އިތުރު 11 މީހުން ޕޮޒިޓިވްވެ، ޖުމުލަ އަދަދު 1031ށް!
އޭގެ ތެރޭގައި ހިމެނެނީ، 8 ދިވެހިންނާއި، ބަނގްލަދޭޝްއަށް ނިސްބަތްވާ 3 މީހެއް

ލައިޝާ އަހްމަދު | 15 މެއި 2020 | ހުކުރު 22:33

އައިޖީއެމްއެޗް ލެބޯޓަރީގައި ކޮވިޑް-19 އަށް ޓެސްޓު ކުރަނީ- ރާއްޖެއިން މިހާތަނަށް 1031 ކޭސް ފެނިފައިވޭ
ރާއްޖެއިން އިތުރު 11 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެ އެވެ.
ހުކުުރު ދުވަހުގެރޭ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ކުރި ޓްވީޓެއްގައި ބުނީ، ހުކުރު ދުވަހުގެރޭ 03:00 ގެ ނިޔަލަށް އިތުރު 11 މީހަކު ވައިރަސްއަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެގޮތުން އޭގެ ތެރޭގައި ހިމެނެނީ، 8 ދިވެހިންނާއި، ބަނގްލަދޭޝްއަށް ނިސްބަތްވާ 3 މީހެއްކަމަށް އެޗްޕީއޭއިން ބުނެ އެވެ.
އެއާއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 1031ށް އަރާފަ އެވެ.


