Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ގޭގައި ކަރަންޓީންވާން ހުއްދަ ދިނުން

24 ދުވަހު ކަރަންޓީނުގައި ތިބެންޖެހޭގޮތަށް، މާލޭގައި ތާށިވި ފަރާތްތަކަށް ރަށަށް ދެވޭގޮތް ހަމަޖައްސައިފި

އެކަމާ ގުޅޭ އުސޫލު މިހާރު ވަނީ އާންމުކޮށްފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 6 ޖޫން 2020 | ހޮނިހިރު 13:45
ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު

މާލެ ސިޓީގެ ފުރަބަންދަށް ފަހު، އެނބުރި ރަށްރަށަށް ދާ މީހުން ރަށަށް ދިއުމަށްފަހު ގޭގައި ކަރަންޓީން ކުރެވޭގޮތަށް ހަމަޖެހިފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

ރަށްރަށަށް ދާ ފަރާތްތައް ގޭގައި ކަރަންޓީން ކުރެވޭނެ އުސޫލު ހޮނިހިރު ދުވަހު އެޗްޕީއޭއިން ވަނީ އާންމު ކޮށްފައެވެ. އެގޮތުން އުސޫލުގައި ބުނެފައިވަނީ މާލޭގައި ފުރަބަންދުވެފައިވާ ފަރާތަތައް އެނބުރި ރަށަށް ދިއުމަށްފަހު، ގޭގައި ކަރަންޓީނު ކުރުމަށް ހަމަޖެހިފައިވަނީ 24 ދުވަހަށް ކަމަށެވެ. އެގޮތުން މާލެއިން ގެންދާ ފަރާތްތަކަކީ ކޮވިޑް-19 ގެ އެއްވެސް އަލާމާތެއް ނެތް މީހެއްތޯ ކަށަވަރު ކުރުމަށްފަހު، އެ ފަރާތްތައް ރަށަށް އެނބުރި ދިއުމުގެ ދަތުރުފަތުރުގެ އިންތިޒާމް ހަމަޖައްސާނީ ސަރުކާރުން ކަމަށް އެޗްޕީއޭއިން ބުނެއެވެ.

Advertisement - newsAdvertisement

އޭގެ އިތުރުން، މި އުސޫލާ އެއްގޮތަށް ރަށްރަށަށް ދިއުމަށް ކައުންސިލުގައި އެދިފައިވާ ފަރާތްތައް ކަރަންޓީންވާ ބޭނުންވާ ގެއަކީ އުސޫލަށް ފެތޭ ގެއެއްތޯ ބަލާނީ އެރަށެއްގެ ޕަބްލިކް ހެލްތް ޔުނިޓާއި ގުޅިގެން ރަށު ކައުންސިލުން ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި އެއަށްފަހު ކައުންސިލުންއުސޫލުގައިބަޔާންކޮށްފައިވާ ފޯމު ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)އަށް ހުށައެޅުމުން އެ ތަރުތީބުން ރަށްރަށަށް ދެވޭގޮތް ކަމާބެހޭ ފަރާތްތަކުން ހަމަޖައްސަން ޖެހޭނެ ކަމަށް ބުނެފައިވެއެވެ.

ކަރަންޓީން ކުރާ ގޭގެ ޝަރުތުތައްވެސް އުސޫލުގައި ވަނީ ބަޔާން ކޮށްފައެވެ. އެގޮތުން އެ ގޭގައި 60 އަހަރުން މަތީގެ މީހެއް އުޅެގެން ނުވާނެ ކަމަށާއި، މާބަނޑު މީހަކު ދިރިއުޅޭ ގެއަކަށް ވެގެން ނުވާނެ ކަމަށް އެޗްޕީއޭގެ އުސޫލުގައި ބުނެފައިވެއެވެ. އަދި ނޭވާ ހިއްލުން، ކިޑްނީގެ ބަލިތައް، ހަކުރު ބަލި އަދި ހިތުގެ ބަލި ފަދަ ބޮޑެތި ބަލިތައް ތަޙައްމަލު ކުރަމުންދާ ފަރާތެއް އުޅޭ ގެއެއް ނަމަވެސް، ކަރަންޓީން ކުރުމަށް ބޭނުން ނުކުރެވޭނެ ކަމަށް ބުނެފައިވެއެވެ.

އޭގެ އިތުރުން، ކަރަންޓީން ކުރާ މީހުން ބަހައްޓަންވާނީ ގޭގައި ދިރިއުޅޭ އެހެން މީހުންނާ ވަކި ކޮޓަރިއެއްގައި ކަމަށާއި، އެއް ކޮޓަރިއެއްގައި އެކަކަށްވުރެ ގިނަ މީހުން ކަރަންޓީން ކުރާނަމަ، ދެ އެނދު ދޭތެރޭގައި މަދުވެގެން 3 ފޫޓު ހުންނަން ޖެހޭނެ ކަމަށް ބުނެފައިވެއެވެ. އަދި އެ ފަރާތްތައް ބޭނުން ކުރަން ވަކި ފާޚާނާއެއް ހުރުންވެސް ވަނީ ލާޒިމުކޮށްފައެވެ.

އެޗްޕީއޭއިން ބުނީ، ގޭގައި ބަޔަކު ކަރަންޓީން ކޮށްފައި ތިބިނަމަ، އެ ގެއަކަށް އިތުރު ބަޔަކު ވަނުން މަނާ ވާނެ ކަމަށެވެ. އަދި ގޭގައި އުޅޭ މީހުންވެސް ބޭރަށް ދިއުން މަނާވާނެ ކަމަށާއި، އެކަންކަން ރަށު ކައުންސިލާއި ޓާސްކްފޯހުން ކަށަވަރު ކުރަން ޖެހޭނެކަން ބަޔާން ކޮށްފައިވެއެވެ.

އެޗްޕީއޭއިން ބުނީ، އެ ފަރާތްތައް 24 ދުވަހުގެ މުއްދަތަށް ގޭގައި ކަރަންޓީން ކުރުމަށްފަހު، ޓެސްޓު ހަދާނެ ކަމަށެވެ. އަދި ނަތީޖާއަށް ބެލުމަށްފަހު ކަރަންޓީނުން ދޫކޮށްލާނެކަންވެސް ފާހަގަ ކޮށްފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި

ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި

23 ޖެނުއަރީ 2017
ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!

ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!

22 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

18 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު