Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމުވައްޒަފުންގެ އެކަމަޑޭޝަންގެ އުސޫލު

މުއައްޒަފުންގެ އެކޮމަޑޭޝަން ހަމަޖައްސާނެ ގޮތުގެ އުސޫލު އާންމު ކޮށްފި

މުވައްޒަފުން ކަރަންޓީނު ކުރާތަނުގައި ރަނގަޅު ހާލަތެއްގައި ބޭތިއްބޭނެ އިންތިޒާމް ހަމަޖައްސަން ޖެހޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 15 މެއި 2020 | ހުކުރު 01:41
ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނަށް ހިންގި ޕްރޮގްރާމެއްގެ ތެރެއިން؛ ގިނަ މުވައްޒަފުން ގެންގުޅޭ ފަރާތްތައް އަމަލުކުރާނެ އުސޫލު ވަނީ ކަނޑައަޅާ އެއަށް އަމަލުކުރުމަށް އަންގާފައި

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނަށް ހިންގި ޕްރޮގްރާމެއްގެ ތެރެއިން؛ ގިނަ މުވައްޒަފުން ގެންގުޅޭ ފަރާތްތައް އަމަލުކުރާނެ އުސޫލު ވަނީ ކަނޑައަޅާ އެއަށް އަމަލުކުރުމަށް އަންގާފައި

ކޮވިޑް-19 އާއި ގުޅިގެން ގިނަ މުއައްޒަފުން ގެންގުޅޭ ކުންފުނި ތަކާއި މުއައްސަސާތަކުން މުވައްޒަފުންގެ އެކޮމަޑޭޝަންގެ އިންތިޒާމު ހަމަޖައްސާނޭ ގޮތުގެ އުސޫލެއް އެކުލަވާލާ އާންމުކޮށްފި އެވެ.

އެޗްޕީއޭއިން އާންމުކޮށް ފައިވާމިއުސޫލަކީކޮވިޑް-19 އާއި ގުޅިގެން ގިނަ މުވައްޒަފުން ގެންގުޅޭ ކުންފުނި ތަކާއި މުއައްސަސާތަކުން މުވައްޒަފުންގެ މެދުގައި ބަލިފެތުރުން ހުއްޓުވުމަށާއި، އެމީހުންގެ މެދުގައި ބަލި ފެންނަ ހާލަތުގައި އެތަންތަނުގައި މީހުން އެކަހެރިކޮށް/ކަރަންޓީނުކުރުމާއި ފެސިލިޓީއެއްގައި ކަރަންޓީނު ވުމަށްފަހު އެނބުރި އަންނަ މުވައްޒަފުން ބެލެހެއްޓުމުގެ މަގުސަދުގައި އެކުލަވާލާފައިވާ އުސޫލެކެވެ.

މި އުސޫލުގެ ދަށުން ޒިންމާ ވާ ފަރާތްތަކަކީ އެއްތަނެއްގައި ގިނަ މުވައްޒަފުންނަށް އެކޮމަޑޭޝަން އިންތިޒާމު ހަމަޖައްސާފައިވާ ކުންފުނި ތަކާއި މުއައްސަސާތަކުގެ ވެރިންނާއި، މިތަންތަނުގައި ދިރިއުޅޭ މުވައްޒަފުންނާއި އެހެނިހެން މީހުންނެވެ.

މި އުސޫލުގެ ދަށުން މުވައްޒަފުން ގެންގުޅޭ ފަރާތުގެ ޒިންމާތަކުގެ ތެރޭގައި، މުވައްޒަފުން ކަރަންޓީނު ކުރާތަނުގައި ރަނގަޅު ހާލަތެއްގައި ބޭތިއްބޭނެ އިންތިޒާމު ހަމަޖެއްސުމާއި، މުވައްޒަފުންގެ ކެއިން ބުއިމުގެ ކަންތައްތައްކާއި އެހެނިހެން ޒަރޫރީ ބޭނުންތައް ރައްކާތެރިކަމާއެކު ފުއްދައިދިނުމުގެ އިންތިޒާމު ހަމަޖެއްސުން ހިމެނެއެވެ. އަދި އެއްވެސް މުވައްޒަފެއްގެ ފަރާތުން ރޯގާގެ ޢަލާމާތްތައް ފެނިއްޖެނަމަ އެމީހަކު އެހެން މީހުންނާ ވަކިން ބެހެއްޓުމުގެ އިންތިޒާމު ދިރިއުޅޭ ތަނުގައި ހަމަޖެއްސުމާއި، އަލާމާތް ހުންނަ މީހުން މާސްކް އަޅައިގެން އުޅުމުގެ އިންތިޒާމު ހަމަޖައްސަން ޖެހެއެވެ.

އަދި ކޮވިޑް-19އާ ގުޅޭގޮތުން އޮތޯރިޓީތަކުން ދެމުންދާ މަޢުލޫމާތުތަކަށް މުވައްޒަފުން އަހުލުވެރިކުރުމާއި އިރުޝާދުތަކާ އެއްގޮތަށް މުވައްޒަފުންގެ އަމަލުތައް ބެހެއްޓުމަށް ބާރުއެއެޅޭގޮތަށް ކަންކަން އިންތިޒާމުކުރުން ހިމެނެއެވެ. މީގެ އިތުރުން ހުރިހާ މުވައްޒަފުންގެ މަޢުލޫމާތު ހިމެނޭ (ނަން، ޕާސްޕޯރޓް ނަމްބަރު / ވޯކްޕާމިޓް، ފޯން ނަމްބަރު، އެޑްރެސް) ގެ ފުރިހަމަ ލިސްޓެއް ނަގައި ބެލެހެއްޓުމާއި، މުވައްޒަފުން ޤަވާއިދުން މޮނީޓަރކުރެވޭނެ އިންތިޒާމެއް ޤާއިމް ކުރުން އަދި އެގޮތުން މުވައްޒަފުން ދިރިއުޅޭ ކޮންމެ ތަނެއްގައި އިސްކޮށް ހަރަކާތްތެރިވާނެ ސުޕަވައިޒަރެއް ކަނޑައެޅުން އަދި ދުވާލަކު 1 ފަހަރު ހުރިހާ މުއައްޒަފުންގެ ޙާލަތު ބަލަމުން ގެންދިއުމަށް ވަނީ އަންގާފައެވެ. އަދި މިއާއެކު މުވައްޒަފުންނާ މުޢާމަލާތު ކުރެވޭނެ (ފޯން / ލޭންޑްލައިން) ގެ އިންތިޒާމު ހަމަޖައްސަން ވާނެ ކަމަށް ބުނެފައި ވެއެވެ.

މި އުސޫލުގައި ސުޕަވައިޒަރުގެ ޒިންމާތަކެއް ވެސް ވަނީ ކަނޑައަޅާފަ އެވެ. އަދި މުވައްޒަފުންގެ ޒިންމާތަކެއް ވެސް ހިމެނެއެވެ.

މުވައްޒަފުން ކަރަންޓީނު/އައިސޮލޭޓު ކުރުމަށް ކުންފުނިން ނުވަތަ މުއައްސަސާތަކުން ހަމަޖައްސާ ތަންތަން ހުންނަންޖެހޭ ގޮތްވެސް މި އުސޫލުގައި ވަނީ ހިމަނާފައެވެ. އެގޮތުން ތަނުގެ އާންމު މިންގަނޑުތައް ހުންނަންވާނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ "ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީ ފަރާތްތައް ދިރިއުޅުމަށް ވަޒީފާ ދޭފަރާތުގެ "އެކަމަޑޭޝަން" ހަމަޖައްސައި ދިނުމުގެ އުސޫލާއި އެއްގޮތަށެވެ.

މި އުސޫލުގައި ބުނާ ތަންތަނާއި ގެންގުޅޭތަކެތި ސާފުކުރުމާއި ޑިސްއިންފެކްޓް ކުރުމުގެ ބައިގައި ބުނެފައިވަނީ މުވައްޒަފުން ދިރިއުޅޭތަންތަން ކޮންމެ ދުވަހަކު މަދުވެގެން 1 ފަހަރު ސާފުކުރަން ވާނެއެވެ. އަދި ސާފުކުރާ ވަގުތު ދޮރާއި ކުޑަދޮރު ހުޅުވާ ވައި ދައުރުވާ ގޮތަށް ބަހައްޓަން ވާނެ ކަމަށާއި، އާންމުކޮށް އަތްލާ ތަންތަން މަދުވެގެން ދުވާލަކު 2 ފަހަރު ސައިބޯނި ފެން ފޮތިގަނޑަކުން ރަނގަޅަށް ސާފު ކުރަންވާނެ ކަމަށް ބުނެފައި ވެއެވެ. އަދި މުވައްޒަފަކު އެކަހެރިކޮށްފައިވާނަމަ މަދުވެގެން ހަފުތާއަކު 1 ފަހަރު އެތަނެއް ލައްފިލުވާ ސޮލިއުޝަން ބޭނުންކޮށްގެން ސާފު ކުރަންވާނެ ކަމަށް ބުނެފައިވެއެވެ. އަދި ރޯގާ ނުވަތަ ހޮޑުފަދަ އެއްޗެއް ހޭކިފައި ވާނަމަ އެތަނެއް ފުހެލުމަށްފަހު ޑިޓަރޖަންޓް ބޭނުންކޮށްގެން ސާފުކުރުމަށް ފަހު ލައްފިލުވާ ސޮލިއުޝަނުން ޑިސްއިންފެކްޓް ކުރަންވާނެ ކަމަށް މި ބައިގައި ވަނީ ބުނެފައެވެ.

ފެސިލިޓީގައި ކަރަންޓީނު ވުމަށްފަހު އެނބުރި އަންނަ މުވައްޒަފުން ބަހައްޓާ ތަނުގެ އާންމު މިންގަނޑުތައް ހުންނަންވާނީ ވަޒީފާ ދޭފަރާތުގެ "އެކަމަޑޭޝަން" ހަމަޖައްސައިދިނުމުގެ އުސޫލާއި އެއްގޮތަށެވެ. މީގެ އިތުރުން ކޮވިޑް-19އާއި ގުޅޭ މަޢުލޫމާތު، ތަނުގެ ސާފުތާހިރުކަމާއި މުއައްޒަފުގެ ޒާތީ ސާފުތާހިރުކަމާއި ޞިއްޙަތާ ގުޅޭ މަޢުލޫމާތުތަކަށް މުއައްޒަފުން ހޭލުންތެރި ކުރަންވާނެ ކަމަށް ބުނެފައި ވެއެވެ.

އަދި ކުންފުނި ނުވަތަ މުއައްސަސާތަކުން މުއައްޒަފުން ކަރަންޓީނު ނުވަތަ އައިސޮލޭޓު ކުރުމާއި ފެސިލިޓީގައި ކަރަންޓީނު ވުމަށްފަހު އެނބުރި އަންނަ މުއައްޒަފުން ބެހެއްޓުމަށް ހަމަޖައްސާ ތަންތަނުގައި މުއައްޒަފުން ބޭތިއްބުމުގެ ކުރިން، އެޗް.ޕީއޭފޯމުފުރުމަށް ފަހު qa@health.gov.mv އަށް މެއިލް ކުރަންޖެހޭނެ ކަމަށް މި އުސޫލުގައި ބުނެފައިވެއެވެ.

އިތުރަށް ކިޔާލަން

04 މާރިޗު 2017

ސައުދީ ރަސްގެފާނަށް ފާޑުވިދާޅުވުމަކީ އިސްލާމީ އުސޫލުތައް ނިކަމެތި ކުރުން: ޑރ ޝައިނީ

04 މާރިޗު 2017
ސައުދީ ރަސްގެފާނަށް ފާޑުވިދާޅުވުމަކީ އިސްލާމީ އުސޫލުތައް ނިކަމެތި ކުރުން: ޑރ ޝައިނީ
03 މާރިޗު 2017

ދައުލަތުގެ ލިޔެކިޔުންތަކާއި ރިކޯޑްތައް ނައްތާލުމުގައި އަމަލު ކުރަންޖެހޭ ގޮތުގެ ގަވާއިދެއް އެކުލަވާލައިފި

03 މާރިޗު 2017
ދައުލަތުގެ ލިޔެކިޔުންތަކާއި ރިކޯޑްތައް ނައްތާލުމުގައި އަމަލު ކުރަންޖެހޭ ގޮތުގެ ގަވާއިދެއް އެކުލަވާލައިފި
03 މާރިޗު 2017

ކަންބޮޑުވަނީ ފ. އަތޮޅަށް ހަދަން އުޅޭ ގޮތުގެ ހަޤީގަތް ސާފުކޮށް ނުދޭތީ: މަގޫދޫ ކައުންސިލަރ

03 މާރިޗު 2017
ކަންބޮޑުވަނީ ފ. އަތޮޅަށް ހަދަން އުޅޭ ގޮތުގެ ހަޤީގަތް ސާފުކޮށް ނުދޭތީ: މަގޫދޫ ކައުންސިލަރ
25 ފެބުރުއަރީ 2017

ފްރީހޯލްޑް އުސޫލުންކަމަށް ބުނެ ގަންނަ ފަރާތަށް ބިން މިލްކުކޮށްދެނީ: ހުސްނުއް ސުއޫދު

25 ފެބުރުއަރީ 2017
ފްރީހޯލްޑް އުސޫލުންކަމަށް ބުނެ ގަންނަ ފަރާތަށް ބިން މިލްކުކޮށްދެނީ: ހުސްނުއް ސުއޫދު
24 ފެބުރުއަރީ 2017

އިންތިހާބުތައް ކާމިޔާބުވަނީ ނަތީޖާ ނެރެވޭ އުސޫލުތައް ބޭނުން ކުރާތީ: ހަސަން ލަތީފު

24 ފެބުރުއަރީ 2017
އިންތިހާބުތައް ކާމިޔާބުވަނީ ނަތީޖާ ނެރެވޭ އުސޫލުތައް ބޭނުން ކުރާތީ: ހަސަން ލަތީފު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު