Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކަލްކަތާ ކްލަބުތަކަށް ގެއްލުއްވުން

ތޫފާން އަމްފާންގެ ސަބަބުން ކަލްކަތާ ކްލަބުތަކަށް ބޮޑު ގެއްލުމެއް

މި ތޫފާންގައި އެ ސިޓީގެ ބޮޑު ބައެއް ވަނީ ސުންނާފަތިކޮށްލާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 24 މެއި 2020 | އާދީއްތަ 20:08
ތޫފާން އަމްފާންގެ ސަބަބުން ގެއްލުން ލިބުނު ސަރަހައްދުތައް

ތޫފާން އަމްފާންގެ ސަބަބުން ގެއްލުން ލިބުނު ސަރަހައްދުތައް

މި މަހުގެ 20 ވަނަ ދުވަހު އިންޑިއާގެ އިރުމަތީގެ ކަލްކަތާ އަށް އެރި ބާރުގަދަ ތޫފާން އަމްފާންގެ ސަބަބުން އެ ސިޓީގެ ކްލަބުތަކަށް ބޮޑު ގެއްލުންތަކެއް ވެއްޖެ އެވެ.

މި ތޫފާނުގައި 22 މީހުން މަރުވިއިރު، ކަލްކަތާގެ 14 މިލިއަން މީހުންގެ އާބާދީގެ ތެރޭން ބޮޑު ބައެއް މިހާރު ތިބީ ކަރަންޓާއި މުވާސަލާތީ ޚިދުމަތުން މަހްރޫމްވެފަ އެވެ.

ކަލްކަތާގެ ބޮޑު ތިން ކްލަބު ކަމަށްވާ މޯހަން ބަގާން، އީސްޓް ބެންގާލް އަދި މުހައްމަދީން ސްޕޯޓިންގެ އިތުރުން އެހެނިހެން ކްލަބުތަކުގެ ދަނޑުތަކަށް ވަނީ ބޮޑެތި ގެއްލުން ތަކެއް ވެފައެވެ. އެގޮތުން މޯހަން ބަގާން އާއި އީސްޓް ބެންގާލް އިން ބޭނުން ކުރަމުން އަންނަ ސޯލްޓް ލޭކް ސްޓޭޑިއަމަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފަ އެވެ. މީގެ އިތުރުން އެކި ކުޅިވަރުތައް ކުޅުމަށް ހާއްސަ ކޮށްފައިވާ ކަލްކަތާ މައިދާނަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފަ އެވެ.

ތޫފާން އަމްފާންގެ ސަބަބުން ކަލްކަތާގެ ކުޅިވަރު ދަނޑުތަކަށް ގެއްލުންތައް ވީއިރު، ކަލްކަތާގެ ބޮޑު ސަރަހައްދެއްގައި މި ތޫފާންގެ ސަބަބުން ފެންބޮޑުވި އެވެ. އަދި ގަސްތައް މުލުން ލުހި، ޓްރެފިކް ލައިޓްތައް ވެސް ވަނީ ވެއްޓިފަ އެވެ. އެއާޕޯޓުގެ ބޮޑު ސަރަހައްދެއްގައި ވެސް ފެންބޮޑުވިއިރު، ވެއްޓުނު ގަސްތަކުން އެތައް ވެހިކަލްތަކެއް ވަނީ ހަލާކުވެފަ އެވެ.

ތޫފާން އަމްފާން އަކީ 1999 ވަނަ އަހަރުގެ ފަހުން ބޭ އޮފް ބެންގާލުގައި އުފެދުނު ފުރަތަމަ ސުޕަ ތޫފާނެވެ.

އިތުރަށް ކިޔާލަން

04 ސެޕްޓެމްބަރު 2017

އަނިޔާގެ ސަބަބުން ދެވަނަ މެޗުގައި ވިޔާއަށް ނުކުޅެވޭނެ

04 ސެޕްޓެމްބަރު 2017
އަނިޔާގެ ސަބަބުން ދެވަނަ މެޗުގައި ވިޔާއަށް ނުކުޅެވޭނެ
11 އޯގަސްޓު 2017

އަނިޔާގެ ސަބަބުން ޓްރޮޔެސްއާ ދެކޮޅަށް ނީސް މިރޭ ކުޅޭ މެޗުގައި ބަލޮޓެލީއަށް ނުކުޅެވޭނެ!

11 އޯގަސްޓު 2017
އަނިޔާގެ ސަބަބުން ޓްރޮޔެސްއާ ދެކޮޅަށް ނީސް މިރޭ ކުޅޭ މެޗުގައި ބަލޮޓެލީއަށް ނުކުޅެވޭނެ!
12 ޖުލައި 2017

ގަދަ ހަތަރެއްގައި އޮންނަންޖެހޭ ޓީމުތަކަށް ނޯވެނީ ގްރީންގެ ސަބަބުން: ސޮބާ

12 ޖުލައި 2017
ގަދަ ހަތަރެއްގައި އޮންނަންޖެހޭ ޓީމުތަކަށް ނޯވެނީ ގްރީންގެ ސަބަބުން: ސޮބާ
17 މެއި 2017

މެޗުގެ ނަތީޖާ ބަދަލުވެގެންދިޔައީ ގޯލު ކީޕަރުގެ ސަބަބުން: އަބަހާނީގެ ކޯޗު

17 މެއި 2017
މެޗުގެ ނަތީޖާ ބަދަލުވެގެންދިޔައީ ގޯލު ކީޕަރުގެ ސަބަބުން: އަބަހާނީގެ ކޯޗު
17 އެޕްރީލު 2017

މޯހަން ބަގާންއާ ދެކޮޅަށް ކުޅުމަށް މާޒިޔާ ކަލްކަތާ އަށް ފުރައިފި

17 އެޕްރީލު 2017
މޯހަން ބަގާންއާ ދެކޮޅަށް ކުޅުމަށް މާޒިޔާ ކަލްކަތާ އަށް ފުރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު