މަސްތުވާތެކެތީގެ ބޮޑު ނެޓްވޯކްގައި ހިމެނޭ މީހުންގެ ބަންދަށް ލުޔެއް ދިނުމަށް އެއްވެސް އިރަކު އެދިފައެއް ނުވާނެ: ޕީޖީ ޝަމީމް
25 މެއި 2020 | ހޯމަ 17:0712 މީހަކު ބަންދުގައި ބެހެއްޓުމަށް އެދިފައިވޭ


ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް - ކޮވިޑް-19އާ ގުޅިގެން ބައެއް ޝަރީއަތްތައް ވީޑިއޯ ކޮންފަރެންސްކޮށް ކުރިއަށް ގެންދޭ
މަސްތުވާތެކެތީގެ ބޮޑު ނެޓްވޯކެއްގެ ބައެއް ކަމަށް ތުހުމަތު ކުރެވިގެން ދައުވާ އުފުލިފައިވާ މީހުން ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުގައި އެދިފައިވާ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވިދާޅުވެއެވެ.
އާދިއްތަ ދުވަހު 12 މީހަކު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ޕީޖީން ވަނީ އެދިފައެވެ.
އެކަމާ ގުޅޭ ގޮތުން ޕީޖީ ޝަމީމް ވިދާޅުވީ ބަންދުގައި ބެހެއްޓުމަށް އެދިފައިވަނީ މަސްތުވާތެކެތީގެ ބޮޑު ނެޓްވޯކެއްގެ ބައެއް ކަމަށް ތުހުމަތުކުރެވިގެން ދައުވާ އުފުލިފައިވާ މީހުންނަށް ކަމަށެވެ. އެފަދަ މީހުންގެ ބަންދަށް ލުޔެއް ދޭކަށް އެއްވެސް އިރަކު އެދިފައެއް ނުވާނެ ކަމަށް ޕީޖީ ޝަމީމް ވިދާޅުވިއެވެ.
12 މީހަކު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ޕީޖީން އެދިފައިވާއިރު، ޖަލުތަކުގައި ކޮވިޑް-19 ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ޝަރީއަތް ނިމެންދެން ބަންދުގައި ތިބި 30 މީހަކު ޝަރުތުތަކަކާއެކު ދޫކޮށްލަން ޕީޖީން ކޯޓުގައި އެދިފައިވެއެވެ.
މިއިން އެއްވެސް މީހަކު އެއްކޮށް ބަންދުން ދުލެއް ނުކުރާނެއެވެ. މިމީހުން ދޫކުރާނީ ޝަރުތުތަކާއެކުއެވެ. އެ ޝަރުތުތަކުގެ ތެރޭގައި މާލެއިން ފުރައިގެން ނުދިއުމާއި، ކޯޓަށް ހާޒިރުވުމާއި، އިތުރު ކުށެއް ނުކުރުން ހިމެނެއެވެ.








