Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޞިއްޙީ ޚިދުމަތްތެރިންނަށް ޙަމަލާ ދިނުން

ޞިއްޙީ ޚިދުމަތްތެރިންނަށް އަމާޒުކޮށް 200ށް ވުރެ ގިނަ ޙަމަލާ ދީފައިވޭ: ރެޑް ކްރޮސް

މަރޗު މަހުން ފެށިގެން މިހާތަނަށް ޞިއްޙީ ޚިދުމަތްތެރިންނަށް 208 ޙަމަަލާއެއް ދީފައިވޭ

ޒިހްނަތު ހަސަން
ޒިހްނަތު ހަސަން, ރާއްޖެ އެމްވީ | 28 މެއި 2020 | ބުރާސްފަތި 13:43
ޞިއްޙީ ޚިދުމަތްތެރިން ތަކެއް އައިސީޔޫއަށް ވަންނަން ތައްޔާރުވަނީ: އަމިއްލަ ފުރާނައަށް ބެލުމެއް ނެތި ޞިއްހީ ޚިދުމަތްތެރިން ކުރަމުން ގެންދާ މަސައްކަތައް ތައުރީފު ޙައްޤު

ޞިއްޙީ ޚިދުމަތްތެރިން ތަކެއް އައިސީޔޫއަށް ވަންނަން ތައްޔާރުވަނީ: އަމިއްލަ ފުރާނައަށް ބެލުމެއް ނެތި ޞިއްހީ ޚިދުމަތްތެރިން ކުރަމުން ގެންދާ މަސައްކަތައް ތައުރީފު ޙައްޤު

ކޮވިޑް-19ގެ މި ޙާލަތުގައި ކުރީ ސަފުގައި ޙަރަކާތްތެރިވަމުންދާ ޞިއްޙީ ޚިދުމަތްތެރިންނަށް އެކި ބާވަތުގެ 200ށް ވުރެ ގިނަ ޙަމަލާ ދީފައިވާ ކަމަށް އިންޓަރނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސް (އައިސީއަރްސީ) އިން ބުނެފި އެވެ.

ކޮވިޑް-19ގެ މި ޙާލަަތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އައިސީއާރްސީގެ ދައުރާއި އަދި ކުރަމުންދާ މަސައްކަތްތަކާއި، ހުރި ގޮންޖެހުންތައް، އދ ގެ ސަލާމަތީ މަޖިލީހުގައި ހިއްސާ ކުރައްވަމުން އެ ޖަމާއަތުގެ ރައީސް ޕީޓަރ މޯރަރ ވިދާޅުވީ، މިިދިޔަ މަރޗް މަހުން ފެށިގެން މިހާތަނަށް އާއިރު ޞިއްހީ ޚިދުމަތްތެރިންނަށް ޢަމާޒުކޮށް 208 ޙަމަލާއެއް ދީފައިވާކަން ރިކޯޑު ކުރެވިފައިވާ ކަމަށެވެ.

ޕީޓަރ ވިދާޅުވީ 13 ޤައުމަކުން ޞިއްހީ ޚިދުމަތްތެރިންނަށް ޙަމަލާ ދިނުމުގެ އިތުރުން ފުރައްސާރަ ކުރުމާއި، ޞިއްހީ އިދާރާތަކަށް ޙަމަލާ ދިނުމުގެ މައްސަލަތައް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އެގޮތުން، އެފްރިކާ، އޭޝިޔާ ޕެސިފިކް، މެދުއިރުމަތި، އަދި އެމެރިކާ ޞަރަޙައްދުގެ ޤައުމުތަކުން މި ފަދަ މައްސަލަ ރިކޯޑު ކުރެވިފައިވާ ކަމަށާއި، ރިޕޯޓު ނުކުރެވިވެސް މިފަދަ އެތައް ކަމެއް ހިނގާނެކަމަށް ޤަބޫލުފުޅު ކުރައްވާ ކަމުގަ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ޞިއްހީ ޚިދުމަތްތެރިންގެ އެންމެ ބޭނުން ޖެހިފައިވާ މި ދަނޑިވަޅުގައި އެ ފަރާތްތަކުގެ އަގު ވަޒަން ކުރުމުގެ ބަދަލުގައި، ގޯނާކޮށް ފުރައްސާރަކޮށް، ޖިސްމާނީ އަދި ނަފުސާނީ އަނިޔާ ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

މީގެ އިތުރުން ބައެއް ޤައުމުތަކުގައި ޚިދުމަތްދޭ ތަންތަނަށް ވަދެ އެތަންތަން ރޯކޮށްލާ، އެތާނގައި މަސައްކަތް ކުރައްވާ ޚިދުމަތްތެރިންނަށް އަނިޔާކޮށް ބިރު ދެއްކުން ފަދަ ރިޕޯޓުތައް އައިސީއާރްސީއަށް ރިޕޯޓު ކުރެވިފައިވާ ކަމަށް ވެސް ޕީޓަރ ވިދާޅުވި އެވެ. އެގޮތުން މިހާތަނަށް ރިޕޯޓު ކުރެވިފައިވާ މައްސަލަތަކުގެ ތެރެއިން %23 އަކީ ޖިސްމާނީ ގޮތުން ދިން ޙަމަލާތައް ކަމަށާއި، %20 ޙަމަލާތަކަކީ ތަފާތުކުރުންތަކުގެ ތެރެއިން ދީފައިވާ ޙަމަލާތައް ކަމަށެވެ. އިތުރު ޙަމަލާތަކުގެ ތެރޭގައިި ފުރައްސާރަކުރުމުގެ ބަހުގެ ޙަމަލަތަކާއި ބިރު ދެއްކުން ފަދަ ނުރައްކާތެރި ޢަމަލުތައް ހިމެނޭ ކަމަށް ޕީޓަރ ވިދާޅުވެފައި ވެއެވެ.

ބުދަ ދުވަހުގެ ބައްދަލުވުމުގައި އައިސީއާރްސީއާއި ބައިނަލްއަޤުވާމީ ކަމާއި ގުޅުން ހުރި ޖަމާޢަތްތަކުން ވަނީ ގުޅިފައިވާ ޤަރާރެއް ނެރިފަ އެވެ. މި ޤަރާރުގައި ކޮވިޑް-19 ގެ އެކި ޙާލަތްތަކުގައި ޙަަރަކާތްތެރި ވަމުންދާ ޚިދުމަތް ތެރިންނަށް ހިތްވަރުދީ، އެ ފަރާތްތަކުގެ މަސައްކަތްތަކަށް ތަޢުރީފު ކޮށްފަ އެވެ. އަދި ޚިދުމަތްތެރިންނަށް ދެމުންގެންދާ އަނިޔާތަކާއި، ޙަމަލާތައް ހުއްޓާލާ، މަސައްކަތުގައި އެހީތެރިކަން ފޯރުކޮށް ދިނުމަށް ސަރުކާރުތަކަށާއި ވަކި ވަކި ފަރުދުންނަށް ގޮވާލާފައި ވެއެވެ. ވަކިން ޚާއްޞަކޮށް، ޞިއްޙީ ޚިދުމަތްތެރިންގެ ޙައްޤުތައް ހިމާޔަތްކޮށް ރައްކާތެރިކަން ކަށަވަރު ކުރުމަށް ޤަރާރުގައި ގޮވާލާފައި ވެއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އެމެރިކާގެ އައިސީއީން ހިންގި ބޮޑު ގޭންގް އޮޕަރޭޝަނެއްގައި 1000 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފި

އެމެރިކާގެ އައިސީއީން ހިންގި ބޮޑު ގޭންގް އޮޕަރޭޝަނެއްގައި 1000 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފި

12 މެއި 2017
އިނގިރޭސިވިލާތުން އައިއެސްއަށް 200 އަށްވުރެ ގިނަ ހަމަލާ ދީފި

އިނގިރޭސިވިލާތުން އައިއެސްއަށް 200 އަށްވުރެ ގިނަ ހަމަލާ ދީފި

16 އެޕްރީލު 2017
ކާބުލްގައި ހުންނަ އެންމެ ބޮޑު އަސްކަރީ ހޮސްޕިޓަލަށް ދިން ހަމަލާއެއްގައި 30 އަށްވުރެ ގިނަ މަރު

ކާބުލްގައި ހުންނަ އެންމެ ބޮޑު އަސްކަރީ ހޮސްޕިޓަލަށް ދިން ހަމަލާއެއްގައި 30 އަށްވުރެ ގިނަ މަރު

08 މާރިޗު 2017
ޕާކިސްތާނު މަތިންދާ ބޯޓަކަށް ގޮނޑިއަށް ވުރެ ގިނައިން ފަސިންޖަރުން އެރުވި މައްސަލަ ބަލަނީ

ޕާކިސްތާނު މަތިންދާ ބޯޓަކަށް ގޮނޑިއަށް ވުރެ ގިނައިން ފަސިންޖަރުން އެރުވި މައްސަލަ ބަލަނީ

25 ފެބުރުއަރީ 2017
މޮގަދިޝޫގައި  ބޮމެއް ގޮއްވާލައި ވިއްސަށް ވުރެ ގިނަ މީހުން މަރާލައިފި

މޮގަދިޝޫގައި ބޮމެއް ގޮއްވާލައި ވިއްސަށް ވުރެ ގިނަ މީހުން މަރާލައިފި

19 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

13 މާރިޗު
އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!
20251 އަހަރު ކުރިން
ރިޕޯޓު

އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ
20215 އަހަރު ކުރިން
ރިޕޯޓު

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ

އައިޝާގެ ޖަވާބުން ފުދިއްޖެ!
20197 އަހަރު ކުރިން
ރިޕޯޓު

އައިޝާގެ ޖަވާބުން ފުދިއްޖެ!

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު