Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ61 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ

61 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި 11 މީހަކަށް ދައުވާކުރަން ހުށައަޅައިފި

24 މެއި 2020 | އާދީއްތަ 02:00

އެމީހުން ހައްޔަރު ކޮށްފައިވަނީ "އިރުއަލިމަސް" ކިޔާ ދޯންޏަކުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 24 މެއި 2020 | އާދީއްތަ 02:00
61 ކިލޯގެ މަސްތުވާތަކެތި އެތެރެކޮށްފައި ވަނީ  \"އިރުއަލިމަސް\" ކިޔާ ދޯންޏެއްގައި ކަމަށް ޕީޖީ އޮފީހުން ބުނެފައިވޭ

61 ކިލޯގެ މަސްތުވާތަކެތި އެތެރެކޮށްފައި ވަނީ \"އިރުއަލިމަސް\" ކިޔާ ދޯންޏެއްގައި ކަމަށް ޕީޖީ އޮފީހުން ބުނެފައިވޭ

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހޯދި 61 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހިމެނޭ 11 މީހެއްގެ މައްޗަށް ދައުވާ ކުރަން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ކްރިމިނަލް ކޯޓަށް ހުށައަޅައިފި އެވެ.

މަރޗު މަހުގެ 26 ވަނަ ދުވަހު ފުލުހުންގެ ޑްރަގް އިންޓެލިޖެންސް ޑިޕާޓްމަންޓާއި، ޑްރަގް އެންފޯސް ޑިޕާޓްމަންޓާއި، މެރިން ޕޮލިސް އިން ހިންގި މި އޮޕަރޭޝަނުގައި މަސް ދޯންޏަކުން 61.06 ކިލޯގެ ހެރޮއިން އަތުލައިގަނެފައިވާކަން ޕޮލިސް ކޮމިޝަނަރު މުޙައްމަދު ހަމީދު މީގެ ކުރިން ވިދާޅުވެފައިވެ އެވެ. އެގޮތުން މިތަކެތީގެ އަގު 72 މިލިއަން ރުފިޔާއަށް އަރާ ކަމަށްވެސް ސީޕީ ވިދާޅުވި އެވެ.

އެކަމާ ގުޅޭގޮތުން އާދިއްތަ ދުވަހު ޕީޖީ އޮފީހުން ކުރި ޓްވީޓެއްގައި ބުނީ، މިއީ މ. ބޮއިލިންގފިޝް، އަޙްމަދު ވިސާމް ނަމަކަށް ކިޔާ މީހަކު އިސްވެހުރެ، އިތުރު ބަޔަކާ ބައިވެރިވެގެން ހިންގި ކަމެއް ކަމަށެވެ. އަދި މިތަކެތި އެތެރެކޮށްފައި ވަނީ "އިރުއަލިމަސް" ކިޔާ ދޯންޏެއްގައި ކަމަށް ޕީޖީ އޮފީހުން ބުނެފައި ވެއެވެ.

މި 11 މީހުންގެ މައްޗަށްވެސް ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ވަނީ ހުށައަޅާފަ އެވެ.

އެކަމާ ގުޅޭގޮތުން ޕީޖީ ހުސައިން ޝަމީމް ކުރެއްވި ޓްވީޓެއްގައި ވަނީ މި މައްސަލައިގައި ފުލުހުންނާ ޕީޖީ އޮފީހުން ކުރަމުންދާ މަސައްކަތްތައް ފާހަގަ ކުރައްވާފަ އެވެ. އެގޮތުން ޕީޖީ ވިދާޅުވީ، މި މައްސަލައިގެ ދައުވާ ފޯމުގައި ވެސް 576 ސަފްޙާ ހިމެނޭ ކަަމަށާއި، މައްސަލައާ ގުޅޭ ގިނަ ހެކިތަކަކާއި ބަޔާންތަކެއް އޭގައި ހިމެނިފައިވާނެ ކަމަށެވެ.

އަދި އަވަހަށް ޝަރީއަތްތައް ފެށުމަށް އެދިވަޑައިގަންނަވާ ކަމަށް ޕީޖީ ވިދާޅުވި އެވެ.

މި މައްސަލައިގައި 11 ދިވެއްސަކު ހިމެނޭއިރު، އޭގެ ތެރެއިން 7 މީހުން ހައްޔަރު ކޮށްފައިވަނީ މަސް ދޯނިން ކަމަށާއި އަނެއް 4 މީހުން ހައްޔަރު ކޮށްފައިވަނީ ހުޅުމާލެއިން ކަމަށް ފުލުހުން ބުނެފައި ވެއެވެ.

އިތުރަށް ކިޔާލަން

19 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!
18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި
16 ޖެނުއަރީ 2017

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
12 ޖެނުއަރީ 2017

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް