Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކައުންސިލްތަކުގެ އިންތިހާބާއި ގުޅޭ މައްސަލަ

ގާނޫނު އަސާސީގައި އިންތިގާލީ މާއްދާއެއް ހިމަނަން ސުޕްރީމް ކޯޓުން އިސްތިޝާރީ ލަފައެއް ދީފި

އިސްތިޝާރީ ލަފާ ނެރެފައިވަނީ ރައްޔިތުންގެ މަޖިލީހުން އެކަމަށް ސުޕްރީމް ކޯޓުގައި އެދުމުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 29 މެއި 2020 | ހުކުރު 11:49
ސުްޕްރީމް ކޯޓު - ކައުންސިލް އިންތިހާބުގެ މައްސަލައިގައި ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ މައްސަލައިގައި ސުޕްރީމް ކޯޓުން ވަނީ އިސްތިޝާރީ ލަފައެއް ނެރެފައި

ސުްޕްރީމް ކޯޓު - ކައުންސިލް އިންތިހާބުގެ މައްސަލައިގައި ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ މައްސަލައިގައި ސުޕްރީމް ކޯޓުން ވަނީ އިސްތިޝާރީ ލަފައެއް ނެރެފައި

ކައުންސިލަރުންގެ ދައުރު ދިގުދެންމުމާއި ގުޅެގޮތުން ގާނޫނު އަސާސީގައި އިންތިގާލީ މާއްދާއެއް ހިމަނަން ސުޕްރީމް ކޯޓުން އިސްތިޝާރީ ލަފައެއް ދީފިއެވެ.

ސުޕްރީމް ކޯޓުން ނެރުނު އިސްތިޝާރީ ލަފާގައި ބުނެފައިވަނީ، އިސްތިޝްރީ ލަފައަށް އެދި ހުށަހެޅި ފޯމުގައި ބަޔާންކޮށްފައިވާ، ބިލެއްދޫ ދާއިރާގެ މެންބަރު އަހްމަދު ހަލީމް ހުށަހަޅައިގެން ރައްޔިތުންގެ މަޖިލީހުގައި މިހާރު ބަހުސް ކުރެވެމުންދާ ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގައި އިޞްލާޙު ކުރަން މިހާރު ހުށަހަޅާފައިވާ އެ ޤާނޫނުގެ 4 ވަނަ މާއްދާއަށް އިޞްލާޙު ގެނައުމުގެ ބަދަލުގައި އެ ބިލުން ނުވަތަ އެނޫންވެސް ބިލަކުން ޤާނޫނުއަސާސީގެ 231 ވަނަ މާއްދާގެ ނައްސަށް އިޞްލާޙު ގެނެސް، އެގޮތުން ގެނެވޭ އިޞްލާޙު ޤާނޫނުއަސާސީގެ 231 ވަނަ މާއްދާގެ ބައެއްގެ ގޮތުގައި ހިމެނޭ ތާރީޚުން ފެށިގެން ދެން އެންމެ އަވަހަށް ބޭއްވޭ ލޯކަލް ކައުންސިލުތަކުގެ އިންތިޚާބު ބޭއްވެންދެން 3 ޖޫން 2017 ގައި މަގާމާ ހަވާލުވި ކައުންސިލަރުން އެ މަގާމުތަކުގައި ތިބޭނެ ކަމަށް ސަރީހަ ބަހުން ބަޔާންކޮށްގެން މެނުވީ، 4 އެޕްރީލް 2020 ގައި ދިވެހިރާއްޖޭގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ލޯކަލް ކައުންސިލުތަކުގެ އިންތިޚާބު ފަސްކުރަންޖެހުމާ ގުޅިގެން، އެ އިންތިޚާބު ބޭއްވުމަށް ރައްކާތެރި މާހައުލެއް ގާއިމްވެ އާ އިންތިޚާބެއް ބޭއްވުމާ ހަމައަށް ދިމާވާ ޤާނޫނީ ހުސްކަން ޤާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން ފޫބެއްދޭނެ ކަމަށް ހުސްނުއްސުއޫދުގެ ރައުޔުގައި ވިދާޅުވެފައިވެއެވެ. އަދި ހަވާލާދެވުނު ގޮތުގެ މަތިން ޤާނޫނުއަސާސީގެ ނައްސަށް ގެނެވޭ ބަދަލަކީ ހަމައެކަނި ވަގުތީ ބަދަލެއް ކަމަށްވުމުން، ވަގުތީ މާއްދާއެއް ޤާނޫނުއަސާސީގެ އޮޕަރޭޓިވް ބައިގައި ހިމެނުމަކީ، އެންމެ ރަނގަޅު ގޮތެއް ކަމަށް ނުވެ ހިނގައިދާނެ ކަމަށް ބުރަވެވޭނަމަ، ޤާނޫނުއަސާސީގެ 231 ވަނަ މާއްދާގެ ނައްސަށް ބަދަލުގެނައުމުގެ ބަދަލުގައި މި މަގްސަދު ހާސިލުކުރުމަށްޓަކައި ޤާނޫނުއަސާސީގެ 13 ވަނަ ބާބުގެ ފަހަތުގައި ވަކިން އިންތިގާލީ މާއްދާއެއް ހިމެނުމަކީވެސް އެންމެ ރަނގަޅުގޮތެއް ކަމަށް ފެންނަ ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔުގައި ވިދާޅުވެފައިވެއެވެ.

Advertisement - newsAdvertisement

ހުސްނުއްސުއޫދުގެ ރައުޔަށް ސުޕްރީމް ކޯޓުގެ ބާކީ 4 ފަނޑިޔާރުން ވަނީ ތާއިދުކޮށްފައެވެ. ނަމަވެސް ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު، ހުސްނުއްސުއޫދުގެ ރައުޔަށް ތާއިދު ކުރެއްވި ނަމަވެސް ދެ ކަމެއް ވަނީ ފާހަގަކޮށްފައެވެ.

އެގޮތުން ފުރަތަމަ ކަމެއްގެ ގޮތުން ޤާނޫނުއަސާސީގެ 231 ވަނަ މާއްދާއަށް އިޞްލާޙު ގެނައުމުގެ އިތުރުން، މިހާލަތު ކުރިމަތިވުމުން، ޤާނޫނު ނަންބަރު 22/2019 (ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 5 ވަނަ އިސްލާހު ގެނައުމުގެ ޤާނޫނު) ގައި ޤާނޫނުއަސާސީގައި ހިމެނުމަށް ބަޔާންކޮށްފައިވާ މާއްދާތަކަށް ކަންކުރާނެގޮތް ލިޔެފައިވާ، އެ ޤާނޫނުގެ 4 ވަނަ މާއްދާއަށް، ދެން ވެގެންދާނެގޮތާމެދު ރައްޔިތުންގެ މަޖިލީހުން ވަކި ޤާނޫނީ ޙައްލެއް ލިބިދިނުން މުހިންމުކަމުގައި ދެކެވަޑައިގެންނަވާކަމަށް ޝުޖޫން ވަނީ ފާހަގަ ކުރައްވާފައެވެ.

ދެވަނަ ކަމެއްގެ ގޮތުގައި ޝުޖޫން ފާހަގަ ކުރައްވާފައިވަނީ ޤާނޫނުއަސާސީގެ 13 ވަނަ ބާބަކީ މުޅި ޤާނޫނުއަސާސީ މާނަކުރުމާ އެއަށް ޢަމަލުކުރުމާގުޅޭ މާއްދާތަކެއް ހިމަނާފައިވާ ބާބެއްކަމުން، ފަނޑިޔާރު ޙުސްނުއްސުއޫދުގެ ރައުޔުގެ 15 ވަނަ ނުކުތާގައި ފާހަގަކުރައްވާފައިވާގޮތަށް، އެ ބާބުގެ ތެރެއަށް، ވަކި ޚާއްޞަކަމަކާގުޅޭ މާއްދާއެއް ނުވަތަ މާއްދާތަކެއް ހިމެނުމަކީ އެންމެ އެކަށޭނަ ގޮތްކަމާމެދު ސުވާލު އުފެދޭކަމަށެވެ.

އިސްތިޝާރީ ލަފާގެ ނިންމުމުގައި ބުނެފައިވަނީ ކޮވިޑް-19 ރޯގާއާއި ގުޅިގެން ދިވެހިރާއްޖެއަށާއި މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ބަލިމަޑުކަމާއި ގުޅިގެން، އަދި ދިވެހިރާއްޖޭގައި އެ ބަލިމަޑުކަމާ ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކޮށްފައި އޮތުމުގެ ސަބަބުން، 4 އެޕްރީލް 2020 ގައި ދިވެހިރާއްޖޭގައި އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ލޯކަލް ކައުންސިލުތަކުގެ އިންތިޚާބު ފަސްކުރަންޖެހުމާ ގުޅިގެން، އެ އިންތިޚާބު ބޭއްވުމަށް ރައްކާތެރި މާހައުލެއް ގާއިމްވެ އާ އިންތިޚާބެއް ބޭއްވުމާ ހަމައަށް ދިމާވާ ޤާނޫނީ ހުސްކަން ޤާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން ފޫބެއްދޭނެ ޤާނޫނީ ހަމައަކީ ކޮބައިކަމާއި، އަދި، ޤާނޫނުއަސާސީގެ 231 ވަނަ މާއްދާގައި އަތޮޅު ކައުންސިލުތަކާއި، ރަށު ކައުންސިލުތަކާއި ސިޓީ ކައުންސިލުތަކަށް މެންބަރުން އިންތިޚާބުކުރާ ގޮތް ބަޔާންކޮށްފައިވާއިރު، އެ މާއްދާ އިޞްލާޙު ކުރުމެއް ނެތި، ޤާނޫނު ނަންބަރު 22/2019 (ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) ގެ 4 ވަނަ މާއްދާއަށް ރައްޔިތުންގެ މަޖިލީހުން އިޞްލާޙު ގެނެސް، މިހާރު އިންތިޚާބުވެފައި ތިބި އަތޮޅު ކައުންސިލުތަކާއި، ރަށު ކައުންސިލުތަކާއި ސިޓީ ކައުންސިލުތަކުގެ މެންބަރުން އެމީހުންގެ މަގާމުގައި ދެމިތިބޭނެ ކަމަށް ކަނޑައެޅުމުން ކުރިމަތި ވެދާނެ ޤާނޫނީ މައްސަލަތަކާ ގުޅޭ ގޮތުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 95 ވަނަ މާއްދާގެ ދަށުން ސުޕްރީމް ކޯޓުގެ އިސްތިޝްރީ ލަފައެއް ހޯދުމަށް ރައްޔިތުންގެ މަޖިލީހުން ސުޕްރީމް ކޯޓުގައި އެދުނު ހިނދު، މި ކަންކަމާ ގުޅިގެން ޖުމްލަ ގޮތެއްގައި ސުޕްރީމް ކޯޓުގެ ލަފައަކީ ޤާނޫނު ނަންބަރު 22/2019 (ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގައި އިޞްލާޙު ކުރަން މިހާރު ހުށަހަޅާފައިވާ އެ ޤާނޫނުގެ 4 ވަނަ މާއްދާއަށް އިޞްލާޙު ގެނައުމުގެ ބަދަލުގައި އެ ބިލުން ނުވަތަ އެނޫންވެސް ބިލަކުން ޤާނޫނުއަސާސީގެ 231 ވަނަ މާއްދާގެ ނައްސަށް އިޞްލާޙު ގެނެސް، ނުވަތަ ޤާނޫނުއަސާސީގެ 231 ވަނަ މާއްދާގެ ނައްސަށް ބަދަލުގެނައުމުގެ ބަދަލުގައި އެ މަގުސަދު ހާސިލުކުރުމަށްޓަކައި ގާނޫނު އަސާސީގެ 13 ވަނަ ބާބުގެ ފަހަތުގައި ވަކިން އިންތިގާލީ މާއްދާއެއް ހިމެނިދާނެކަމަށެވެ.

އެގޮތުން ގެނެވޭ އިސްލާހު ގާނޫނު އަސާސީގެ ބައެއްގެ ގޮތުގައި ހިމެނޭ ތާރީހުން ފެށިގެން ދެން އެންމެ އަވަހަށް ބޭއްވޭ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވެންދެން 3 ޖޫން 2017 ގައި މަގާމާ ހަވާލުވި ކައުންސިލަރުން އެ މަގާމުތަކުގަ ތިބޭނެ ކަމަށް ސަރީހަ ބަހުން ބަޔާން ބަޔާންކޮށްގެން މެނުވީ، 4 އެޕްރީލް 2020 ގައި ދިވެހިރާއްޖޭގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ލޯކަލް ކައުންސިލުތަކުގެ އިންތިޚާބު ފަސްކުރަންޖެހުމާ ގުޅިގެން، އެ އިންތިޚާބު ބޭއްވުމަށް ރައްކާތެރި މާހައުލެއް ގާއިމްވެ އާ އިންތިޚާބެއް ބޭއްވުމާ ހަމައަށް ދިމާވާ ޤާނޫނީ ހުސްކަން ޤާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން ފޫބެއްދޭނެ ކަމަށް ނުފެންނަ ކަމަށް ލަފާގައި ބުނެފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ޔާމީނަށް ދިގު މުއްދަތަކަށް ވެރިކަމުގައި ހުންނެވޭނެ ގޮތަށް ގާނޫނުތައް ބަދަލުކުރުމުގެ އިޝާރާތެއް!

ރައީސް ޔާމީނަށް ދިގު މުއްދަތަކަށް ވެރިކަމުގައި ހުންނެވޭނެ ގޮތަށް ގާނޫނުތައް ބަދަލުކުރުމުގެ އިޝާރާތެއް!

27 ފެބުރުއަރީ 2017
ކޮރަޕްޓް ފަނޑިޔާރުން ގާނޫނުގެ ކުރިމައްޗަށް ގެނެވޭނެ ގޮތް ހަދަންޖެހޭ: ރިޔާޒު

ކޮރަޕްޓް ފަނޑިޔާރުން ގާނޫނުގެ ކުރިމައްޗަށް ގެނެވޭނެ ގޮތް ހަދަންޖެހޭ: ރިޔާޒު

14 ފެބުރުއަރީ 2017
ގާނޫނު އަސާސީގައި ރައީސް ޔާމިން މުގުރާނުލާ އެންމެ ބާބެއްވެސް ނެތް:ފައްޔާޒް

ގާނޫނު އަސާސީގައި ރައީސް ޔާމިން މުގުރާނުލާ އެންމެ ބާބެއްވެސް ނެތް:ފައްޔާޒް

14 ފެބުރުއަރީ 2017
އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު

އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު

13 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!

ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!

09 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

19 ޖެނުއަރީ
ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު
20251 އަހަރު ކުރިން
ރާއްޖެ

ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟
20242 އަހަރު ކުރިން
މީހުން

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!
20233 އަހަރު ކުރިން
ކުޅިވަރު

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!
20224 އަހަރު ކުރިން
ރާއްޖެ

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު
20215 އަހަރު ކުރިން
ރާއްޖެ

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން
20197 އަހަރު ކުރިން
ރިޕޯޓު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު