Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކައުންސިލްތަކުގެ ދައުރު އިތުރުކުރުމައި ގުޅޭ މައްސަ

ކައުންސިލްތަކުގެ ދައުރު އިތުރުކުރަން ގާނޫނުއަސާސީއަށް ހުށަހެޅިފައިވާ އިސްލާހުގެ ބިލުގެ ފުރަތަމަ ކިއުން އިއްވައިފި

މިއީ މި ބިލު މަޖިލީހަށް ހުށަހެޅި ދެވަނަ ފަހަރު

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 18 މެއި 2020 | ހޯމަ 06:10
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރުމާއެކު މިހާރު ތިބި ކައުންސިލްތަކުގެ ދައުރު ދިގުކުރުމަށް ޤާނޫނު އަސާސީ އިޞްލާޙު ކުރުމަށް، ހުށަހެޅި އިޞްލާޙުގެ ބިލު އެޖެންޑާ ކޮށްފި އެވެ.

ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މި ބިލުގެ ފުރަތަމަ ކިއުން އިއްވާފައިވަނީ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދެވެ.

Advertisement - newsAdvertisement

ސަރުކާރުގެ ފަރާތުން ބިލެތްދޫ ދާއިރާގެ މެންބަރު އަޙުމަދު ޙަލީމު ހުށަހެޅުއްވި މި ބިލަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްޓަކައި، ޤާނޫނު ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ 33 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގައި ވަނީ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުިލާނުކޮށްފަ އެވެ.

ސަރުކާރުގެ މި ބިލު ހުށަހެޅުމުގެ ބޭނުމަކީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވުމަށް ރައްކާތެރި މާޙައުލެއް ޤާއިމު ކުރެވެންދެން އެ އިންތިޚާބު ފަސްކުރުމަށް މަގުފަހިކޮށް، އެ އިންތިޚާބު ބާއްވައި، އާ މެންބަރުން އިންތިޚާބުވެ، މަޤާމާ ޙަވާލުވަންދެން މިހާރު އިންތިޚާބުވެފައި ތިބި އަތޮޅު ކައުންސިލުތަކާއި، ރަށު ކައުންސިލުތަކާއި، ސިޓީ ކައުންސިލުތަކުގެ މެންބަރުން، އެމީހުންގެ މަޤާމުގައި ދެމިތިބޭނެ ކަމަށް ކަނޑައެޅުމަށް ޤާނޫނުއަސާސީ އަށް ގެންނަން ޖެހޭ އިޞްލާޙުތައް ގެނައުމެވެ.

މިދިޔަ މަހުގެ ފަސް ވަނަ ދުވަހު ވެސް މި ބިލު މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކުރިއެވެ. ނަމަވެސް ފަހުން ބިލު އެޖެންޑާއިން ނެގުމަށް ފަހު އަލުން ހޯމަ ދުވަހުގެ ޖަލްސާއަށް ބިލު އެޖެންޑާ ކޮށްފައި ވަނީ ދޮޅު މަހަށްވުރެ ގިނަ ދުވަސް ފަހުންނެވެ.

މިދިޔަ މަހު މި ބިލު އެޖެންޑާއިން ނެގުމަށް ފަހު މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝިދު އެޖެންޑާ ކުރެއްވީ، ކައުންސިލަރުންގެ ދައުރު ދިގު ދެންމުމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ހުށަހެޅުއްވި ބިލެވެ. މި ބިލު އެޖެންޑާ ކޮށްފައިވަނީ، ޢާންމު ޤާނޫނަކުން ކައުންސިލަރުންގެ ދައުރު އިތުރު ނުކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކައުންސެލަރ ޖެނެރަލް ފާތިމަތު ފިލްޒާ ލަފާ ދެއްވުމުން ނެވެ. ފިލްޒާ ލަފާދެއްވީ ޤާނޫނުއަސާސީގައި ވާ ކައުންސިލަރުންގެ ދައުރާ ގުޅޭ މާއްދާ އިޞްލާޙު ކުރުމަށެވެ.

މިހާރު ހިނގަމުންދާ ކައުންސިލްތަކުގެ ދައުރަކީ ތިން އަހަރުކަމަށް ޤާނޫނުއާސާސީގައި ބަޔާންކޮށްފައިވެއެވެ. އިންތިޚާބު ނުބޭއްވޭ ޙާލަތަކާއި ގުޅިގެން އެއްވެސް ޤާނޫނުއާސާސީގައި ޤާނޫނަކުން ވެސް ބަޔާންކޮށްފައެއް ނުވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ ގުޅޭ ތިން މައްސަލައެއްގައި ދައުވާ ކުރަން ނިންމާ ޕީޖީއަށް ފޮނުވަނީ

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ ގުޅޭ ތިން މައްސަލައެއްގައި ދައުވާ ކުރަން ނިންމާ ޕީޖީއަށް ފޮނުވަނީ

16 މެއި 2017
ކޮރޮޕްޝަން ހުއްޓުވުމަށް ދައުލަތުގެ މުއައްސަސާތަކުގެ ދައުރު އަދާ ކުރުމަށް ގަރާރެއްގައި ސޮއި ކޮށްފި

ކޮރޮޕްޝަން ހުއްޓުވުމަށް ދައުލަތުގެ މުއައްސަސާތަކުގެ ދައުރު އަދާ ކުރުމަށް ގަރާރެއްގައި ސޮއި ކޮށްފި

12 މެއި 2017
ލޯކަލް ކައުންސިލްތަކުގެ ވަގުތީ ނަތީޖާ އަންގާރަ ދުވަހު އިއުލާން ކުރަނީ

ލޯކަލް ކައުންސިލްތަކުގެ ވަގުތީ ނަތީޖާ އަންގާރަ ދުވަހު އިއުލާން ކުރަނީ

09 މެއި 2017
ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ޗާޕް ކޮށްފައިވަނީ 431،939 ވޯޓް ކަރުދާސް: އިލެކްޝަންސް

ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ޗާޕް ކޮށްފައިވަނީ 431،939 ވޯޓް ކަރުދާސް: އިލެކްޝަންސް

05 މެއި 2017
ބާރު ލިބުމާއެކު ކައުންސިލްތަކުގެ ބާރު އިޔާދަކޮށްދޭނަން: ނިޔާޒް

ބާރު ލިބުމާއެކު ކައުންސިލްތަކުގެ ބާރު އިޔާދަކޮށްދޭނަން: ނިޔާޒް

05 އެޕްރީލު 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު