Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޖަރުމަން ލީގު ފެށުން

ޖަރުމަން ލީގަކީ އެހެން ލީގުތަކަށް މިސާލެއް: ޓެބާސް

ޖަރުމަން ލީގު ވަނީ މިދިޔަ ހޮނިހިރު ދުވަހު ފަށާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 18 މެއި 2020 | ހޯމަ 18:32
ލަލީގާގެ ރައީސް ހާވިއޭ ޓެބާސް: ޖޫން 12 ގައި ސްޕެނިޝް ލީގު އަލުން ފަށަން އަންނަނީ މަސައްކަތް ކުރަމުން

ލަލީގާގެ ރައީސް ހާވިއޭ ޓެބާސް: ޖޫން 12 ގައި ސްޕެނިޝް ލީގު އަލުން ފަށަން އަންނަނީ މަސައްކަތް ކުރަމުން

ޖަރުމަން ލީގުން ދައްކުވައިދިނީ މިސާލެއް ކަމަށާއި، އެހެން ލީގުތަކުން ވެސް އެގޮތަށް އަމަލުކުރުމަށް ލަލީގާގެ ރައީސް ހާވިއޭ ޓެބާސް ވިދާޅުވެއްޖެ އެވެ.

ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން މެދުކަނޑާލި ޖަރުމަން ލީގު ވަނީ މިދިޔަ ހޮނިހިރު ދުވަހު އަލުން ފަށާފަ އެވެ. ޖަރުމަން ލީގަކީ ޔޫރަޕްގެ ގަދަ ފަސް ލީގުގެ ތެރެއިން ކުޅުން ފެށި ފުރަތަމަލީގެވެ. މީގެ ކުރިން ޔޫރަޕުން ފްރެންޗު ލީގު، ނެދަލެންޑްސް ލީގު، ބެލްޖިއަމް ލީގު އަދި ސްކޮޓްލެންޑް ލީގު ވަނީ ކެންސަލް ކޮށްފަ އެވެ.

ޖަރުމަން ލީގު އަލުން ފަށާފައިވަނީ ޓީމުތަކުން އަމަލުކުރަން ޖެހޭ ހަރުކަށި އުސޫލަތަކެއް ކަނޑައެޅުމަށްފަހު އެވެ. އެގޮތުން ލީގު ފެށުމުގެ ކުރިން ހުރިހާ ކުޅުންތެރިން ވަނީ ކޮވިޑް-19 އަށް ޓެސްޓުކޮށްފަ އެވެ. އަދި މެޗު ފެށުމުގެ ކުރިން ސަލާން ކުރުން މަނާ ކޮށްފައިވާއިރު، ބެންޗުގައި ތިބޭ ކުޅުންތެރިންގެ ދެމެދުގައި ވެސް އެކަށީގެންވާ ދުރުމިނެއް ބަހައްޓަން ވަނީ އަންގާފަ އެވެ. އަދި މެޗުކުޅޭ ބޯޅަތައް ޑިސްއިންފެކްޓް ކުރުމުގެ އިތުރުން، ލަނޑު ޖެހުމަށްފަހު ކުޅުންތެރިން ގައިގޯޅިވެ އުފާފާޅު ނުކުރަން ވަނީ ލަފާ ދީފަ އެވެ.

ލަލީގާގެ ރައީސް ހާވިއޭ ޓެބާސް ވިދާޅުވީ ޖަރުމަން ލީގު އަލުން ފެށުމުން ޖަރުމަން ލީގުގެ ރައީސަށް މަރުހަބާ ދެންނެވި ކަމަށާއި، ޖަރުމަން ލީގުން ދައްކުވައިދިނީ އެހެން ލީގުތަކަށް މިސާލެއްކަމަށެވެ. އެގޮތުން އެހެން ލީގު ތަކުންވެސް އެގޮތަށް އަމަލުކުރުމަށް ޓެބާސް ވަނީ ގޮވާލައްވާފަ އެވެ.

ޖަރުމަން ލީގު އަލުން ފެށިއިރު، ސްޕެނިޝް ލީގު ވެސް އަލުން ފަށަން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ސްޕެނިޝް ލީގު ޖޫން މަހުގެ 12 ވަނަ ދުވަހު ފެށޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ޓެބާސް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

15 ސެޕްޓެމްބަރު 2017

ރާއްޖެއަށް 12 ދަރަޖައިގެ ވެއްޓުމެއް، ބްރެޒިލް ވައްޓާލުމަށްފަހު ޖަރުމަން އެއްވަނައަށް

15 ސެޕްޓެމްބަރު 2017
ރާއްޖެއަށް 12 ދަރަޖައިގެ ވެއްޓުމެއް، ބްރެޒިލް ވައްޓާލުމަށްފަހު ޖަރުމަން އެއްވަނައަށް
08 ސެޕްޓެމްބަރު 2017

ރޮނާލްޑޯ އަކީ އެހެން ޕްލެނެޓެއްގެ ކުޅުންތެރިއެއް: ޒިދާން

08 ސެޕްޓެމްބަރު 2017
ރޮނާލްޑޯ އަކީ އެހެން ޕްލެނެޓެއްގެ ކުޅުންތެރިއެއް: ޒިދާން
05 ސެޕްޓެމްބަރު 2017

ވޯލްޑްކަޕް ކޮލިފައިން: ތަފާތު ބޮޑު ނަތީޖާއަކުން ޖަރުމަން މޮޅުވިއިރު، ޗެކްރިޕަބްލިކް ބަލިވެ ހާސްކަމުގެ ތެރެއަށް

05 ސެޕްޓެމްބަރު 2017
ވޯލްޑްކަޕް ކޮލިފައިން: ތަފާތު ބޮޑު ނަތީޖާއަކުން ޖަރުމަން މޮޅުވިއިރު، ޗެކްރިޕަބްލިކް ބަލިވެ ހާސްކަމުގެ ތެރެއަށް
02 ސެޕްޓެމްބަރު 2017

ވޯލްޑްކަޕް ކޮލިފައިން: އިންގްލޭންޑް އަދި ޖަރުމަން ފުރުސަތު ބޮޑުކޮށްފި

02 ސެޕްޓެމްބަރު 2017
ވޯލްޑްކަޕް ކޮލިފައިން: އިންގްލޭންޑް އަދި ޖަރުމަން ފުރުސަތު ބޮޑުކޮށްފި
03 ޖުލައި 2017

ކޮންފެޑެރޭޝަންސް ކަޕް: ޖަރުމަން ޗެމްޕިއަންކަން ހޯދިއިރު، ޕޯޗުގަލަށް ތިންވަނަ

03 ޖުލައި 2017
ކޮންފެޑެރޭޝަންސް ކަޕް: ޖަރުމަން ޗެމްޕިއަންކަން ހޯދިއިރު، ޕޯޗުގަލަށް ތިންވަނަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު