ބަންގްލަދޭޝްގެ އިތުރު 200 މީހުން ގައުމަށް ފޮނުވާލައިފި
26 މެއި 2020 | އަންގާރަ 08:37އަންގާރަ ދުވަހު މިމީހުން ފޮނުވާލީ މޯލްޑިވިއަންގެ ފްލައިޓެއްގައި

ބަންގްލަދޭޝް މީހުން ފުރަން ގޮސް، އިތުރަށް ވެސް މީހުން ގައުމަށް ފޮނުވާލުމުގެ މަސައްކަތް ކުރާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނޭ
ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ އަނބުރާ ގައުމަށް ފޮނުވާލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން އަންގާރަ ދުވަހު ބަންގްލަދޭޝަށް ނިސްބަތްވާ 200 މީހުން ގައުމަށް ފޮނުވާލައިފި އެވެ.
މި މީހުން ފޮނުވާލީ ގައުމީ އެއަރލައިން މޯލްޑިވިއަންގެ ފްލައިޓެއްގަ އެވެ.
މޯލްޑިވިއަނުން ބުނީ ބަންގްލަދޭޝް އިތުރު 200 މީހުން ފޮނުވައިލީ ކޮވިޑް-19އާ ގުޅިގެން ކުރަމުންދާ މަސައްކަތުގެ ތެރެއިން ފޮރިން މިނިސްޓްރީއާއި އިކޮނޮމިކް މިނިސްޓްރީ އަދި ވެސް ކަމާގުޅުން ހުރި މުއައްސަސާތަކުގެ އެހީތެރިކަމާއެކު ކަމަށެވެ.
މިހާތަނަށް ބަންގްލަދޭޝަށް ނިސްބަތްވާ 1000 މީހުން އަނބުރާ ގައުމަށް ފޮނުވާލާފައި ވާއިރު، ފޮރިން މިނިސްޓްރީން ބުނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުން ފެށިގެން މޯލްޑިވިއަންގެ ފްލައިޓްތަކުގަޔާއި، ރާއްޖެއަށް އަންނަ ބަންގަލަދޭޝްގެ އަސްކަރީ އަދި ޤައުމީ އެއަރލައިންގެ މަތިންދާބޯޓުތަކުގައި އެމީހުން އަނބުރާ ގައުމަށް ފޮނުވަމުންދާ އިރު، ކުރިއަށް އޮތްތަނުގައިވެސް މި މަސައްކަތް ކުރިއަށްދާނެ ކަމަށެވެ.
މިދިޔަ އަހަރުގެ ފަހުކޮޅު ފޮރިން މިނިސްޓްރީއާއި އިކޮނޮމިކް މިނިސްޓްރީގެ އިތުރުން ރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ ހައިކޮމިޝަނާއި ބަންގްލަދޭޝްގެ ސަރުކާރު ގުޅިގެން ފެމަސައްކަތަށް ބަންގްލަދޭޝްގެ ސަރުކާރުން ވެދެން އޮތް އެހީތެރިކަމެއް ދެއްވާނެކަމުގެ ޔަޤީންކަން ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރ ވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދަށް އަރުވާފަ އެވެ








