Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމޫސުން ގޯސްވުން

ޅ. އަތޮޅުން އައްޑު ސިޓީއަށް ނެރުނު ޔެލޯއެލަރޓްގެ ވަގުތު ތިން ވަނަ ފަހަރަށް އިތުރުކޮށްފި

މި ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 18 މެއި 2020 | ހޯމަ 00:56
އެންމެ ފަހުން ކުރި ވިއްސާރައިގައި އައްޑޫގައި ފެންބޮޑުވެ ގެއަކަށް ފެންވަދެފައި

އެންމެ ފަހުން ކުރި ވިއްސާރައިގައި އައްޑޫގައި ފެންބޮޑުވެ ގެއަކަށް ފެންވަދެފައި

ޅ. އަތޮޅުން އައްޑު ސިޓީއަށް ނެރުނު ޔެލޯއެލާޓްގެ މުއްދަތު 3 ވަނަ ފަހަރަށް އިތުރުކޮށްފި އެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ މި ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ވައިޖެހޭނީ 25 މޭލާއި 30 މޭލާ ދެމެދުގެ ބާރު މިނެއްގައި ކަމަށާއި، ވިލާގަނޑުގައި ގަޑުއަކު 55 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށްފައިވާ ކަމަށެވެ.

މި ސަރަހައްދަށް ޔެލޯ އެލަރޓް އިތުރުކޮށްފައިވަނީ ހޯމަ ދުވަހުގެ ހެނދުނު 6:00 ން 9:00 އަށެވެ. އާދީއްތަ ދުވަހުގެ އިރާކޮޅުވެސް މި ސަރަހައްދަށް މުސުމާ ބެހޭ ގައުމީ އިދާރާއިން ޔެލޯ އެލަރޓް ނެރިފައި ވެއެވެ. ނަމަވެސް އާދީއްތަ ދުވަހުގެ ދަންވަރު 2:00 އާ ހަމައަށް އެ އެލަރޓްގެ މުއްދަތު ހަމަވެ ދެވަނަ ފަހަރަށް ދަންވަރު 2:00 ން 6:00 ށް އެލަރޓްގެ މުއްދަތު އިތުރުކުރި އެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ގުގުރާ، ގަދަވަޔާއެކު ބޯކޮށް ވާރޭވެހެނޭ ކަމަށް ލަފާކުރެވޭ ކަމަށެވެ. މީގެ އިތުރުން ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 55 މޭލާ ދެމެދުގެ ބާރުމިނަކަށް ވައިގަދަވުން އެކަށީގެންވާ ކަމަށެވެ.

މީގެއިތުރުން ރާއްޖޭގެ ކަނޑުތައް ގަދަ ވާނެ އަދި ވިލާގަނޑުގައި އިތުރަށް ގަދަވެގެންދާނެ ކަމަށެވެ. މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ. އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި، ބޯކޮށް ވާރޭވެހި ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ އާންމުކޮށް ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އެދިފަ އެވެ.

އިތުރަށް ކިޔާލަން

18 ޖޫން 2017

ފްލައިމީ އަށް އައްޑު އާއި ފުވައްމުލަކަށް އުދުހުމުގެ ހުއްދައެއް ނުދިން!

18 ޖޫން 2017
ފްލައިމީ އަށް އައްޑު އާއި ފުވައްމުލަކަށް އުދުހުމުގެ ހުއްދައެއް ނުދިން!
17 ޖޫން 2017

އައްޑޫ ސިޓީއަށް އެއް ކިލޯގެ މަސްތުވާތަކެތި އެތެރެކުރި ބޯޓުގެ ކޭޝިއަރ ހައްޔަރު ކޮށްފި

17 ޖޫން 2017
އައްޑޫ ސިޓީއަށް އެއް ކިލޯގެ މަސްތުވާތަކެތި އެތެރެކުރި ބޯޓުގެ ކޭޝިއަރ ހައްޔަރު ކޮށްފި
11 ޖޫން 2017

ގަތަރާ ދެކޮޅު ގައުމު ތަކުން ނެރުނު ލިސްޓުގައި ހިމެނޭ ކުވައިތު މީހުންނާ ސުވާލު ކޮށްފި

11 ޖޫން 2017
ގަތަރާ ދެކޮޅު  ގައުމު ތަކުން ނެރުނު ލިސްޓުގައި ހިމެނޭ ކުވައިތު މީހުންނާ ސުވާލު ކޮށްފި
18 މެއި 2017

ނަގޫރޯޅިއެރުމުން ލިބުނު ގެއްލުންތަކާ ގުޅިގެން ރައީސްގެ ވަފްދެއް އައްޑޫ ސިޓީއަށް

18 މެއި 2017
ނަގޫރޯޅިއެރުމުން ލިބުނު ގެއްލުންތަކާ ގުޅިގެން ރައީސްގެ ވަފްދެއް އައްޑޫ ސިޓީއަށް
20 އެޕްރީލު 2017

އެމްޑީޕީގެ ޓީމަށް ލ. އަތޮޅުން ހޫނު މަރުހަބާއެއް!

20 އެޕްރީލު 2017
 އެމްޑީޕީގެ ޓީމަށް ލ. އަތޮޅުން ހޫނު މަރުހަބާއެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު