Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19 އައު އާންމު ޙާލަތު

އައު ޢާންމު ޙާލަތުގައި ކުށްވެރިންނާ ކުރިމަތިލުމުގައި ފުލުހުންވެސް އައު ގޮތްތަކެއް ހޯދަން ޖެހޭ: މިނިސްޓަރ

5 ޖޫން 2020 | ހުކުރު 03:35

ކޮވިޑް-19 އާ ގުޅިގެން ފުލުހުންގެ މަސައްކަތްތައް އިތުރަށް ބުރަވެގެން ދިޔަ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 5 ޖޫން 2020 | ހުކުރު 03:35
ހޯމް މިނިސްޓަރ ޝެއިޙް އިމްރާން ޢަބްދުﷲ- މިނިސްޓަރ ވިދާޅުވީ ފުލުހުންގެ އިތުރުން ޖަލުތަކުގައިވެސް އައު އާންމު ޙާލަތަށް ތައްޔާރުވުމުގެ މަސައްކަތް ކުރިއަށްދާކަމަށް

ހޯމް މިނިސްޓަރ ޝެއިޙް އިމްރާން ޢަބްދުﷲ- މިނިސްޓަރ ވިދާޅުވީ ފުލުހުންގެ އިތުރުން ޖަލުތަކުގައިވެސް އައު އާންމު ޙާލަތަށް ތައްޔާރުވުމުގެ މަސައްކަތް ކުރިއަށްދާކަމަށް

އައު ޢާންމު ޙާލަތުގައި ކުށްވެރިންނާ ކުރިމަތިލުމުގައި ފުލުހުންވެސް އައު ގޮތްތަކެއް ހޯދަން ޖެހޭކަމަށް މިނިސްޓަރ އޮފް ހޯމް އެފެއަރޒް ޝައިޚް ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެ އެވެ.

ބުރާސްފަތި ދުވަހުގެރޭ ޕީއެސްއެމްގެ "ރާއްޖެމިއަދު" ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ރައްޔިތުން ގޭގައި މަޑުކުރަން ޖެހުމާއި ގުޅިގެން މަގުމަތީގައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމާއި، ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް ދިނުމުގައި ފުލުހުންގެ މަސައްކަތްތައް އިތުރަށް ބުރަވެގެން ދިޔަ ކަމަށެވެ.

Advertisement - newsAdvertisement

އޭގެ އިތުރުން، މާލެ އެއްކޮށް ފުރަބަންދަކަށް ދިއުމުން މާލޭގެ އެތެރޭގެ ޙަރަކާތްތައް މަޑުޖެހުމާއި ގުޅިގެން ޢާންމު ކުށްތައް މަދުވެގެން ދިޔަކަން ފާހަގަ ކުރައްވައި މިނިސްޓަރ ވިދާޅުވީ، މަސްތުވާތަކެއްޗާއި ގުޅުންހުރި ކުށްތަކާއި، ކުދި ވައްކަންތަކާއި، ފޭރުން ފަދަ ކުށްތައް މަދުވެގެން ދިޔަ ކަމަށެވެ. އެގޮތުން ލޮކްޑައުންގެ ފިޔަވަޅުތަކަށް މަޑުމަޑުން ލުއިދޭއިރު، އެކަންކަން އަލުން ފެށިގެން ދިއުމަކީ އެކަށީގެންވާ ކަމެއްކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ، ލޮކްޑައުންގެ ފިޔަވަޅުތަކަށް ލުއިދީ އައު ޢާންމު ޙާލަތަށް ތައްޔާރުވާއިރު، ކުށްވެރިންނާ ކުރިމަތިލުމުގައި ވެސް ފުލުހުން އައު ގޮތްތަކެއް ހޯދަން ޖެހޭނެ ކަމަށެވެ. އަދި އެކަމަށް ފުލުހުން ދުރާލާ ތައްޔާރުވަމުން ދާކަން މިނިސްޓަރ ފާހަގަ ކުރެއްވި އެވެ. އެގޮތުން އެކަމުގައި ފުލުހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމަށްވެސް ޚާއްސަ ސަމާލުކަމެއް ދެއްވާނެކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

އޭގެ އިތުރުން، ރާއްޖޭގެ ޖަލުތަކުގެ ޙާލަތަށް އަލިއަޅުވާލައްވައި މިނިސްޓަރ ވިދާޅުވީ، އައު އާންމު ޙާލަތުގައި ޖަލުތަކުގެ ޤައިދީން ކޯޓުތަކާއި، ޢާއިލީ ބައްދަލުވުންތަކުގެ އިތުރުން، ބޭސްފަރުވާއަށް ގެންދިއުމުގައި ޖަލުތަކަށް ވައިރަސް ނުފެތުރޭނެ ގޮތަކަށް ކަންކަން އިންތިޒާމު ކުރައްވާނެ ކަމަށެވެ. އެގޮތުން އެކަމަކީ މިވަގުތަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުންކަން ވެސް މިނިސްޓަރ ފާހަގަ ކުރެއްވި އެވެ.

މިނިސްޓަރ ވިދާޅުވީ، ޤައިދީން ބޭރަށް ނެރެންޖެހޭ ޙާލަތްތަކުގައި ވެސް އަނބުރާ ގެނައުމަށް ފަހު އެހެން ޤައިދީންނާ އެކުވުމުގެ ކުރިން ވަކި މުއްދަތެއްގައި އެހެން ޤައިދީންނާ ވަކިން އެކަހެރި ކުރުމާއި، ކޮވިޑް-19 ގެ ޢަލާމާތެއް ފެނިއްޖެނަމަވެސް ޤައިދީން އެކަހެރި ކުރާނެ އިންތިޒާމުތައް ހަމަޖައްސަވަމުން ގެންދަވާކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

އެންމެ ހިނގާ

1

މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ލިސްޓުގައި 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިމެނޭތީ، އެ މައްސަލަ ފުލުހަށް ހުށަހަޅައިފި

2

ލިޔެކިޔުންތަކަށް ބަދަލު ގެނެސް ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް އެތައް މިލިއަން ޑޮލަރެއްގެ އަސްކަރީ މުދާ އުފުލާ: ރިޕޯޓު

3

ނާމަލް ރާޖަޕަކްސަ ހައްޔަރުކޮށްފި

4

އީރާން ހަނގުރާމަ ނިމުނުކަން އިޢުލާނުކުރަން ޓްރަމްޕް ވިސްނަވަނީ

5

ނެދަލެންޑްސްއިން އެމެރިކާގައި ބަހައްޓާފައި ހުރި 10 ބިލިއަން ޑޮލަރުގެ ރަން އަނބުރާ ގެންދިޔައީ ކީއްވެ؟

އިތުރަށް ކިޔާލަން

20 ޖުލައި 2017

ވިލާކޮލެޖުން މިއަހަރު މުޅިން އައު ކޯސްތަކެއް ތަޢާރުފުކޮށްފި

20 ޖުލައި 2017
ވިލާކޮލެޖުން މިއަހަރު މުޅިން އައު ކޯސްތަކެއް ތަޢާރުފުކޮށްފި
08 ޖުލައި 2017

ހުރިހާ ސިޔާސީވެރިންގެ ވިސްނުމާ ފިކުރު ހުންނާނީ ވެރިކަމަށް އައުމަށް: ފަލާޙް

08 ޖުލައި 2017
ހުރިހާ ސިޔާސީވެރިންގެ ވިސްނުމާ ފިކުރު ހުންނާނީ ވެރިކަމަށް އައުމަށް: ފަލާޙް
01 ޖުލައި 2017

ޝެއިޚް އިމްރާން ބޮޑެތި ކުށްވެރިންނާ އެއްގޮޅިއެއްގައި ބަހައްޓަވާތީ މަހްލޫފް ކަންބޮޑުވުން ފާޅުކުރައްވައިފި

01 ޖުލައި 2017
ޝެއިޚް އިމްރާން ބޮޑެތި ކުށްވެރިންނާ އެއްގޮޅިއެއްގައި ބަހައްޓަވާތީ މަހްލޫފް ކަންބޮޑުވުން ފާޅުކުރައްވައިފި
22 ޖޫން 2017

މީހުން މަރަން އުޅުމަކީ ބޮޑު ކުށެއް، އެފަދަ ކުށްވެރިންނާއިމެދު ސަމާލުވާންޖެހޭ: ޑރ. ޖަމީލް

22 ޖޫން 2017
މީހުން މަރަން އުޅުމަކީ ބޮޑު ކުށެއް، އެފަދަ ކުށްވެރިންނާއިމެދު ސަމާލުވާންޖެހޭ: ޑރ. ޖަމީލް
07 ޖޫން 2017

ގަތަރު ރައްޔަތުންނަށް ރާއްޖެ އައުމަށް ހުރަހެއް ނެތް: ފޮރިން މިނިސްޓްރީ

07 ޖޫން 2017
ގަތަރު ރައްޔަތުންނަށް ރާއްޖެ އައުމަށް ހުރަހެއް ނެތް: ފޮރިން މިނިސްޓްރީ
15 މެއި 2017

އައު ކައުންސިލަރުން ހުވާ ކުރުމަށް އަންނަ ޖޫން މަހުގެ 3 ވަނަ ދުވަސް ކަނޑައަޅައިފި

15 މެއި 2017
އައު ކައުންސިލަރުން ހުވާ ކުރުމަށް އަންނަ ޖޫން މަހުގެ 3 ވަނަ ދުވަސް ކަނޑައަޅައިފި
14 އެޕްރީލު 2017

ސަރުކާރުގެ އަނިޔާވެރިކަން ނިމުމަކަށް އައުން އެދި ގިނަ ބަޔަކު ދުއާކޮށްފި

14 އެޕްރީލު 2017
ސަރުކާރުގެ އަނިޔާވެރިކަން ނިމުމަކަށް އައުން އެދި ގިނަ ބަޔަކު ދުއާކޮށްފި
30 މާރިޗު 2017

ކެރެންޏާ މަޝްވަރާތަކަށް އައުމަށް އިދިކޮޅު ފަރާތްތަކަށް ސަރުކާރުން ގޮވާލައިފި

30 މާރިޗު 2017
ކެރެންޏާ މަޝްވަރާތަކަށް އައުމަށް އިދިކޮޅު ފަރާތްތަކަށް ސަރުކާރުން ގޮވާލައިފި
01 މާރިޗު 2017

ނޭޝެނަލް އެސެސްމަންޓް އޮފް ލާނިންގ އައުޓްކަމްސް ގެ ނަތީޖާ އާއްމުކޮށް ރިޕޯޓް ނެރެފި

01 މާރިޗު 2017
ނޭޝެނަލް އެސެސްމަންޓް އޮފް ލާނިންގ އައުޓްކަމްސް ގެ ނަތީޖާ އާއްމުކޮށް ރިޕޯޓް ނެރެފި
13 ފެބުރުއަރީ 2017

އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު

13 ފެބުރުއަރީ 2017
އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް