Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިކޮނޮމިކް ރިލީފް ސްކީމް

މުވައްޒަފުން ވަކިކުރި ކުންފުނިތަކަށް ޝަރުތުތަކާއެކު ލޯނު ހޯދަން އިތުރު ފުރުސަތެއް

16 މެއި 2020 | ހޮނިހިރު 11:27

ބޭނުމަކީ ވަޒީފާއިން ވަކިކުރި ފަރާތްތަކަށް އަނބުރާ ވަޒީފާ ލިބި، ވަޒީފާ ނެތިފައިތިބި މީހުން މަދުކުރުން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 16 މެއި 2020 | ހޮނިހިރު 11:27
ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު: މުވައްޒަފުން ވަޒީފާއިން ވަކިކުރި ކުންފުނިތަކަށް ވެސް ލޯނަށް އެދެވޭނެ ފުރުސަތު ލިބޭނެ އުސޫލެއް ގާއިމު ކޮށްފައިވާ ކަމަށް ވިދާޅުވި

ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު: މުވައްޒަފުން ވަޒީފާއިން ވަކިކުރި ކުންފުނިތަކަށް ވެސް ލޯނަށް އެދެވޭނެ ފުރުސަތު ލިބޭނެ އުސޫލެއް ގާއިމު ކޮށްފައިވާ ކަމަށް ވިދާޅުވި

ކޮވިޑް-19 ބަލިމަޑުކަމާއި ގުޅިގެން ބައެއް ކުންފުނިތަކުން ވަޒީފާއިން މީހުން ވަކިކޮށް، ނުވަތަ މުސާރަ އުނިކޮށް ނުވަތަ މުސާރަ ނުހިނގާ ގޮތައް ޗުއްޓީއަށް ދާން މަޖުބޫރު ކުރި ކުންފުނިތަކަށް ވެސް އެހީތެރިވުމުގެ ގޮތުން ސަރުކާރުން ދޫކުރާ ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.

ހޮނިހިރު ދުވަހު ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިޞާދަށްވެސް ވަރަށް ބޮޑަށް ނުރަނގަޅު އަސަރުތަކެއްކޮށް، ގިނަ ބައެެއްގެ ވަޒީފާތަކަށް އަސަރުކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް ސަރުކާރުން ބާރު އަޅަނީ ވަޒީފާތަކުން މުވައްޒަފުން ވަކި ނުކުރުމަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

Advertisement - newsAdvertisement

އެގޮތުން، ވަޒީފާތަކުން މުވައްޒަފުން ވަކި ނުކުރާ އަމިއްލަ ވިޔަފާރިތަކަށް ސްޓިމިއުލަސް ޕެކޭޖްގެ ދަށުން ލޯނު ދޫކުރާނެ ކަމަށް ސަރުކާރުން ވަނީ މީގެކުރިން ހާމަކޮށްފަ އެވެ.

ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވީ، ލޯނަށް އެެދި ހުޅުވާލި ފުރުސަތުގައި ވަޒީފާއިން މުވައްޒަފުން ވަކިކޮށް، މުސާރަ އުނިކޮށް ނުވަތަ މުސާރަ ނުހިނގާ ގޮތައް ޗުއްޓީއަށް ދާން މަޖުބޫރު ކުރި ބައެއް ކުންފުނިތަކުގެ ލޯން އެޕްލިކޭޝަންތައް ކުރިން 'ރިޖެކްޓް' ކުރަމުން އައި ނަމަވެސް އެފަރާތްތަކަށްވެސް މިހާރު އިތުރު ފުރުސަތެއް ހުޅުވާލަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން، ވަޒީފާއިން މުވައްޒަފުން ވަކިކުރި، ނުވަތަ މުސާރަ ނުހިނގާ ގޮތައް ޗުއްޓީއަށް ދާން މަޖުބޫރު ކުރި ކުންފުނިތަކުން، ވަޒީފާއިން ވަކިކޮށްފައިވާ މުވައްޒަފުން އަލުން އަނބުރާ ވަޒީފާ ދިނުމާއި، އަދި މަދުވެގެން 5000ރ އެފަރާތްތަކުގެ މުސާރައަށް ދޭން އެއްބަސްވާ ކުންފުނިތަކަށް ލޯނަށް އެދުމުގެ ފުރުސަތު ލިބިގެންދާނެ ގޮތަށް މިހާރު ހަމަޖައްސާފައިވާ ކަމަށް މިނިސްޓަރު އަމީރު ވިދާޅުވި އެވެ. މިނިސްޓަރު އަމީރު ވިދާޅުވީ، މިކަމާ ގުޅޭ ފިނޭންސް މިނިސްޓްރީގެ ސަރކިއުލަރ މިއަދު އާންމު ކުރައްވާނެ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ވަޒީފާއިން ވަކިކުރި ފަރާތްތަކަށް ސަރުކާރުން ވަނީ 5،000ރ ދޭން ނިންމާފަ އެވެ. އަދި ވިޔަފާރިތަކުންނާއި އަމިއްލަ މަސައްކަތުން އާމްދަނީ ހޯދަމުންދިޔަ ފަރާތްތަކުގެ ތެރެއިން އާމްދަނީ ދަށްވެފައިވާ ފަރާތްތަކަށްވެސް ސަރުކާރުން ވަނީ ލޯނަށް އެެދުމުގެ ފުރުސަތު ހުޅުވާލާފަ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!

01 ފެބުރުއަރީ 2017
މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!
01 ފެބުރުއަރީ 2017

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
26 ޖެނުއަރީ 2017

މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

26 ޖެނުއަރީ 2017
މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ
22 ޖެނުއަރީ 2017

ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި

22 ޖެނުއަރީ 2017
ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
11 ޖެނުއަރީ 2017

މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި

11 ޖެނުއަރީ 2017
މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި
11 ޖެނުއަރީ 2017

އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި

11 ޖެނުއަރީ 2017
އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް