Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކައުންސިލްތަކުގެ ގާނޫނީ ހުސްކަން

ސަރުކާރުގެ ފަރާތުން ގާނޫނޫ އަސާސީ އަށް ހުށައެޅި އިސްލާހު ބަލައިގެންފި

ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފަޔަކަށް އެދުމަށްވެސް ފާސްކުރި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 27 މެއި 2020 | ބުދަ 18:35
ރައްޔިތުންގެ މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާގެ ތެރެއިން: މިހާލަތުގައި ގާނޫނުއަސާސީ އިސްލާހު ކުރުމާމެދު މެމްބަރުންގެ މެދުގައި ވަނީ ހިޔާލު ތަފާތުވުން އުފެދިފައި

ރައްޔިތުންގެ މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާގެ ތެރެއިން: މިހާލަތުގައި ގާނޫނުއަސާސީ އިސްލާހު ކުރުމާމެދު މެމްބަރުންގެ މެދުގައި ވަނީ ހިޔާލު ތަފާތުވުން އުފެދިފައި

މިހާރު ހިނގަމުންދާ ލޯކަލް ކައުންސިލްތަކުގެ ދައުރު އަންނަ ޖޫން މަހުގެ ތިން ވަނަ ދުވަހަށް ހަމަވާތީ، އަންނަ ގާނޫނީ ހުސްކަން ނައްތާލުމަށްޓަކަައި، ގާނޫނުއަސާސޫއަށް ގެންނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަފައިވާ އިސްލާހު ބަލައިގަނެ، ދިރާސާކުރުމަށް ކޮމެޓީއަށް ފޮނުވައިފި އެވެ.

ސަރުކާރުގެ ފަރާތުން ބިލަތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމު، ޤާނޫނު ނަންބަރު 22/2019 (ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ޤަނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު ރައްޔިތުންގެ މަލީހަން ބަލައިގަންނަން ފާސްކޮށްފައިވަނީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 60 މެމްބަރުންގެ އިއްތިފާގުން ނެވެ.

މެމްބަރުން ބޭނުންފުޅުވި ގޮތަށް މުޅި މަޖިލީހުގެ ކޮމިޓީ އަށް މި ބިލު ދިރާސާކުރަން ފޮނުވުމަށް ވަނީ ފާސް ކުރެވިފަ އެވެ. މި ހުށައެޅުން ފާސްކުރި ވޯޓުގައި ބައިވެރިވި 61 މެމްބަރުންގެ އިއްތިފާގުންނެވެ.

މިބިލަކީ، މިދިއަ އޭޕްރީލް މަހުގެ 6 ވަނަ ދުވަހު ސަރުކާރުން ހުށައެޅި ބިލެކެވެ. މި ބިލާއި މެދު ސުވާލު އުފެދިފައިވާތީ މީގެ ކުރިންވެސް މަޖިލީހުން ބަހުސްކޮށްފައި ވެއެވެ. ނަމަވެސް ބިލް ރަސްމީކޮށް މަޖިޅީހުގެ ތަޅުމަށް ހުށަހަޅުއްވާފައިވަނީ މިމަހުގެ 26 ވަނަ ދުވަހު އެވެ. އެގޮތުން އަންގާރަ ދުވަހާއި ބުދަ ދުވަހުގެ ޖަލްސާގައިވެސް އެބިލާއިމެދު ގިނަ މެމްބަރުން ބަހުސްކުރައްވާފައިވާއިރު، މަޖިލީހުގެ މެމްބަރުންގެ މެދުގައި ވަނީ ހިޔާލު ތަފާތުވުންތަކެއް އުފެދިފަ އެވެ.

ލޯކަލް ކައުންސިލްތަކުގެ ދައުރު ދިގުކުރުމާ ގުޅޭގޮތުން، އެޓާރނީ ޖެނެރަލް އިބްރާހީމް ރިފްއަތު މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީއަށް ލަފާ ދެއްވީ، ލާމަރުކަޒީ އުޞޫލުން ކައުންސިލްތައް ހިންގުމަށްޓަކައި ޤާނޫނުއަސާސީގެ 8 ވަނަ ބާބުގައި ތަރުތީބުކޮށް، ތަންޒީމުކޮށްފައިވާ އުޞޫލުތަކާއި އިޖުރާޢަތުތަކާ ޚިލާފު ނުވުމަށެވެ. އަދި 2020 އަހަރުގެ ޖޫން މަހުގެ 3 ވަނަ ދުވަހުގެ ކުރިން ލޯކަލް ކައުންސިލްތަކަށް މެންބަރުން އިންތިޚާބު ނުކުރެވިއްޖެނަމަ މެދުވެރިވާ ޤާނޫނީ ހުސްކަން ފޫބެއްދުމަށް، އަދި ލާމަރުކަޒީ އުޞޫލުން ކަންކަން ހިންގުމަށްޓަކައި ޤާނޫނުއަސާސީގެ 8 ވަނަ ބާބުގެ ރޫޙާއި، މަޤްޞަދު ޙާޞިލުކުރުމަށްޓަކައި ޢަމަލު ކުރެވެން އޮތްގޮތަކީ ޤާނޫނުއަސާސީގެ 5 ވަނަ އިޞްލާޙުގެ ގެނައުމުގެ ޤާނޫނު އިޞްލާޙު ކުރުން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާފައިވާ އެ ބިލުގައިވާ ފަދައިން އެ ޤާނޫނުގެ 4 ވަނަ މާއްދާ އިޞްލާޙުކޮށް، ލޯކަލް ކައުންސިލްތަކަށް އާ މެންބަރުން އިންތިޚާބު ކުރެވެންދެން މިހާރު ކައުންސިލްތަކުގައި ތިބި މެންބަރުން އެ މަޤާމުތަކުގައި ދެމި ތިބެވޭނެކަމަށް ކަނޑައެޅުން ކަމުގައި ފެންނަ ވާހަކަ ދަންނަވާ ކަމަށް އެޓަރނީ ޖެނަރަލް ރިފްއަތު މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީއަށް ފޮނުވާފައިވާ ލަފާފުޅުގައި ވިދާޅުވެފައި ވެއެވެ.

އެޓާރނީ ޖެނެރަލްގެ ލަފާދެއްވީ، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ހުށަހަޅުއްވާފައިވާ "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުން ކަށަވަރު ކުރުމުގެ ޚާއްޞަ ބިލު 2020" ލާމަރުކަޒީ ކޮމެޓީން ދިރާސާ ކުރުމުން ދިޔައިރު އެ ކޮމެޓީން ބޭނުންވެގެންނެވެ. މަޖިލީހުގެ ކައުންސެލް ޖެނެރަލް ވެސް ލަފާދެއްވީ އެގޮތަށެވެ.

ކޮވިޑް-19ގެ މިހާލަތުގައި ގާނޫނުއަސާސީ އިސްލާހުކުރުމާއި، ހަސަން ލަތީފް ހުށަހަޅުއްވާފައިވާ، ލާމަރުކަޒީ "ސަންސެޓް ބިލް" އާމެދު މަޖިލީހުގެ މެމްބަރުންގެ މެދުގައި ވަނީ ބޮޑެތި ހިޔާލު ތަފާތުވުންތަކެއް އުފެދިފަ އެވެ.

މިކަމާއި، ގުޅިގެން މަޖިލީހުން ބުދަ ދުވަހުގެ ރޭ ބޭއްވި ޖަލްސާއިން ވަނީ މިކަމުގައި އިސްތިޝާރީ ލަފަކަށް ސުޕްރީމް ކޯޓުގައި އެދުމަށް ވެސް ފާސްކޮށްފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ

ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ

24 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ

ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 އެޕްރީލު
ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް
20251 އަހަރު ކުރިން
ރާއްޖެ

ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"
20233 އަހަރު ކުރިން
ކުޅިވަރު

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް
20224 އަހަރު ކުރިން
ރާއްޖެ

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!
20188 އަހަރު ކުރިން
ރިޕޯޓު

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު