Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެސީ ބާސާގައި މަޑުކުރުން

އަންނަ ސީޒަނުގެ ނިޔަލަށް މެސީ ބާސާގައި މަޑުކުރާނެ

2 ޖޫން 2020 | އަންގާރަ 12:11

ކްލަބު ބަދަލުކުރަން މެސީ އަށް ލިބުނު ފުރުސަތު ވަނީ ފަހަނައަޅައި ގޮސްފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 2 ޖޫން 2020 | އަންގާރަ 12:11
ބާސާގެ ކެޕްޓަން ލިއޮނެލް މެސީ: އަންނަ ސީޒަނުގެ ނިޔަލަށް މެސީ ބާސާގައި މަޑުކުރާނެކަން ވަނީ ކަށަވަރުވެފައި

ބާސާގެ ކެޕްޓަން ލިއޮނެލް މެސީ: އަންނަ ސީޒަނުގެ ނިޔަލަށް މެސީ ބާސާގައި މަޑުކުރާނެކަން ވަނީ ކަށަވަރުވެފައި

އަންނަ ސީޒަނުގެ ނިޔަލަށް ބާސެލޯނާގައި އެޓީމުގެ ކެޕްޓަން ލިއޮނެލް މެސީ މަޑުކުރާނެކަން ކަށަވަރުވެއްޖެ އެވެ.

ބާސެލޯނާއާ އެކު 2017 ވަނަ އަހަރު މެސީ ހަދާފައިވާ އެއްބަސްވުމުގެ ދަށުން ކޮންމެ ސީޒަނެއް ނިމުމުން ވެސް މެސީ އަށް ހިލޭ ޓްރާންސްފަރއެއްގެ ދަށުން ކްލަބު ދޫކޮށްލުމުގެ ފުރުޞަތު ލިބެއެވެ. 2017 ވަނަ އަހަރު މެސީ އެއްބަސްވުން އާކޮށްފައިވަނީ ހަތަރު އަހަރުގެ މުއްދަތަށެވެ. އެހެންކަމުން އަންނަ އަހަރު މެސީގެ އެއްބަސްވުން ހަމަވާނެއެވެ.

މި ސީޒަން ނިމުމުން މެސީ ބާސާ ދޫކޮށްލަން އުޅޭ ކަމަށް އަޑުފެތުރުނު ނަމަވެސް، ހިލޭ ޓްރާންސްފަރއެއްގެ ދަށުން ކްލަބު ބަދަލުކުރަން މެސީ އަށް ލިބުނު ފުރުޞަތު މި ހަފުތާގައި ވަނީ ފަހަނައަޅައި ގޮސްފަ އެވެ. އެހެންކަމުން އަންނަ ސީޒަނުގެ ނިޔަލަށް މެސީ ބާސާ ގައި މަޑުކުރާނެކަން މިހާރު ވަނީ ކަށަވަރު ވެފައެވެ.

މި ސީޒަން ނިމުމުން އިޓަލީގެ އިންޓަ މިލާނަށް މެސީ ބަދަލުވާން އުޅޭކަމަށް ސްޕެއިންގެ ބައެއް މީޑިއާތަކުން މީގެ ކުރިން ރިޕޯޓު ކުރުމާއެކު، އެފަހަރު މެސީ ވަނީ އެކަން ދޮގު ކޮށްފަ އެވެ. މީގެ ކުރިން ބާސާގެ ކޯޗު ކިކޭ ސެޓިއެން ވަނީ މެސީ ބާސާ ދޫކޮށް ނުދާނެ ކަމަށެވެ. އަދި މެސީ އާއި ބާސާ އަބަދުވެސް އޮންނާނީ އެކުގައި ކަމަށް ސެޓިއެން ވަނީ ބުނެފަ އެވެ.

މެސީ ބާސާ ދޫކޮށްލާނެ ކަމަށް އެންމެ ފުރަތަމަ އަޑުފެތުރުނީ، ބާސާގެ ސްޕޯޓިން ޑިރެކްޓަރު އެރިކް އަބިދާލާއި މެސީއާ ދެމެދު މައްސަލަ ޖެހުމުންނެވެ. އެގޮތުން އަބިދާލް ވަނީ ބާސާގެ ކުރީގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ މަގާމުން ވަކިކުރުމުގައި ކުޅުންތެރިންގެ ޒިންމާ ވެސް އެބައޮތް ކަމަށާއި، ބައެއް ކުޅުންތެރިން ވަލްވޭޑޭގެ ކޯޗުކަމުގައި އެކަށީގެންވާ ވަރަށް މަސައްކަތް ކޮށްފައިނުވާކަމަށް ތުހުމަތު ކޮށްފަ އެވެ.

އަބިދާލް އަށް ރައްދު ދެމުން މެސީ ބުނީ ކުޅުންތެރިންތަކެއް ބޮލުގައި ކޯޗަށް އެއްބާރުލުން ނުދޭ ކަމަށް ބުނެ ތުހުމަތުތަކެއް ކުރާއިރު، އެ ކުޅުންތެރިންގެ ނަން ހާމަކުރަން ޖެހޭނެ ކަމަށާއި، ކުޅުންތެރިންގެ ނަން ހާމަ ނުކުރާނަމަ އެ ތުހުމަތުކުރެވެނީ މުޅި ޓީމަށް ކަމަށެވެ. އަދި ވަކި ކުޅުންތެރިއެއްގެ ނަން ނުހިމަނާ އެފަދަ ވާހަކަތައް ދެއްކުމުން ދޮގު މަޢުލޫމާތު ފެތުރި ޓީމު ބަދުނާމުވާ ކަމަށްވެސް މެސީ ބުނެފައި ވެއެވެ.

ބާސާގެ ސީނިއަރ ޓީމުން 2004 ވަނަ އަހަރު ކެރިއަރު ފެށި މެސީ ވަނީ މިހާތަނަށް ބާސާއާއެކު ސްޕެނިޝް ލީގު 10 ފަހަރު ހޯދާފަ އެވެ. އަދި ޔުއެފާ ޗެމްޕިއަންސް ލީގު 4 ފަހަރު ހޯދާފައި ވާއިރު، މެސީ ވަނީ މިހާތަނަށް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށްދޭ ބަލޮންޑޯ އެވޯޑް 6 ފަހަރު ހޯދާފައެވެ. މެސީ އަކީ މި އެވޯޑު އެންމެ ގިނައިން ހޯދި ކުޅުންތެރިޔާ އެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

3

އީރާނުން އެމެރިކާގެ ދެ މަނަވަރަކަށާއި 18 އުޅަނދަކަށް ހަމަލާދީފި

4

އީރާނުގެ ހަމަލާތަކުގައި ބަހްރައިންގައި އޮންނަ އެމެރިކާގެ އަސްކަރީ ބޭސް "ސުންނާފަތިވެއްޖެ" ކަމަށް އެންމެ ފަހުން އެމެރިކާއިން އެއްބަސްވެއްޖެ

5

ރައީސް ޔާމީން އަށް މެސެޖެއް ދެއްވުމަށް ވިދާޅުވި ކަމަށް މެންބަރު ޝުޖާއު ދެއްކެވި ވާހަކަ އަކީ ދޮގެއް ކަމަށް މިނިސްޓަރު އަމީން ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

ކްލަބްތަކަށް ދޭން ޖެހޭ ފައިސާ އަންނަ ހަފްތާ ތެރޭގައި ހަމަޖެހޭނެ: ބައްސާމް

11 ފެބުރުއަރީ 2017
ކްލަބްތަކަށް ދޭން ޖެހޭ ފައިސާ އަންނަ ހަފްތާ ތެރޭގައި ހަމަޖެހޭނެ: ބައްސާމް
09 ފެބުރުއަރީ 2017

ގައުމީ ވޮލީ ޓީމުގެ ފަރިތަކުރުން އަންނަ ހަފްތާގައި ފަށަނީ

09 ފެބުރުއަރީ 2017
ގައުމީ ވޮލީ ޓީމުގެ ފަރިތަކުރުން އަންނަ ހަފްތާގައި ފަށަނީ
31 ޖެނުއަރީ 2017

ދަނޑުގައި ގޮނޑި ޖެހުމަށް އަންނަ ހަފްތާގެ ތެރޭގައި ހަވާލުކުރެވޭނެ: އެފްއޭއެމް

31 ޖެނުއަރީ 2017
ދަނޑުގައި ގޮނޑި ޖެހުމަށް އަންނަ ހަފްތާގެ ތެރޭގައި ހަވާލުކުރެވޭނެ: އެފްއޭއެމް
23 ޖެނުއަރީ 2017

ބަންގްލަދޭޝްގެ ދައުވަތަކަށް ޝޭހް ކަމާލް ކަޕަށް އަންނަ މަހު ޓީސީ ފުރަނީ!

23 ޖެނުއަރީ 2017
ބަންގްލަދޭޝްގެ ދައުވަތަކަށް ޝޭހް ކަމާލް ކަޕަށް އަންނަ މަހު ޓީސީ ފުރަނީ!
22 ޖެނުއަރީ 2017

ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް

22 ޖެނުއަރީ 2017
ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް
18 ޖެނުއަރީ 2017

މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި

18 ޖެނުއަރީ 2017
މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި
18 ޖެނުއަރީ 2017

ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި

18 ޖެނުއަރީ 2017
ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި
17 ޖެނުއަރީ 2017

މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް

17 ޖެނުއަރީ 2017
މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް
17 ޖެނުއަރީ 2017

އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް

17 ޖެނުއަރީ 2017
އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް