Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮމަންވެލްތާއެކު ބޭއްވި ބައްދަލުވުން

ކޮވިޑް-19އާ ދެކޮޅަށް ކުރާ މަސައްކަތުގައި ރާއްޖެއަށް ގޮންޖެހުން ކުރިމަތިވޭ: އަމީން

15 މެއި 2020 | ހުކުރު 09:20

ކޮމަންވެލްތް ގައުމުތަކުން ގުޅިގެން މަސައްކަތް ކުރުން މުހިންމު

އަމްނާ އިމާދު
އަމްނާ އިމާދު | 15 މެއި 2020 | ހުކުރު 09:20
ވަރޗުއަލްކޮށް ބޭއްވި މިބައްދަލުވުމުގައި ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ރާއްޖޭގެ ހާލަތު ބަޔާންކޮށްދެއްވާފައި

ވަރޗުއަލްކޮށް ބޭއްވި މިބައްދަލުވުމުގައި ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ރާއްޖޭގެ ހާލަތު ބަޔާންކޮށްދެއްވާފައި

ކޮވިޑް-19އާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި ރާއްޖޭގެ ރަށްތައް ބެހިފައި ހުންނަ ގޮތުން ތަފާތު ގިނަ ގޮންޖެހުންތައް ކުރިމަތިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަމީން މިހެން ވިދާޅުވީ ކޮމަންވެލްތުގެ މެންބަރު ޤައުމުތަކުގެ ހެލްތު މިނިސްޓަރުންގެ ވާރޗުއަލް ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

މިއަހަރުގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަމީން ރާއްޖޭގެ ހާލަތު ބަޔާންކޮށް ދެއްވައި ރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުވާލާ ވާހަކަ ދެއްކެވިއެވެ. އަދި ކޮމަންވެލްތު މެންބަރު ގައުމުތަކުން ގުޅިގެން ކޮވިޑް-19ށް ހައްލެއް ހޯދުމަށް މަސައްކަތް ކުރުމުގެ މުހިންމުކަން ވެސް މިނިސްޓަރު ވަނީ ފާހަގަ ކުރައްވާފަ އެވެ.

މިނިސްޓަރު އަމީން ވިދާޅުވީ ރާއްޖޭގެ އާބާދީގައި ނިސްބަތުން މީހުން މަދު ނަމަވެސް ރަށްތަށް ބެހިފައި ހުންނަގޮތުން ތަފާތު ގޮންޖެހުންތަކެއް ދިމާވާ ކަމަށާއި، ރާއްޖޭއިން މިކަމަށް ހައްލު ހޯދުމަށް އެހެން ގައުމުތަކާއެކު މަސައްކަތްކުރަން ތައްޔާރަށް އޮތް ކަމަށެވެ.

މިބައްދަލުވުމުގައި ކޮމަންވެލްތުގެ ސެކެޓްރީ ޖެނެރަލް ޕެޓްރީޝިއާ ސްކޮޓްލަންޑް ވިދާޅުވީ މިވަގުތަކީ ހުރިހާ ގައުމުތަކުން ވެސް އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރަން ޖެހިފައިވާ ދަނޑިވަޅެއް ކަމަށެވެ. އަދި ވިދާޅުވީ މިދަނޑިވަޅަކީ، ގައުމުތަކުގެ މެދުގައި ގުޅުން ހަރުދަނާކުރުމަށް ބާރުއަޅަންޖެހޭ ވަގުތެއް ކަމަށެވެ. ހަމައެހެންމެ، ގައުމުތަކުގެ އެތެރޭގެ ޚިޔާލު ތަފާތުވުންތައް ނައްތާލައި އެއްބައެއްގެ ގޮތުގައި މަސައްކަތްކުރަން ޖެހިފައިވާ ވަގުތެއްކަން ފާހަގަކުރެއްވިއެވެ. އެ ކަމަނާގެ ވާހަކަފުޅުގައި، އިސް ސަފުގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ޝުކުރުއަދާ ކުރައްވައި ޒިންމާ އުފުލުމުގެ ތެރޭގައި މި ދުނިޔެއާއި ވަކިވެގެން ދިޔަ ފަރާތްތަކުގެ ހަނދާނުގައި 1 މިނެޓުގެ ސުކޫތެއް ގެނެވުނެވެ.

މިބައްދަލުވުމުގައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިޔު.އެޗް.އޯ) ގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޯސް އެދަނޯމް ގެބްރިއޭސަސް ބައިވެރިވެ ވަޑައިގެންނެވިއެވެ. ބައްދަލުވުމުގައި އެމަނިކުފާނު ދެއްކެވި ވާހައިގައި، 'ޕްރައިމަރީ ހެލްތު ކެއަރ' އަށް ގައުމުތަކުން ދޭ އަހަމިއްޔަތު މިހާރަށްވުރެ ބޮޑަށް ހަރުދަނާ ކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި ގައުމުތަކުން އާންމު ސިއްހަތުގެ ރޮނގުން ހޯދާފައިވާ ކުރިއެރުންތަށް ދެމެހެއްޓޭނޭ ގޮތަށް ކަންކަން ބައްޓަންކޮށް، އެ ކަންކަމަށް ސަމާލުވުމަށް އިލްތިމާސް ކުރެއްވިއެވެ.

ދެގަޑި އިރެއްހާއިރަށް ކުރިއަށްދިޔަ މިބައްދަލުވުން ނިމިގެން ދިޔައީ، ގައުމުތަކުގެ ހެލްތު މިނިސްޓަރުން އެއްބަސްވާ އެއްބަސްވުމެއް ހުށަހަޅާފައެވެ. މިއެއްބަސްވުމުގައި ކޮވިޑް-19އާ ގުޅިގެން ގައުމުތަކުން ކުރަމުންދާ މަސައްކަތާ ބެހޭ މަޢުލޫމާތު ބަދަލުކުރުމާއި، ކޮވިޑް-19އާއި ގުޅިގެން ނާޒުކު ޙާލަތްތައް މެދުވެރި ވެފައިވާ ފަރާތްތަކައް އިތުރު އަޅާލުން ފޯރުކޮށްދިނުމާއި، އުމުރުން ދުވަސްވީ މީހުންނާއި، ދިގުމުއްދަތަކަށް ބޭސް ފަރުވާ ކުރަމުންދާ އެކިއެކި ފަރާތްތަކަށް އިތުރު ސަލާމުކަމެއް ދިނުމުގެ މައްޗަށް އަލިއަޅުވާލާފައި ވެއެވެ.

ޑަބްލިއުއެޗްއޯ އިން ކޮވިޑް-19ގައި ފޯރުކޮށް ދެމުން ގެންދާ ފަންނީ އެހީތެރިކަން ފާހަގަކޮށް، އެކި ދާއިރާތަކުން އެއް މިސްރާބަކަށް މަސައްކަތް ކުރުމުގެ މުހިއްކަން ފާހަގަކޮށް، ގައުމުތަކަށް ބޭނުންވާ ބޭހާއި ސިއްހީ އާލާތްތައް ފޯރުކޮށްދެވޭނެގޮތަށް ކަންކަން މަގުފަހިކޮށްދިނުމަށް ހުށަހަޅާފައި ވެއެވެ.

މިބައްދަލުވުމުމަކީ، ރާއްޖެ އަލުން ކޮމަންވެލްތާއި ގުޅުމަށް ފަހު ރާއްޖެއިން ބައިވެރިވި ފުރަތަމަ ބައްދަލުވުމެވެ. އަދި މިބައްދަލުވުމަކީ ކޮމަންވެލްތުގެ ހެލްތު މިނިސްޓަރުން ފުރަތަމަ ފަހަރަށް ވާރޗުއަލްކޮށް ބޭއްވި ބައްދަލުވުން ވެސް މެއެވެ. ބުރާސްފަތި ދުވަހު ބޭއްވި މިބައްދަލުވުމުގައި ކޮމަންވެލްތުގެ މެންބަރު 57 ގައުމުތަކުގެ ތެރެއިން 27 ގައުމެއްގެ ހެލްތު މިނިސްޓަރުން ބައިވެރިވެ ވަޑައިގެންނެވި އެވެ.

އާންމުގޮތެއްގައި ކޮމަންވެލްތު ހެލްތު މިނިސްޓަރުންގެ ބައްދަލުވުމަކީ ކޮންމެ އަހަރަކުވެސް ބާއްވާ ވަރލްޑް ހެލްތު އެސެމްބްލީގެ ކުރިން ޖެނީވާގައި ބާއްވާ ބައްދަލުވުމެކެވެ. ނަމަވެސް ކޮވިޑް-19އާ ގުޅިގެން މިފަހަރު މި ބައްދަލުވުމުގައި ގައުމުތަކުން ބައިވެރިވެ ވަޑައިގެންނެވީ އެބޭފުޅެއްގެ އަމިއްލަ ގައުމުން ވާރޗުއަލްކޮށެވެ.

ކޮމަންވެލްތު ހެލްތު މިނިސްޓަރުންގެ ބައްދަލުވުމުގައި ރާއްޖެއިން އެންމެ ފަހުން ބައިވެރިވެވީ 2016 ވަނަ އަހަރު ސްވިޓްޒަރލޭންޑުގެ ޖެނީވާގައި ބޭއްވި ބައްދަލުވުމުގަ އެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

30 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި
24 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
22 ޖެނުއަރީ 2017

މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި

22 ޖެނުއަރީ 2017
މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް