Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޖޫރިމަނާ ކުރި މީހުންގެ އަދަދު 7000ށް

ބުރާސްފަތި ދުވަހު އެކަނިވެސް 176 މީހަކު ޖޫރިމަނާކޮށް 21 މީހަކު ހައްޔަރުކޮށްފި

އިއްޔެ މާލެއން އެކަނި 167 މީހަކު ޖޫރިމަނާ ކުރި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 4 ޖޫން 2020 | ބުރާސްފަތި 23:22
މާލޭގެ މަގުމަތިން ފުލުހުން ޕެޓްރޯލް ކުރުމުގެ ތެރެއިން ދުއްވާފައި ދިޔަ މީހަކު ހުއްޓުވާ ސުވާލުކުރަނީ

މާލޭގެ މަގުމަތިން ފުލުހުން ޕެޓްރޯލް ކުރުމުގެ ތެރެއިން ދުއްވާފައި ދިޔަ މީހަކު ހުއްޓުވާ ސުވާލުކުރަނީ

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އިއުލާންކޮށްފައިވާ ލޮކްޑައުންއާއި ހިލާފުވެގެން ބުރާސްފަތި ދުވަހު އެކަނި ވެސް 176 މީހަކު ޖޫރިމަނާ ކޮށްފިއެވެ.

ފުލުހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، ބުރާސްފަތި ދުވަހު މާލެއިން އެކަނި 167 މީހަކު ވަނީ ޖޫރިމަނާކޮށްފައެވެ. އަދި ހުޅުމާލެއިން 8 މީހަކު ޖޫރިމަނާ ކުރި އިރު ވިލިމާލެއިން އެކަކު ވަނީ ޖޫރިމަނާ ކޮށްފައެވެ.

ބުރާސްފަތި ދުވަހު 21 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން ބުނީ މީގެ ތެރެއިން 20 މީހުން ހައްޔަރުކުރެވުނީ މާލެއިން ކަމަށާއި، އެކަކު ހައްޔަރު ކުރީ ހުޅުމާލެއިން ކަމަށެވެ.

މިހާތަނަށް ލޮކްޑައުންގެ އަމުރާއި ހިލާފުވެގެން 7151 މީހަކު ވަނީ ޖޫރިމަނާ ކޮށްފައެވެ. އެއީ މާލެއިން 6320 މީހުންނާއި، ހުޅުމާލެއިން 721 މީހުން އަދި ވިލިމާލެއިން 110 މީހުންނެވެ.

ހައްޔަރު ކުރެވުނު މީހުންގެ ތަފާސް ހިސާބުތައް ދައްކާގޮތުން ޖުމްލަ 405 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ މާލެއިން ހައްޔަރު ކުރި 363 މީހުންނާއި، ހުޅުމާލެއިން ހައްޔަރުކުރި 39 މީހެއްގެ އިތުރުން ވިލިމާލެއިން ހައްޔަރު ކުރި 3 މީހެކެވެ.

ލޮކްޑައުންގެ އަމުރާ ހިލާފުވެގެން ޖޫރިމަނާ ކުރާ މީހުން، ޖޫރިމަނާ ކުރަނީ 1000 ރުފިޔާއިންނެވެ. އެހެންކަމުން ޖޫރިމަނާކުރި 7151 މީހުން ޖޫރިމަނާގެ ގޮތުގައި ހަތް މިލިއަނަށްވުރެ ގިނަ ރުފިޔާ ދައުލަތަށް ދައްކަން ޖެހެއެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
14 ޖެނުއަރީ 2017

ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި

14 ޖެނުއަރީ 2017
ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު