Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގާސިމް ހައްޔަރުކުރުން

ބަންދުގެ މުއްދަތު ޖެހުމަށް ގާސިމް ކޯޓަށް ހާޒިރުކޮށްފި

7 އެޕްރީލު 2017 | ހުކުރު 16:35

ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ގާނޫނާއި ހިލާފަށް ވައްޓާލުމަށް ހިއްވަރު ލިބޭފަދަ އަމަލުތައް ގާސިމް ކުރައްވާ ކަމަށް ތުހުމަތު ކޮށްފައިވޭ

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 7 އެޕްރީލު 2017 | ހުކުރު 16:35
ގާސިމް މިނިވަންކުރަން ގޮވާލައި ހުކުރު ދުވަހު މުޒާހަރާ ކުރަނީ

ގާސިމް މިނިވަންކުރަން ގޮވާލައި ހުކުރު ދުވަހު މުޒާހަރާ ކުރަނީ

ކޯޓު އަމުރެއްގެ ދަށުން ބުރާސްފަތި ދުވަހު ރޭ ފުލުހުން ބަންދުކޮށްފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްގެ ބަންދަށް މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކޮށްފިއެވެ.

ގާސިމް އިބްރާހީމްގެ މުއްދަތު ޖެހުމަށްޓަކައި އެންމެ ފުރަތަމަ ކޯޓަށް ހާޒިރު ކުރުމަށް ހަމަޖެހިފައި އޮތީ މިއަދު މެންދުރު ފަހު 3:00 އަށެވެ. ނަމަވެސް ފަހުން ވަނީ ގަޑި ބަދަލުކޮށް 4:00 އަށް ހަދާފައެވެ.

Advertisement - newsAdvertisement

ގާސިމް ކޯޓަށް ހާޒިރު ކޮށްފައިވާއިރު ކްރިމިނަލް ކޯޓު ހުންނަ ސަރަހައްދު ފުލުހުން ވަނީ ބަންދުކޮށްފައެވެ. އެގޮތުން އެ ސަރަހައްދަށް އާންމުންގެ އިތުރުން ނޫސްވެރިންނަށް ވެސް ވަނުމުގެ ފުރުސަތު ފުލުހުން ދީފައެއް ނުވެއެވެ.

ގާސިމް އިބްރާހީމް ހައްޔަރު ކުރުމާ ގުޅޭ ގޮތުން މޯލްޑިވްސް ޕޮލިސް ސާވިސް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު އިތުބާރު ނެތްކަމަށް މާޗް 27 ވަނަ ދުވަހު އެޖެންޑާކޮށް ވޯޓް ނެގުމުގެ ވަގުތު ކައިރިވެފައި ވަނިކޮށް ގާސިމް އިބްރާހީމް ބޭނުންވާ ވަކިގޮތަކަށް އެ ވޯޓް އަނބުރާލުމަށްޓަކައި މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިން ކަމަށް ތުހުމަތު ކުރެވޭތީ ކަމަށެވެ.

ފުލުހުންގެ ބަޔާނުގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކްގެ މައްޗަށް ނެގުމަށް އުޅޭ ވޯޓަށް ނުފޫޒް ފޯރުވުމަށް މަސައްކަތް ކުރާ ކަމަށް ގާސިމްގެ މައްޗަށް ތުހުމަތު ކުރެވޭ ކަމަށެވެ.

މީގެ އިތުރުން ގާސިމް ހައްޔަރު ކުރުމާ ގުޅޭ ގޮތުން ފުލުހުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ދައުލަތުގެ ސަލާމަތީ ބާރުތަކަށް ނުފޫޒް ފޯރުވުމަށް މަސައްކަތް ކުރާ ކަމަށް ގާސިމް އިބްރާހީމްގެ މައްޗަށް ތުހުމަތު ކުރެވޭ ކަމަށާއި އަދި ދިވެހިރާއްޖޭގައި ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ގާނޫނާއި ހިލާފަށް ބަދަލުކުރުމަށް ހިތްވަރުލިބޭ ފަދަ އަމަލުތައް ކުރާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. އަދި މައްސަލައިގެ ހެއްކަށް ނުފޫޒް ފޯރުވައި ހެކި ފޮރުވަން ގާސިމް އިބްރާހީމް މަސައްކަތް ކޮށްފާނެ ކަމަށް ފެންނާތީ ފުލުހުންގެ ބެލުމުގެ ދަށަށް ގާސިމް އިބްރާހީމް ގެންދިޔައީ ކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ،

ގާސިމް ކޯޓަށް ހާޒިރުކުރުމާ ގުޅިގެން މާލޭގެ އެކި ސަރަހައްދުތަކުގައި ކުރަމުންދާ އިހްތިޖާޖުތައް ހުއްޓުވުމަށް، ފުލުހުން ބާރުގެ ބޭނުންކޮށް، ނޫސްވެރިންނާއި ސިޔާސީ ބޭފުޅުންގެ މޫނަށް ގިނަ އަދަދެއްގެ ޕެޕާ ސްޕެރޭ ވަނީ ޖަހައިފަ އެވެ. ގާސިމް ކޯޓަށް ހާޒިރުކުރިއިރު، މުޅި ސަރަހައްދު ބަންދުކޮށްފައި އޮތްއިރު، އާންމުން އެންމެ ގިނަ އަދަދަކަށް އެއްވެފައި އޮތީ ސަލްސާ ރޯޔަލް ކަންމައްޗަށެވެ. ނަމަވެސް އެއްވެފައި ތިބި މީހުން ދުރަށް ޖައްސަމުން ގެންގޮސް، ކުރިން ގަޑި ބުރު ހުރި ހިސާބަށް ވަނީ ޖައްސައިފަ އެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

4

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

5

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށްދިން މުއްދަތު އިތުރުކޮށްފި

01 ފެބުރުއަރީ 2017
އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށްދިން މުއްދަތު އިތުރުކޮށްފި
30 ޖެނުއަރީ 2017

އެސްބީޓީ އުމްރާ ގުރޫޕްގެ ވެރިޔާ ބާގިރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަން އަމުރުކޮށްފި

30 ޖެނުއަރީ 2017
އެސްބީޓީ އުމްރާ ގުރޫޕްގެ ވެރިޔާ ބާގިރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަން އަމުރުކޮށްފި
29 ޖެނުއަރީ 2017

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ
24 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ އޮފިޝަލް ކަމަށް ކުރިމަތިލުމުގެ މުއްދަތު އަވަސް ކޮށްފި

24 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބުގެ އޮފިޝަލް ކަމަށް ކުރިމަތިލުމުގެ މުއްދަތު އަވަސް ކޮށްފި
22 ޖެނުއަރީ 2017

ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

22 ޖެނުއަރީ 2017
ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް
15 ޖެނުއަރީ 2017

ކެންޑިޑެސީ ބާތިލްކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި

15 ޖެނުއަރީ 2017
ކެންޑިޑެސީ ބާތިލްކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް