Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކައުންސިލްތަކުގެ ގާނޫނީ ހުސްކަން

ކައުންސިލްތަކުގެ ގާނޫނީ ހުސްކަން: ލާމަރުކަޒީ "ސަންސެޓް ބިލް"ށް 9 ހުށަހެޅުމެއް!

ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް މެމްބަރުންގެ މެދުގައި ހިޔާލު ތަފާތުވުންތައް އެބަހުރި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 26 މެއި 2020 | އަންގާރަ 11:54
ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް: މިހާލަތުގައި ގާނޫނުއަސާސީ އިސްލާހު ކުރަން ވަރަށް ބޮޑަށް ދެކޮޅު ހައްދަވާ، އަދި ގާނޫނީ އެހެން ހައްލެއް ހޯއްދެވުމަށް ވެސް ގިނަ މަ

ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް: މިހާލަތުގައި ގާނޫނުއަސާސީ އިސްލާހު ކުރަން ވަރަށް ބޮޑަށް ދެކޮޅު ހައްދަވާ، އަދި ގާނޫނީ އެހެން ހައްލެއް ހޯއްދެވުމަށް ވެސް ގިނަ މަ

އަންނަ ޖޫން މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް މިހާރު ހިނގަމުންދާ ލޯކަލް ކައުންސިލްތަކުގެ ދައުރު ހަމަވާތީ، ކައުންސިލްތަކަށް ދިމާވާ ޤާނޫނީ ހުސްކަމަށް ހައްލެއް ގެނައުމަށް ހުށަހަޅާފައިވާ، ލާމަރުކަޒީ "ސަންސެޓް ބިލް"ށް 9 ހުށަހެޅުމެއް ހުށަހަޅުއްވާފައިވާނެ ކަމަށް އެބިލު ހުށަހެޅުއްވި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ، ޤާނޫނުއަސާސީގެ 5 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުޘް ކުރައްވަމުން ހަސަން ލަތީފް ތަކުރާރުކޮށް ވިދާޅުވީ، މިހާލަތުގައި ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމަކީ އެއްގޮތަކަށް ވެސް ގަބޫލު ކުރެއްވޭނެ ހާލެއް ނޫން ކަމަށެވެ. އެގޮތުން އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުން މަޖިލީހުގެ ޖަލްސާތައް ބޭއްވުމަށް މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ކުރެއްވި މަސައްކަތްޕުޅުތަކާއި މަޖިލީހުގެ އިދާރާއިން ކުރަންޖެހުނު މަސައްކަތްތާއި، އަދި އަންގާރަ ދުވަހުގެ ޖަލްސާ މަޖިލީހުގެ އިދާރާގައި ބާއްވާއިރު، މެންބަރުން ބަހުޘް ކުރަންޖެހިފައިވާ ހާލަތަކީ ވެސް، ޤާނޫނުއަސާސީއަށް އިސްލާހު ގެންނަންޖެހޭ ހާލަތެއް ނޫންކަން ގަބޫލު ކުރަންޖެހޭ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން ހަސަން ލަތީފް ވިދާޅުވީ ޤާނޫނުއަސާސީ އިސްލާހު ނުކޮށްވެސް މިހާރު ހިނގަމުންދާ ލޯކަލް ކައުންސިލްތަކުގެ މުއްދަތު ހަމަވާއިރު، އިންތިޚާބު ބާއްވައި އާ ކައުންސިލްތަކެއް އިންތިޚާބު ނުކުރެވޭނެތީ، އިންތިޚާބު ބޭއްވެންދެން އިންތިޤާލީ އިންތިޒާމުތަކެއް ހަމަޖެއްސޭނެ އުސޫލިުތަކެއް ރައްޔިތުންގެ މަޖިލީހުން ކަނޑައެޅޭނެ ކަމަށެވެ. އެއީ ޤާނޫނަކުން ކުރެވިދާނެ ކަމެއް ކަމަށާއި، އަދި މިއީ ޤާނޫނުއަސާސީއާ ޚިލާފު ކަމެއްކަމަށް ގަބޫލު ނުކުރައްވާ ކަމަށްވެސް ހަސަން ލަތީފް ވިދާޅުވި އެވެ.

ހަސަން ލަތީފް ވަނީ އޭނާ، މަޖިލީހަށް ހުށަހަޅުއްވާފައިވާ، އަދި މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީން ދިރާސާކުރުމުގެ މަރުހަލާގައި އޮތް، "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްޞަ ބިލު 2020" އަށް 9 ހުށަހެޅުމެއް ވެސް ހުށަހަޅުއްވާފަ އެވެ.

ލާމަރުކަޒީ ސަންސެޓް ބިލަށް ހަސަން ލަތީފް އިތުރު ހުށަހެޅުއްވުންތަކެއް ހުށަހަޅުއްވާފައި ވާއިރު، އެބިލަކީ ޤާނޫނުއާސާސީއާ ޚިލާފު ބިލެއް ކަމަށް ބައެއް މެންބަރުން ވިދާޅުވެއެވެ. ކައުންސިލްތަކުގެ ދައުރު ދިގު ދައްމާލެވޭނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 5 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހު ގެނައުމުގެ ބިލު ފާސްކޮށްގެން ކަމަށް ވިދާޅުވެ، އެޓަރނީ ޖެނެރަލް އިބްރާހީމް ރިފްއަތު އަދި މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ވެސް ވަނީ މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީއަށް ވަނީ ލަފާ ދެއްވާފަ އެވެ.

ލާމަރުކަޒީ ސަންސެޓް ބިލަށް ހަސަން ލަތީފް ހުށަހަޅުއްވާފައިވާ މައިގަނޑު ހުށަހެޅުންތައް:

1. މިހާރު ތިބި ކައުންސިލަރުންގެ ތެރެއިން ސަންސެޓް ޤާނޫނުގައި ކަނޑައެޅޭ ޝަރުތުތަކާ އެއްގޮތަށް ކައުންސިލްތަގައި ތިއްބަވަން ބޭނުންވަނީ ކޮން ކައުންސިލަރުންނެއް ތޯ ބެއްލެވުމާއި، އެމަސައްކަތުގައި ދެމިތިބުމަށް ބޭނުންވާ އަދި ބޭނުންނުވާ ކައުންސިލަރުންނަކީ ކޮބައިކަން ދެނެގަތުން މުހިއްމު

2. މިއީ އިންތިގާލީ އިންތިޒާމުތަކެއް ހަމަޖެއްސުމުގެ ގޮތުން ހަދާ ޤާނޫނަކަށް ވާތީ، މިހާރު ތިބި ކައުންސިލްތަކުން ކުރަންޖެހޭނެ ކަންތައްތަކާއި ކޮށްގެންނުވާނެ ކަންކަން ބަޔާން ކުރުން މުހިއްމު.

3. ދައުލަތުގެ ފައިސާއާ މުދާ ބޭނުންކުރެވޭނެ އުސޫލުތަކާއި ހަމަތައް ކަނޑައަޅައި، އެކަންކުރާނެ ގޮތުގެ ގައިޑްލައިނެއް ޤާނޫނުގެ ތެރެއިން ކަނޑައެޅުން. އަދި ކައުންސިލްތަކުގެ އިހުތިޞާސްގެ ތެރޭގައި ހިމެނޭ ކަންކަމާމެދު އަމަލުކުރާނެ އުސޫލެއް މި ޤާނޫނުގެ ތެރެއިން ކަނޑައެޅިގެން ދިއުން.

4. މި މުއްދަތުގައި ކައުންސިލްތަކުން މަސައްކަތް ކުރާނެ ގޮތުގެ ސްޓޭންޑިންގ އޮޕަރޭޓިންގ ޕްރޮސީޖަރ (އެސްއޯޕީ) އެއް އެކުލަވާލައި، އެ ޕްރޮސީޖަރާ އެއްގޮތަށް އަމަލުކުރަން މި ޤާނޫނުން ލާޒިމު ކުރުން.

5. އެކަމެއް ތަންފީޒު ކުރުމުގެކުރިން ސަރުކާރުން ހުއްދަ ހޯދަންޖެހޭ ކަންކަން ބަޔާންކޮށް، އެކަންކަން އެމޭރުމުން ކައުންސިލްތަކުގެ ތިއްބަވާ ބޭފުޅުންނަށް މި ޤާނޫނުން ލާޒިމު ކުރުން.

6. މި މުއްދަތުގެ ތެރޭގައި ކައުންސިލްތަކުގެ މަސައްކަތްތައް ވިލަރެސް ކުރާނެ ހާއްސަ އިންތިޒާމެއް ލޯކަލް ގަވަރުމަންޓް އޮތޯރީން އެކުލަވާލުން. އަދި އެ އިންތިޒާމަކީ ސަރުކާރާއި މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީއާއެކު މަޝްވަރާ ކުރެވިގެން އެކުލަވާލާ އިންތިޒާމެއް ކަމުގައިވުން މުހިއްމު

7. އިންތިގާލީ މުއްދަތުގެ ތެރޭގައި ތިބޭ ކައުންސިލަރުން ޤާނޫނުގެ ދަށުން އެކުލަވާލެވޭ، އުސޫލުތަކާ ޚިލާފުވުމުން އަމަލުކުރެވޭނެ ގޮތާއި އެޅޭނެ ފިޔަވަޅުތައް ބަޔާންކުރުން. މިސާލަކަށް: މަގާމުން ވަކިކުރުމަކީ ފިޔަވަޅެއް ކަމަށާއި އަދި ވަކިކުރެވޭނެ ހާލަތްތައް ސާފުކޮށް އިންތިގާލީ މި ޤާނޫނުގައި ބަޔާންކޮށްފައި އޮތުން

8. އިންތިޚާބު ބޭއްވެންދެން ކައުންސިލްތަކުގައި ތިބޭނީ މިހާރުވެސް ކައުންސިލަރުންގެ ގޮތުގައި އިންތިޚާބުކޮށްފައިވާ ފަރާތްތައް ކަމުގައި ވިޔަސް، އެފަރާތްތައް އިންތިޚާބު ކުރި މުއްދަތު ހަމަވެފައި ވާތީ، އެ ފަރާތްތަކަކީ ކައުންސިލަރުންގެ ގޮތުގައި ނުބަލައި، އެފަރާތްތަކަކީ ކައުންސިލަރުންގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރާ ފަރާތްތަކެއްގެ ގޮތުގައި ޤާނޫނުން ކަނޑައެޅުން.

9. ޤާނޫނުން ކަނޑައަޅާ ޝަރުތުތަކާ އެއްގޮތަށް އަމަލުކުރާނެ ކައުންސިލަރުން ނެތް ކައުންސިލްތަކަށް އެލްޖީއޭއިން ވިލަރެސް ކުރުމަށް ކަނޑައެޅާ ފަރާތްތަކުން އެކަމަށް ހާއްސަ އިންތިޒާމުތަކުގެ ތެރެއިން އެކަން ކުރެވޭނެ ގޮތެއް ކަނޑައެޅުން

ޤާނޫނުއަސާސީ އިސްލާހު ނުކޮށް، އިންތިގާލީ އިންތިޒާމުތަކެއް ހަމަޖެއްސުމަކީ މުހިއްމުކަމެއް ކަމަށް ވިދާޅުވެ، ހަސަން ލަތީފް ވިދާޅުވީ، މި 9 ހުށަހެޅުން މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީއާ ވެސް ހިއްސާކޮށްފައި ވާނެ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރުކާރުގައި ތިބި ވެރިންނަކީ ލާމަރުކަޒީގެ ނިޒާމްގެ ދުޝްމަނުން: އަހްމަދު

ސަރުކާރުގައި ތިބި ވެރިންނަކީ ލާމަރުކަޒީގެ ނިޒާމްގެ ދުޝްމަނުން: އަހްމަދު

17 މާރިޗު 2017
އެމްޔޫއޯއިން ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކެމްޕެއިން ރަސްމީކޮށް  މާޗް 9 ގައި ފަށަނީ

އެމްޔޫއޯއިން ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކެމްޕެއިން ރަސްމީކޮށް މާޗް 9 ގައި ފަށަނީ

27 ފެބުރުއަރީ 2017
ލޯކަލް ކައުންސިލްތަކުގެ މުއްދަތު ހަމަވެއްޖެ

ލޯކަލް ކައުންސިލްތަކުގެ މުއްދަތު ހަމަވެއްޖެ

27 ފެބުރުއަރީ 2017
އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ

އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ

26 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު