Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކައުންސިލްތަކުގެ ދައުރު ދިގު ދައްމާލުން

ކައުންސިލްތަކުގެ ދައުރު ދިގު ދަންމާލުމުގެ މައްސަލާގައި އެންމެ ފަހުން ސުޕްރީމް ކޯޓުގެ ލަފަޔަކަށް

ގާނޫނުއަސާސީއަށް ހުށަހެޅިފައިވާ އިސްލާހުގެ ބިލު ސަރުކާރުން ހުށަހެޅިގޮތަށް ފާސްކުރުމަށް ވަނީ އެމްޑީޕީން ވަނީ ނިންމާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 27 މެއި 2020 | ބުދަ 08:21
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ނުބޭއްވި މިހާރު ތިބި ކައުންސިލްތަކުގެ ދައުރު ދަންމާލުމުގެ މައްސަލައިގައި ދެން ލަފައަކަށް އެހެން އޮތީ ސުޕްރީމް ކޯޓުން ކަމަށް މަޖިލީހުގެ ރައީސް އަދި ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާގައި ކައުންސިލްތަކުގެ ދައުރު އިތުރުކުރަން ޤާނޫނުއަސާސީއަށް ހުށަހެޅިފައިވާ އިޞްލާޙުގެ ބިލުގެ ބަހުޘްގައި އެމްޑީޕީގެ ބައެއް މެންބަރުން ވަނީ މިކަމުގައި ޤާނޫނުއަސާސީއަށް ބަދަލު ގެނެސްގެން މިކަން ކުރަން ނުފެންނަ ކަމަށް ވިދާޅުވެފަ އެވެ. އަދި ވަކިން ޚާއްޞަކޮށް މިފަދަ ދަނޑިވަޅެއްގައި ރައްޔިތުންގެ މަޖިލިސް އެއްވެ މިކަން ކުރަން އުޅުމާ ދެކޮޅަށް އެމްޑީޕީގެ ބައެއް މެންބަރުން ވަނީ ވާހަކަ ދައްކަވާފަ އެވެ.

ނަމަވެސް މިކަމުގައި ޤާނޫނުއަސާސީއަށް ހުށަހެޅިފައިވާ އިޞްލާޙުގެ ބިލު ސަރުކާރުން ހުށަހެޅިގޮތަށް ފާސްކުރަން, ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ ޕަރލިމެންޓްރީ ގްރޫޕުން ވަނީ އަންގާރަ ދުވަހުގެ ރޭ ނިންމާފަ އެވެ. އެހެން ނިންމާފައިވީ ނަމަވެސް އެމްޑީޕީ މެންބަރުން ވަނީ އެ ނިންމުމާ ދެކޮޅަށް ވާހަކަ ދައްކަވާފަ އެވެ.

މިކަމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވިދާޅުވީ ޤާނޫނީ ލަފާ ދެން ހޯދެން އޮތް ތަނަކީ ސުޕްރީމް ކޯޓު ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ސުޕްރީމް ކޯޓުގެ ލަފައަކަށް އެދުމުގެ ކަންކަން ކުރިއަށް ގެންދަންޖެހޭނީ މެންބަރުން ޤާނޫނުގައި ބުނެފައިވާ ގޮތަށް ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ލަފައެއް ހޯދައިގެން މިކަމުގައި ވަގުތީ ޙައްލެއް ހޯދިދާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

މީގެ އިތުރުން މަޖިލިސް ފައްޓަވަމުން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ޤާނޫނުއަސާސީގެ 231 ވަނަ މާއްދާގެ (ހ)ގައި ކައުންސިލަރުން އިންތިޚާބު ކުރަން ޖެހޭނީ ރައްޔިތުންގެ ސިއްރު ވޯޓަކުންކަމަށް ބަޔާން ކޮށްފައިވާ ކަމަށެވެ. އަދި މުއްދަތު އިތުރު ކުރުމަށް ޤާނޫނުއަސާސީއަށް އިޞްލާޙު ގެންނަނީ މި މާއްދާ އެގޮތަށް އޮށްވާކަން ރައީސް ނަޝީދު ފާހަގަކުރެއްވި އެވެ.

ރައީސް ނަޝީދު ވިދާޅުވީީ ޤާނޫނުއަސާސީ އިޞްލާޙުކޮށް ނިމޭއިރު އަދި ޤާނޫނުއަސާސީ ގައި މުއްދަތު އިތުރުކުރާ އިތުރު މާއްދާއެއް 231 ވަނަ މާއްދާގެ (ހ) ވާ ކަމަށެވެ. އަދި ޤާނޫނުއަސާސީގެ އެއް މާއްދާ އަނެއް މާއްދާ އާ ފުށުއަރާގޮތަށް ނުބޭއްވޭނެ ކަމަށް ވިދާޅުވި އެވެ.

އިތުރަށް ކިޔާލަން

21 ފެބުރުއަރީ 2017

ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން، ގާޒީ މަރިޔަމްގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް ނެތް: ޖޭއެސްސީ

21 ފެބުރުއަރީ 2017
ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން، ގާޒީ މަރިޔަމްގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް ނެތް: ޖޭއެސްސީ
02 ފެބުރުއަރީ 2017

ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި

02 ފެބުރުއަރީ 2017
ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި
30 ޖެނުއަރީ 2017

ކާނަލް ނާޒިމް މައްސަލާގައި އދ. ގެ ނިންމުން ބަލައެއް ނުގަންނަން: ސަރުކާރު

30 ޖެނުއަރީ 2017
ކާނަލް ނާޒިމް މައްސަލާގައި އދ. ގެ ނިންމުން ބަލައެއް ނުގަންނަން: ސަރުކާރު
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
26 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް

26 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު