Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލީގު އަލުން ފެށުން

ޖޫން 11 ގައި ސްޕެނިޝް ލީގު ފަށަން ނިންމައިފި

ޖޫން މަހުގެ އަށްވަނަ ދުވަހުން ފެށިގެން ލީގު ފެށުމުގެ ހުއްދަ ސްޕެއިންގެ ސަރުކާރުން ވަނީ ދިފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 29 މެއި 2020 | ހުކުރު 13:58
ސްޕެނިޝް ލީގުގައި އެއިބާ އާއި ބާސެލޯނާ ބައްދަލުކުރި މެޗުގެ ތެރެއިން

ސްޕެނިޝް ލީގުގައި އެއިބާ އާއި ބާސެލޯނާ ބައްދަލުކުރި މެޗުގެ ތެރެއިން

ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން މެދުކަނޑާލާފައިވާ ސްޕެނިޝް ލީގު ޖޫން މަހުގެ 11 ވަނަ ދުވަހު ފަށަން ނިންމާފައިވާ ކަމަށް ލަލީގާގެ ރައީސް ހާވިއޭ ޓެބާސް ވިދާޅުވެއްޖެ އެވެ.

ލީގު އަލުން ފަށާނެ ތާރީޚެއް ޓެބާސް އިއުލާން ކުރެއްވިއިރު، މީގެ ކުރިން ގައުމާ މުޚާތަބު ކުރައްވަމުން ސްޕެއިންގެ ބޮޑު ވަޒީރު ޕެޑްރޯ ސަންޗޭޒް ވަނީ ޖޫން މަހުގެ އަށްވަނަ ދުވަހުން ފެށިގެން ސްޕެނިޝް ލީގުގެ ކުޅުންވެސް ކުރިއަށް ގެންދެވޭނެ ކަމަށް ވިދާޅުވެފައެވެ.

އެއާއެކު ސްޕެނިޝް ލީގު އަލުން ފެށުމަށް މަޝްވަރާތައް ކުރިއަށް ގެންދިޔައިރު، ޓެބާސް ވިދާޅުވީ ޖޫން މަހުގެ 11 ވަނަ ދުވަހު ލީގު އަލުން ފަށަން މިހާރު ނިންމާފައިވާ ކަމަށެވެ. އެގޮތުން ލީގު އަލުން ފަށާނީ ދަނޑަށް ސަޕޯޓަރުން ނުވައްދައި މެޗުތައް ކުޅޭ ގޮތަށް ކަމަށާއި، މި ސީޒަން ނިންމާ އަންނަ ސީޒަން ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހު ފަށާނެ ކަމަށްވެސް ވިދާޅުވި އެވެ.

ކޮވިޑް-19 އާ ގުޅިގެން މިދިޔަ މާޗު މަހު ސްޕެނިޝް ލީގުގެ ކުޅުން ހުއްޓާލިއިރު، މިހާރު ވަނީ 14 ކުޅުންތެރިން އެކުގައި ތަމްރީނުތައް ހެދުމުގެ ހުއްދަ ކްލަބުތަކަށް ދީފައެވެ.

ސްޕެނިޝް ލީގު އަލުން ފަށަން ތައްޔާރު ވަމުންދާއިރު، ސްޕެއިންގެ ފުރަތަމަ ޑިވިޝަނާއި ދެވަނަ ޑިވިޝަނުގެ ހުރިހާ ކުޅުންތެރިން ވަނީ ކޮވިޑް-19 ށް ޓެސްޓު ކޮށްފަ އެވެ. އެއާއެކު ދެ ޑިވިޝަނުން މީގެ ކުރިން ފަސް ކުޅުންތެރިއަކު ވަނީ ކޮވިޑް-19 ށް ޕޮޒިޓިވްވެފަ އެވެ.

ޖޫން 11 ގައި ސްޕެނިޝް ލީގު އަލުން ފަށާއިރު، އެއްވަނައިގައި އޮތް ބާސެލޯނާ އާއި ދެވަނައިގައި އޮތް ރެއާލް މެޑްރިޑާއި ދެމެދު އޮތީ ދެ ޕޮއިންޓުގެ ފަރަގެކެވެ. ބާސާ އަށް 27 މެޗުން 58 ޕޮއިންޓު ލިބިފައިވާއިރު، ރެއާލަށް ވަނީ 27 މެޗުން 56 ޕޮއިންޓު ލިބިފައެވެ.

އިތުރަށް ކިޔާލަން

04 ޖެނުއަރީ 2017

އެޓޯލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް އައްޑޫގައި ބައްވަނީ!

04 ޖެނުއަރީ 2017
އެޓޯލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް އައްޑޫގައި ބައްވަނީ!
04 ޖެނުއަރީ 2017

ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ

04 ޖެނުއަރީ 2017
ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ

04 ޖެނުއަރީ 2017
މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު