ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!

05 ފެބުރުއަރީ 2017
ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!
29 ޖެނުއަރީ 2017

އިބްތިހާލު މަރުވީ އަނިޔާކުރިކަން އެނގިތިބެ، ފިޔަވަޅު ނާޅާ އޮއްވާ: ދައުލަތް

29 ޖެނުއަރީ 2017
އިބްތިހާލު މަރުވީ އަނިޔާކުރިކަން އެނގިތިބެ، ފިޔަވަޅު ނާޅާ އޮއްވާ: ދައުލަތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް