Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާނަބައު މަރާމާތު ކުރުން

ރެއާލްގެ މެޗުތައް ބާނަބައުގައި ނުކުޅެން ނިންމައިފި

ރެއާލްގެ މެޗުތައް ކުޅޭނީ ތަމްރީނުކުރަން ބޭނުންކުރާ އަލްފްރެޑޯ ޑި ސްޓެފާނޯ ސްޓޭޑިއަމްގައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 2 ޖޫން 2020 | އަންގާރަ 07:58
ރެއާލް މެޑްރިޑްގެ ރަސްމީ ދަނޑު ކަމަށްވާ ސަންޓީއާގޯ ބާނަބައު: މި ދަނޑު އިތުރަށް ތަރައްގީ ކުރުމުގެ މަސައްކަތް ވަނީ ފަށާފައި

ރެއާލް މެޑްރިޑްގެ ރަސްމީ ދަނޑު ކަމަށްވާ ސަންޓީއާގޯ ބާނަބައު: މި ދަނޑު އިތުރަށް ތަރައްގީ ކުރުމުގެ މަސައްކަތް ވަނީ ފަށާފައި

ސްޕެނިޝް ލީގު އަލުން ފަށާއިރު، ރެއާލް މެޑްރިޑްގެ މެޗުތައް އެ ކްލަބުގެ އަމިއްލަ ދަނޑު ކަމަށްވާ ސަންޓީއާގޯ ބާނަބައުގައި ނުކުޅެން ނިންމައިފި އެވެ.

ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން މެދުކަނޑާލި ސްޕެނިޝް ލީގު މިމަހުގެ 11 ވަނަ ދުވަހު އަލުން ފެށުމަށް މިހާރު ވަނީ ނިންމާފައެވެ. ލީގުގެ މެޗުތައް އަލުން ފަށާނީ ދަނޑަށް ސަޕޯޓަރުން ނުވައްދައި މެޗުތައް ކުޅޭ ގޮތަށެވެ.

ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވިދާޅުވީ މި ސީޒަނުގައި ރެއާލުން ކުޅެން ހަމަޖެހިފައި ހުރި މެޗުތައް އެ ކްލަބުގެ ރަސްމީ ދަނޑު ކަމަށްވާ ސަންޓީއާގޯ ބާނަބައުގައި ނުކުޅޭނެ ކަމަށާއި، އޭގެ ބަދަލުގައި މެޗުތައް ކުޅޭނީ ތަމްރީނުކުރަން ބޭނުންކުރާ އަލްފްރެޑޯ ޑި ސްޓެފާނޯ ސްޓޭޑިއަމްގައި ކަމަށެވެ. މި ދަނޑަކީ 6،000 މީހުންގެ ޖާގައިގެ ދަނޑެކެވެ. ރެއާލުން މައުލޫމާތުދޭ ގޮތުގައި މެޗުތައް ފަށާއިރު މި ދަނޑުގައި ވެސް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ބޭނުން ކުރެވޭނެ އެވެ.

ބާނަބައުގައި މެޗުތައް ނުކުޅެން ނިންމީ އެ ދަނޑުގެ މަރާމާތުގެ މަސައްކަތްތައް ހުއްޓާނުލާ ކުރިއަށް ގެންދިޔުމަށް ކަމަށް ޕެރޭޒް ވަނީ ވިދާޅުވެފައެވެ. 2022 ވަނަ އަހަރުގެ ނިޔަލަށް ބާނަބައު ތަރައްގީ ކުރަން މީގެ ކުރިން ނިންމާފައިވީ ނަމަވެސް، ކޮވިޑް-19 އާ ގުޅިގެން އެ ދަނޑު އެއްކޮށް ތަރައްގީކޮށް ނިންމާލުން ލަސްވާނެ ކަމަށް ޕެރޭޒް ވިދާޅުވިއެވެ.

މާޗު މަހު މެދުކަނޑާލި ސްޕެނިޝް ލީގު މިމަހުގެ 11 ވަނަ ދުވަހު އަލުން ފަށާއިރު، ރެއާލުން އެންމެ ފުރަތަމަ މެޗެއް ކުޅޭނީ މިމަހުގެ 14 ވަނަ ދުވަހު އެވެ. އެ ދުވަހު ރެއާލް ނުކުންނާނީ އަމިއްލަ ދަނޑުގައި އެއިބާއާ ދެކޮޅަށެވެ.

ސްޕެނިޝް ލީގު އަލުން ފަށާއިރު، އެއްވަނައިގައި އޮތް ބާސެލޯނާ އާއި ދެވަނައިގައި އޮތް ރެއާލް މެޑްރިޑާއި ދެމެދު އޮތީ ދެ ޕޮއިންޓުގެ ފަރަގެކެވެ. ބާސާ އަށް 27 މެޗުން 58 ޕޮއިންޓު ލިބިފައިވާއިރު، ރެއާލަށް ވަނީ 27 މެޗުން 56 ޕޮއިންޓު ލިބިފައެވެ.

އިތުރަށް ކިޔާލަން

22 މެއި 2017

އަހަރެން އެޓްލެޓިކޯގައި މަޑުކުރަން ނިންމައިފިން: ސިމިއޯނީ

22 މެއި 2017
އަހަރެން އެޓްލެޓިކޯގައި މަޑުކުރަން ނިންމައިފިން: ސިމިއޯނީ
16 މެއި 2017

ފްރެންޗް އޯޕަން ޓެނިސް މުބާރާތުގައި ވާދަނުކުރަން ފެޑެރާ ނިންމައިފި

16 މެއި 2017
ފްރެންޗް އޯޕަން ޓެނިސް މުބާރާތުގައި ވާދަނުކުރަން ފެޑެރާ ނިންމައިފި
12 އެޕްރީލު 2017

ވިހި ވިހީގެ ނިޔަލަށް ނިއުގައި މަޑުކުރަން ސެންޓޭ ނިންމައިފި

12 އެޕްރީލު 2017
ވިހި ވިހީގެ ނިޔަލަށް ނިއުގައި މަޑުކުރަން ސެންޓޭ ނިންމައިފި
23 މާރިޗު 2017

މާލޭ ލީގުގެ ކުޅުން އެޕްރީލް ހަތްވަނަ ދުވަހު ފަށަން ނިންމައިފި

23 މާރިޗު 2017
މާލޭ ލީގުގެ ކުޅުން އެޕްރީލް ހަތްވަނަ ދުވަހު ފަށަން ނިންމައިފި
20 މާރިޗު 2017

ފަލަސްތީން ކުޅުނު މެޗުތައް ބަލައިފިން، ބަލިކުރަން އުނދަގޫވާނެ: ރާއްޖޭ ކޯޗު

20 މާރިޗު 2017
ފަލަސްތީން ކުޅުނު މެޗުތައް ބަލައިފިން، ބަލިކުރަން އުނދަގޫވާނެ: ރާއްޖޭ ކޯޗު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު