Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޔޫއޯގެ ބައްދަލުވުން

ދިވެހި ސަރުކާރު އިސްލާހު ކުރުމަށް އިނގިރޭސި ވިލާތުން އެހީތެރިވާނެ: ޝާހިދު

5 އެޕްރީލު 2017 | ބުދަ 20:10

ރާއްޖޭގެ މިހާރުގެ ސިޔާސީ މަޝްރަހްގައި ހިނގަމުންދާ ކަންކަން ވަރަށް ރަނގަޅަށް ހިއްސާ ކުރެވުނު

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 5 އެޕްރީލު 2017 | ބުދަ 20:10
އިނގިރޭސި ސަފީރާއެކު އެމްޔޫއޯއިން ބޭއްވި ބައްދަލުވުމުގެ ތެރެއިން

އިނގިރޭސި ސަފީރާއެކު އެމްޔޫއޯއިން ބޭއްވި ބައްދަލުވުމުގެ ތެރެއިން

ދިވެހިރާއްޖެ އިސްލާހު ކުރުމަށްޓަކައި ގުޅިފައިވާ ޕާޓީތަކުން ކުރަމުންދާ މަސައްކަތްތަކަށް އިނގިރޭސި ސަރުކާރުން އެހީތެރިވެދޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެވެ.

އެމްޑީޕީގެ ޚާރިޖީ ކަންކަމާ ބެހޭ ކޮމެޓީގެ މުޤައްރިރުކަންވެސް ކުރައްވާ ޝާހިދު މިހެން ވިދާޅުވީ އިނގިރޭސި ވިލާތުގެ ވާ ހައިކޮމިޝަނަރ ޖޭމްސް ދޫރިސްއާއެކު ބޭއްވި ބައްދަލުވުމުގެ ތަފްސީލް ދެއްވަމުންނެވެ.

ޝާހިދު ވިދާޅުވީ ރާއްޖޭގެ މިހާރުގެ ސިޔާސީ މަޝްރަހުގައި ހިނގަމުންދާ ކަންކަން ވަރަށް ރަނގަޅަށް ހިއްސާ ކޮށްފައިވާ ކަމަށެވެ. އެގޮތުން ސަރުކާރުން އިދިކޮޅު ފަރާތްތަކަށް ކުރަމުންދާ ގޯނާއާ ސިޔާސީ ލީޑަރުންނަށް ދައްކަމުންދާ ބިރުގެ ތަފްސީލް ދޫރިސްއަށް ދެއްވާފައިވާކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި މަޖިލީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ނެގުނު ވޯޓުގެ ކަންކަން ދިޔަ ގޮތުގެ ތަފްސީލްވެސް ދެއްވާފައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

މީގެ އިތުރުން ނޫސްވެރިންނަށް ބިރުދައްކަން ކުރާ މަސައްކަތާއި އިންތިޚާބަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންނަށް ބިރުދެއްކުމާއި ހައްޔަރުކޮށް ހަޤީގަތެއް ނެތް ތަފާތު ދައުވާތައް ކުރަމުންދާދިއުންވެސް އިނގިރޭސި ހައިކޮމިޝަނަރގެ ސަމާލުކަމަށް ގެންނަވާފައިވާކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ރާއްޖެ އިސްލާހު ކުރުމަށް ކުރާ މަސައްކަތްތައް ގާތުން ބަލަމުންދާ ކަމަށާއި ޑިމޮކްރެޓިކް ވެއްޓެއް ޤާއިމް ކުރުމަށް ކުރަމުންދާ މަސައްކަތައް އެހީތެރިވެދެއްވާނެ ކަމަށް ދޫރިސް ވިދާޅުވެފައިވާ ކަމަށެވެ. އަދި ރާއްޖޭގައި ޤާނޫނީ ވެރިކަމެއް ހިންގުމަށާއި ސިޔާސީ ހަރަކާތްތަކަށް ޖާގަ ދީ، މިނިވަން މީޑއާ އަކާއި ބިރު ދެއްކުމެއް ނެތް މާހަައުލެއްގައި އިންތިޚާބުތައް ބޭއްވުމަށް ބާރު އަޅުއްވާނެ ކަމަށްވެސް އޭނާ ވިދާޅުވިކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ މަޖިލީހުގެ ވޯޓުގެ ކަންތައް ދިޔަގޮތާމެދު އިނގިރޭސި ސަރުކާރުން ނެރުނު ބަޔާނަށް ޝުކުރު އަދފާކުރައްވާފައިވާނެ ކަމަށާއި ރާއްޖެ އިސްލާހްވެ އަލުން އަނބުރާ ޑިމޮކްރަސީ އަށަގެންނެވުމަށް އިނގިރޭސި ސަރުކާރުން ވެދޭ އެހީތެރިކަމަށް ވެސް ޝުކުރު އަދާކުރައްވާފައިވާނޭ ކަމަށް ޝާހިދު ވިދާޅުވިއެވެ. އިނގިރޭސި ސަރުކާރުން ވެދެއްވާ އެހީތެރިކަމާ އެއްބާރުލުމަކީ ގުޅިފައިވާ ޕާޓީތަކުން ކުރަމުންދާ މަސައްކަތައް ލިބޭ ހިތްވަރަކާ އުއްމީދެއްކަމަށް ހައިކޮމިޝަނަރު ގާތު ދަންނަވާފައިވާނޭކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް