Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19: ރާއްޖޭގެ ހާލަތު

އިތުރު 101 މީހަކު ކޮވިޑް-19ށް ޕޮޒިޓިވް ވެއްޖެ

ޖުމްލަ ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 1773ށް އަރާފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 31 މެއި 2020 | އާދީއްތަ 17:23
ކޮވިޑް-19ށް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުންދަނީ

ކޮވިޑް-19ށް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުންދަނީ

އިތުރު 101 މީހަކު ކޮވިޑް-19ށް ޕޮޒިޓިވްވެއްޖެ އެވެ.

އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ ހޮނިހިރު ދުވަހުގެރޭގެ ނޫސްވެރިންގެ ބައްދަލުވުމުގެ ފަހުން އާދީއްތަ ދުވަހުގެ ހަވީރު 6:00 އާ ހަމައަށް 101 މީހަކު ޕޮޒިޓިވްވެފައިވާ ކަަމަށެވެ. ބައްޔަށް ފަރުވާދެމުންދާ މީހުންގެ އަދަދަކީ 1313 އެވެ.

އެންމެ ފަހުން ފެނުނު ކޭސްތަކުގެ ތެރޭގައި އެއް ކްލަސްޓަރ އަކަށް ނިސްބަތްވާ 79 ކޭސް އެއް ހިމެނެ އެވެ. ކުރިން ދެނެގަނެވިފައިވާ އެއްވެސް ކްލަސްޓަރ އަކާއި ގުޅުން ނެތް، އިންޑިޕެންޑެންޓް، ކޭސްތަކުގެ އަދަދަކީ 2 އެވެ. އަދި ކޮންޓެއިންމަންޓް ސައިޓްތަކުން 12 ކޭސް އެއް ފެނިފައި ވެއެވެ.

ބައްޔަށް ބޭސްކުރަމުންދާ މީހުންގެ ތެރެއިން 453 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އޭގެ ތެރޭގައި، މި ހިނގަމުންދާ 24 ގަޑި އިރު ތެރޭގައި ބަލިން ފަސޭހަވީ 52 މީހަކު ހިމެނެ އެވެ.

މިހާތަނަށް ރާއްޖެއިން 1773 މީހަކު ކޮވިޑް-19ށް ޕޮޒިޓިވްވެފައިވާ އިރު، ފަރުވާދެމުން ދަނީ 1313 މީހުންނަށެވެ. މިހާތަނަށް މި ބަލީގައި 5 މީހަކު ވަނީ މަރުވެފަ އެވެ. އެކި ފުލޫ ކްލިނިކްތަކުންނާއި އެކްޓިވް ސާމްޕަލް ނެގުމުގެ ތެރެއިން މިހާތަނަށް 24337 ސާމްޕަލެއް ވަނީ ނަގާފަ އެވެ.

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި

14 ޖެނުއަރީ 2017
ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
10 ޖެނުއަރީ 2017

އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި

10 ޖެނުއަރީ 2017
އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު