Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަޔަރލޭންޑުގެ ބޮޑުވަޒީރާއި ރައީސް މަޝްވަރާ ކުރެއްވ

ކޮވިޑް-19ގެ ޙާލަތާ ގުޅޭގޮތުން އަޔަރލޭންޑްގެ ބޮޑުވަޒީރާއި، ރައީސް މަޝްވަރާ ކުރައްވައިފި

ދެން އޮތް މަރުޙަލާތަކުގައި އިގްތިސާދާއި ބޯޑަރު ހުޅުވާލާ ފަތުރުވެރިކަމުގެ ސިނާޢަތް އަލުން ހުޅުވާލާނެ: ރައީސް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 3 ޖޫން 2020 | ބުދަ 14:16
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު؛ ކޮވިޑް-19 ގެ ރާއްޖޭގެ ޙާލަތު އަޔަރލޭންޑްގެ ބޮޑުވަޒީރާއި ހިއްސާކުރައްވާފައިވޭ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު؛ ކޮވިޑް-19 ގެ ރާއްޖޭގެ ޙާލަތު އަޔަރލޭންޑްގެ ބޮޑުވަޒީރާއި ހިއްސާކުރައްވާފައިވޭ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ރިޕަބްލިކް އޮފް އަޔަރލޭންޑްގެ ބޮޑުވަޒީރު، ލިއޯ ވަރަޑްކާ އާއި ކޮވިޑް-19 ގެ ޙާލާތާއި މިބަލިން އަރައިގަތުމަށް ގެންގުޅުއްވާ ދުރު ރާސްތާ ޕްލޭނާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފި އެވެ.

ބުދަ ދުވަހު މެންދުރު ފަހު ފޯނުން ގުޅުއްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ކޮވިޑް-19 ގެ ރާއްޖޭގެ ޙާލަތު ބޮޑުވަޒީރާ ޙިއްޞާކުރެއްވި އެވެ. އެގޮތުން މިމަހުގެ 2 ވަނަ ދުވަހާއި ހަމައަށް 1841 މީހަކަށް ރާއްޖޭގައި މި ބަލި ޖެހި، ޖުމުލަ 7 މީހަކު މި ބަލީގައި ނިޔާވެފައިވާކަމާއި އަދި ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން މާލެ ސަރަޙައްދު 'ލޮކްޑައުން' ކޮށް އެހެން ޞަރަޙައްދުތަކުގައި ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި އެވެ.

އަދި ބަލިން ފަސޭހަވާ މީހުންގެ ޢަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނައިރު ދުވާލެއްގެ މައްޗަށް ބަލިޖެހޭ މީހުންގެ ނިޞްބަތް ވެސް މަދުވަމުން އަންނާތީ، ދެން ކުރިޔަށް އޮތް މަރުޙަލާތަކުގައި އެންމެ އިސްކަމެއް ދެއްވައިގެން ކުރިޔަށްގެންދިއުމަށް ރާއްވަވާފައިވާ ގޮތްތަކާ ގުޅޭގޮތުން ވެސް ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވި އެވެ. އެގޮތުން ދެން އޮތް މަރުޙަލާތަކުގައި އޮތީ އިޤުތިޞާދީ ޙަރަކާތްތަކަށް ހުޅުވާލުމާއި، ބޯޑަރު އަލުން ހުޅުވާލުމާއި، ފަތުރުވެރިކަމުގެ ސިނާޢަތް އަލުން ހުޅުވާލައި މި ބަލީގެ މައްޗަށް ކާމިޔާބު ހޯދައި ކުރިޔަށްދިއުން ކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖެފަދަ ކުޑަ ޖަޒީރާ ޤައުމަކުން މިބަލިން އަރައިގަނެ ކުރިޔަށްދާން މަސައްކަތްކުރާއިރު، ޚާއްޞަކޮށް ދަރަނި މަޢާފުކޮށްދިނުންފަދަ ކަންކަމަކީ މި ބަލިން އަރައިގަތުމުގައި ކުރިމަތިވާ ގޮންޖެހުންތަކަށް ލުޔެއް ލިބިގެންދާނެ ކަމެއްކަން ފާހަގަކުރެއްވި އެވެ.

ފޯނުން ގުޅުއްވައި ދެބޭފުޅުން ދެއްކެވި ވާހަކަފުޅުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާކުރެއްވި އެވެ. އެގޮތުން ވިޔަފާރިއާއި، މޫސުމަށް އަންނަ ބަދަލުތަކުގެ އިތުރުން ކައުންޓަރ ޓެރަރިޒަމް ފަދަ ދާއިރާތަކުން ދެޤައުމުން އެއްބާރުލުން އިތުރުކޮށް ގުޅުން ބަދަހި ކުރުމާބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވި އެވެ.

ފޯނުކޯލް ނިންމަވާލައްވަމުން ދެބޭފުޅުން ވެސް ވަނީ ބައިނަލްއަޤުވާމީ ގޮތުން އެއްޤައުމުން އަނެއް ޤައުމަށް އެހީތެރިވުމާއި އެއްބާރުލުން ދިނުމާއި ކޯވިޑް-19 އިން އަރައިގަތުމަށް ކުރަމުންގެންދާ މަސައްކަތްތަކުގައި ކާމިޔާބީ އެދިވަޑައިގެންނެވުމުގެ އިތުރުން ކުރިޔަށް އޮތްތަނުގައި ވެސް ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވުމަށް އެދިވަޑައިގަންނަވާފަ އެވެ.

ރިޕަބްލިކް އޮފް އަޔަރލޭންޑާއި ދިވެހިރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައި ވަނީ މީގެ 21 އަހަރު ކުރިން 7 ޑިސެންބަރ 1999 ގައެވެ.

އިތުރަށް ކިޔާލަން

02 ޖުލައި 2017

ފަސް ރަށުގެ ފެނާއި ނަރުދަމާ އާއި ގުޅޭގޮތުން މާދަމަ މަޖިލީހުގައި ސުވާލުކުރުމަށް އެޖެންޑާ ކޮށްފި!

02 ޖުލައި 2017
ފަސް ރަށުގެ ފެނާއި ނަރުދަމާ އާއި ގުޅޭގޮތުން މާދަމަ މަޖިލީހުގައި ސުވާލުކުރުމަށް އެޖެންޑާ ކޮށްފި!
04 ޖޫން 2017

ފޭރުމާ ގުޅޭގޮތުން ދެކެވޭ ވާހަކައިގާ ހަޤީގަތެއް ހުރީ ދެކަމެއްގައި: ފުލުހުން

04 ޖޫން 2017
ފޭރުމާ ގުޅޭގޮތުން ދެކެވޭ ވާހަކައިގާ ހަޤީގަތެއް ހުރީ ދެކަމެއްގައި: ފުލުހުން
30 އެޕްރީލު 2017

ޙާޒިރުކުރީ ޖޭޕީއަށް މެންބަރުން ގެންނަ ގޮތާ ގުޅޭގޮތުން ސުވާލު ކުރުމަށް: ޢަބްދުﷲ ރިޔާޒް

30 އެޕްރީލު 2017
ޙާޒިރުކުރީ ޖޭޕީއަށް މެންބަރުން ގެންނަ ގޮތާ ގުޅޭގޮތުން ސުވާލު ކުރުމަށް: ޢަބްދުﷲ ރިޔާޒް
25 މާރިޗު 2017

ރަށްތަކާއި ގުޅޭގޮތުން ސުވާލުކުރުމުން ރުޅިގަދެވެ، ރާއްޖެޓީވީގެ ނޫސްވެރިޔާއަށް ނިހާން އިންޒާރުދީފި

25 މާރިޗު 2017
ރަށްތަކާއި ގުޅޭގޮތުން ސުވާލުކުރުމުން ރުޅިގަދެވެ، ރާއްޖެޓީވީގެ ނޫސްވެރިޔާއަށް ނިހާން އިންޒާރުދީފި
20 ފެބުރުއަރީ 2017

ރައީސް ޔާމީނާއި މެޑަމް ފާތުންއާ ގުޅޭގޮތުން ފޭސްބުކްގައި ޕޯސްޓް ކުރާތީ ޑްރައިވަރަކު ވަޒީފާއިން ވަކިކޮށްފި

20 ފެބުރުއަރީ 2017
ރައީސް ޔާމީނާއި މެޑަމް ފާތުންއާ ގުޅޭގޮތުން ފޭސްބުކްގައި ޕޯސްޓް ކުރާތީ ޑްރައިވަރަކު ވަޒީފާއިން ވަކިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު