Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބަންގުލަދޭޝް މީހުން އަނބުރާ ގައުމަށް ފުރުން

ބަންގުލަދޭޝްގެ އިތުރު 67 މީހަކު އަނބުރާ ގައުމަށް ފޮނުވާލައިފި

ސައްހަ ލިޔެކިއުން ނެތި ރާއްޖޭގައި އުޅުނު ބަންގްލަދޭޝްގެ 335 މީހަކު ހޮނިހިރު ދުވަހު ވެސް ވަނީ ފޮނުވާލާފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 17 މެއި 2020 | އާދީއްތަ 23:28
ބަންގުލަދޭޝް މަސައްކަތްތެރިންގެ ތެރެއިން ބަޔަކު ފުރަން އެއަރޕޯޓަށް އައިސް؛ މިހާތަނަށް ހާހަކާ ގާތްކުރާ އަދަދަކަށް އެގައުމަށް މީހުން އަނބުރާ ފޮނުވާލާފައިވޭ

ބަންގުލަދޭޝް މަސައްކަތްތެރިންގެ ތެރެއިން ބަޔަކު ފުރަން އެއަރޕޯޓަށް އައިސް؛ މިހާތަނަށް ހާހަކާ ގާތްކުރާ އަދަދަކަށް އެގައުމަށް މީހުން އަނބުރާ ފޮނުވާލާފައިވޭ

ގަވައިދާހިލާފަށް ރާއްޖޭގައި އުޅެމުން ދިޔަ ބަންގްލަދޭޝްގެ 67 މީހަކު އަނބުރާ އެ ގައުމަށް ފޮނުވާލައިފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ މި މީހުން ބަންގްލަދޭޝް އަށް ދިޔައީ ކާނާ އާއި ސިއްހީ ބައެއް ތަކެތި ހިފައިގެން އިއްޔެ ރާއްޖެ އައި އެ ގައުމުގެގެ އަސްކަރީ މަތިންދާބޯޓެއްގައި ކަމަށެވެ. މީގެ އިތުރުން ވެސް އިތުރު މީހުން ގެންދިއުމުގެ މަސައްކަތް ކުރާނެކަމަށް ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ.

އާދީއްތަ ދުވަހު 67 ބަންގުލަދޭޝް މީހަކު އަނބުރާ ގައުމަށް ފޮނުވާލާފައިވަ އިރު ސައްހަ ލިޔެކިއުން ނެތި ރާއްޖޭގައި އުޅުނު ބަންގްލަދޭޝްގެ 335 މީހަކު ހޮނިހިރު ދުވަހު ވެސް ވަނީ އެ ގައުމަށް އަނބުރާ ފޮނުވާލާފަ އެވެ.

އެ މީހުން ފޮނުވާލާފައި ވަނީ ރާއްޖޭން ޗާޓަރުކުރި ބަންގްލާދޭޝްގެ ގައުމީ އެއާލައިން ބިމާންގެ ފްލައިޓެއްގަ އެވެ. ފޮރިން މިނިސްޓްރީން އިއްޔެ ބުނީ ބަންގްލަދޭޝްގެ ވައިގެ ސިފައިންގެ މަތިންދާބޯޓް އާދީއްތަ ދުވަހު ފުރާ އިރު އެ ގައުމުގެ 70 މީހުން ދާނެ ކަމަށެވެ. ނަމަވެސް ތިން މީހަކަށް ނުފުރުނީ އެކި ސަބަބުތަކާއި ގުޅިގެން ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.

ގަވާއިދާ ހިލާފަށް ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދު 60،000 ށް ވުރެ ގިނަ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ. އަދި މީގެ ތެރޭގައި ގިނައީ ބަންގުލަދޭޝްގެ މަސައްކަތްތެރިންނެވެ.

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި

14 ޖެނުއަރީ 2017
ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
10 ޖެނުއަރީ 2017

އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި

10 ޖެނުއަރީ 2017
އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު