Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕީކަށް ވީ ގޮތެއް ނޭނގުނު

ޕީކަށް ވީގޮތެއް ނޭނގޭ!

ޕީކް އަދި ނާދޭ، އިތުރަށް ކަންކަން ބެލުމަށްފަހު އާ ޑާޓާ އެކު ރީ ޕްރޮޖެކްޝަނަކަށް ދާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 17 މެއި 2020 | އާދީއްތަ 21:47
އެޗްޕީއޭގެ އެޕިޑިމިއަލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް، އާ ޕީކް ހޯދީނޭ މިހާރު ލިބިފައި ހުރި މައުލޫމާތު އެއްކުރެވުމުން

އެޗްޕީއޭގެ އެޕިޑިމިއަލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް، އާ ޕީކް ހޯދީނޭ މިހާރު ލިބިފައި ހުރި މައުލޫމާތު އެއްކުރެވުމުން

ލޮކްޑައުންއާއި ގުޅިގެން ޕީކް ވާންޖެހޭ ވަރަށް ޕީކް ނުވާ ކަމަށާއި، ޕީކް އަންނާނެ ދުވަހެއް ދެން އިނގޭނީ އާ ޑާޓާ އެއްކޮށް ރީ ޕްރޮޖެކްޝަނަކަށް ދިއުމުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ އެޕިޑިމިއަލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހު ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. އަފްޒަލް ވިދާޅުވީ ޕީކް އަދި ނާންނަ ކަމަށާއި، އިތުރަށް ކަންކަން ބެލުމަށްފަހު އާ ޑާޓާ އެކު ރީ ޕްރޮޖެކްޝަނަކަށް ދާނެ ކަމަށެވެ. އަދި އެހިސާބުން ޕީކަށްވީ ކިހިނެއްތޯ ދެނެގަނެވޭނެ ކަމަށެވެ.

ޑރ. އަފްޒަލް ވިދާޅުވީ ލޮކްޑައުންގެ ތެރޭގައި ކޭސްތައް މަދުވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި ލޮކްޑައުންއަކީ މިކަމަށް ނެގޭ އެންމެ ރަނގަޅު ފިޔަވަޅު ކަމަށްވާތީ ކަމަށެވެ. އަދި އިނިޝިއަލް ލޮކްޑައުންގައި ކޭސްގެ ނަންބަރު ލިބުނު މިންވަރަށް ބަލާފައި ޕްރޮޖެކްޝަންސް އެހުރީ ގެނެސްފައިވާ ކަމަށެވެ.

އެހެންނަމަވެސް ކުރިއަށް އޮތްތާގައި ނުވަތަ ކުރިއަށް އޮތް ދުވަސްތަކުގައި އަދި ހަފްތާ ތަކުގައި މަދުވާކަމުގައި ވާނަމަ ދެން ބަލާނީ ޓެސްޓް ކުރާ މިންވަރު ހުރީ ކިހަވަރެއްގައިތޯ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ. އަދި ދަށްނުވެ ހުރި ވަރުގައި ހުރެއްޖެއްޔާ ނުވަތަ އެ ލެވެލްގައި ހުރެއްޖެއްޔާ ފެންނަވަރު އިތުރުވާން ޖެހޭނެ ކަމަށެވެ.

ޑރ. އަފްޒަލް ވިދާޅުވީ އަންގިއާއި މާސްކާއި އަޅައިގެން ގައިދުރުކަން ބަހައްޓާތަން އަންމުންގެ ފަރާތުން ފެންނަ ކަމަށާއި ނަމަވެސް ހުރިހާ އެންމެން އެހެން ކަންތައް ނުކުރާ ކަމަށެވެ. ނަމަވެސް ނިސްބަތުން ގިނަބަޔަކު އެ މެސެޖް ލިބިގަނެގެން ބަލައިގަނެގެން އެކަމަށް އަމަލުކުރާތަން ފެންނަމުންދާ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

09 އޯގަސްޓު 2017

ރިލްވާނަށް ވީ ގޮތް ފުލުހުންނަށް ނޭނގޭތީ މައުމޫނު ކަންބޮޑުވުން ފާޅުކުރައްވައިފި

09 އޯގަސްޓު 2017
ރިލްވާނަށް ވީ ގޮތް ފުލުހުންނަށް ނޭނގޭތީ މައުމޫނު ކަންބޮޑުވުން ފާޅުކުރައްވައިފި
22 ޖޫން 2017

ދީނީކަންކަން ކުރިއަރުވާ ފަންޑުގެ އެއް މިލިއަން ރުފިޔާއަށް ވީނުވީއެއް ނޭނގޭ!

22 ޖޫން 2017
ދީނީކަންކަން ކުރިއަރުވާ ފަންޑުގެ އެއް މިލިއަން ރުފިޔާއަށް ވީނުވީއެއް ނޭނގޭ!
17 ޖޫން 2017

އަދީބުގެ ލޮލަށް ދަނީ ގޮތް ނޭނގޭ ބޭހެއް އަޅަމުން:ވަކީލު

17 ޖޫން 2017
އަދީބުގެ ލޮލަށް ދަނީ ގޮތް ނޭނގޭ ބޭހެއް އަޅަމުން:ވަކީލު
10 ޖޫން 2017

ފިޔޯރީ ކަނު އަނދިރީގައި، ކަރަންޓް ލިބޭނޭ އިރެއް ނޭނގޭ!

10 ޖޫން 2017
ފިޔޯރީ ކަނު އަނދިރީގައި، ކަރަންޓް ލިބޭނޭ އިރެއް ނޭނގޭ!
03 މެއި 2017

ފޯންގެ ޕިންކޯޑް ނޭނގޭތީ ރިޔާޒްގެ ފޯނުން އެއްވެސް މައުލޫމާތެއް ނުލިބުނު: ފޮރިންސިކް

03 މެއި 2017
ފޯންގެ ޕިންކޯޑް ނޭނގޭތީ ރިޔާޒްގެ ފޯނުން އެއްވެސް މައުލޫމާތެއް ނުލިބުނު: ފޮރިންސިކް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު