Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނ.މަނަދޫއިން ކޮމިއުނިޓީ ސްޕްރެޑެއް ފެނުން

މަނަދޫން ޕޮޒިޓިވްވި 9 މީހުން މާދަމާ އިރުފުއްޓަށް ބަދަލު ކުރަނީ

15 މެއި 2020 | ހުކުރު 19:08

އެރަށުން ނެގި 34 ސާމްޕަލްގެ ތެރެއިން 9 ސާމްޕަލްއެއް ޕޮޒިޓިވްވެފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 15 މެއި 2020 | ހުކުރު 19:08
އިރުފުށި ރިސޯޓް- މަނަދޫން ޕޮޒިޓިވްވި މީހުން މި ރިސޯޓުގެ ފެސިލިޓީއަށް ގެންދިއުމުގެ ތައްޔާރީތައް އެރަށު ޓާސްކްފޯސްއިން ދަނީ ވަމުން

އިރުފުށި ރިސޯޓް- މަނަދޫން ޕޮޒިޓިވްވި މީހުން މި ރިސޯޓުގެ ފެސިލިޓީއަށް ގެންދިއުމުގެ ތައްޔާރީތައް އެރަށު ޓާސްކްފޯސްއިން ދަނީ ވަމުން | ގޫގުލް

ނ. މަނަދޫއިން ކޮވިޑް-19އަށް ޕޮޒިޓިވްވި 9 މީހުން އެއަތޮޅު އިރުފުއްޓަށް ބަދަލު ކުރުމަށް ނިންމާފައި ވާކަމަށް ނ މަނަދޫ ކައުންސިލުން ބުނެފި އެވެ.

ހުކުރު ދުވަހުގެރޭ ރާއްޖެޓީވީގެ ކޮވިޑް-19 ކަވަރޭޖަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި ނ. މަނަދޫ ކައުންސިލްގެ ރައީސް މުހައްމަދު އުމަރު ވިދާޅުވީ، އެރަށުން ނެގި 34 ސާމްޕަލްގެ ތެރެއިން 9 ސާމްޕަލްއެއް ޕޮޒިޓިވްވެފައިވާ ކަމަށާއި، އެ މީހުންނަކީ އެ ރަށުން އެންމެ ފުރަތަމަ ޕޮޒިޓިވްވި އަންހެން މީހާއައި ކޮންޓެކްޓްވި މީހުން ކަމަށެވެ.

Advertisement - newsAdvertisement

އޭގެ އިތުރުން، ޕޮޒިޓިވްވި މީހުން އެކަހެރިކޮށް އެ މީހުން ކަރަންޓީނަށް ގެންދިޔުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، ހޮނިހިރު ދުވަހުގެ ވަގުތެއްގައި އެމީހުން އެ އަތޮޅު އިރުފުއްޓަށް ބަދަލު ކުރުމަށް ނިންމާފައިވާކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިވަގުތު ކުރިއަށްދަނީ އެމީހުން ރަށުގައި އައިސޮލޭޓް ކުރުމުގެ މަސައްކަތްކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ، ރަށުގެ ގެސްޓުހައުސްތަކާއި، އަތޮޅުގޭގެ ކޮޓަރިތައް އެކަމަށް ބޭނުންކުރަމުންދާ ކަމަށެވެ.

އުމަރު ވިދާޅުވީ، އެ މަސައްކަތުގެ ތެރެއިން ހުކުރު ދުވަހުގެ ވަގުތެއްގައި މަނަދޫއަށް ވިއްސާރަވެ މުޅި ރަށުން ކަރަންޓު ދިއުމާއެކު، އެ މަސައްކަތްތަކުގައި ދަތިތަކެއް ދިމާވި ކަމަށެވެ. އަދި އެކަމުގެ ސަބަބުން މީހުން ބަދަލު ކުރުމުގެ މަސައްކަތް ލަސްވެގެންދިޔަކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، ކަރަންޓު ލިބިފައިހުރި މަގުތަކުގައި ހުރި ގޭގޭއަށް މީހުން ބަދަލު ކުރުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށެވެ.

އެކަމާ ގުޅޭގޮތުން ރާއްޖެޓީވީގެ ކަވަރޭޖްގައި ވާހަކަ ދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު މުޙައްމަދު ވިދާޅުވީ، އެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި، މަނަދޫގައި ދިމާވި މައްސަލައަކީ ކުއްލި ގޮތަކަށް ދިމާވި މައްސަލައެއް ކަމަށެވެ. އެގޮތުން އިންޖީނުގޭގެ ކެޕޭސިޓީގެ މައްސަލައެއް ނެތް ކަމަށާއި، ރަށުގައި އާދަޔާ ޚިލާފަށް ފެންބޮޑުވުމުގެ ސަބަބުން ކޭބަލްތަކަށް ފެން ވަދެފައިވާކަން ފާހަގަކުރައްވައި ސައީދު ވިދާޅުވީ، މިވަގުތުވެސް ކެނޑިނޭޅި މަސައްކަތް ކުރަމުންދަނީ އެ މައްސަލަތައް ހައްލު ކުރުމަށް ކަމަށެވެ.

މަނަދޫއިން އިތުރު ބަޔަކު ޕޮޒިޓިވްވެ ކޮމިއުނިޓީ ސްޕްރެޑެއް ފެނިފައިވާއިރު، މިވަގުތު ރަށުގެ ރައްޔިތުންވެސް ތިބީ ބޮޑު ކަންބޮޑުވުމެއްގައި ކަން ފާހަގަ ކުރައްވައި ކައުންސިލްގެ ރައީސް އުމަރު އިތުރަށް ވިދާޅުވީ، މިވަގުތުވެސް ކޭސްތަކާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގ ގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މިވަގުތު ރައްޔިތުން ބޭރަށް ނުކުތުންވެސް މަނާ ކޮށްފައިވާކަމަށާއި، ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ޓާސްކްފޯހުން ކުރަމުންދާކަމަށް އޭނާ ވިދާޅުވި އެވެ.

އެންމެ ހިނގާ

1

މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ލިސްޓުގައި 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިމެނޭތީ، އެ މައްސަލަ ފުލުހަށް ހުށަހަޅައިފި

2

ލިޔެކިޔުންތަކަށް ބަދަލު ގެނެސް ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް އެތައް މިލިއަން ޑޮލަރެއްގެ އަސްކަރީ މުދާ އުފުލާ: ރިޕޯޓު

3

ނާމަލް ރާޖަޕަކްސަ ހައްޔަރުކޮށްފި

4

އީރާން ހަނގުރާމަ ނިމުނުކަން އިޢުލާނުކުރަން ޓްރަމްޕް ވިސްނަވަނީ

5

ނެދަލެންޑްސްއިން އެމެރިކާގައި ބަހައްޓާފައި ހުރި 10 ބިލިއަން ޑޮލަރުގެ ރަން އަނބުރާ ގެންދިޔައީ ކީއްވެ؟

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017
ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު
21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
17 ޖެނުއަރީ 2017

ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!

17 ޖެނުއަރީ 2017
ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް