Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާލެގައި ތޮއްޖެހިގެން ދިރިއުޅެމުންދާ ބިދޭސީން

ބިދޭސީން ބަދަލު ކޮށްފައިވާ ސައިޓްތަކުން 500ށް ވުރެ ގިނަ ސާމްޕަލް ނަގާފައިވޭ

14 މެއި 2020 | ބުރާސްފަތި 19:28

ރާއްޖޭގައި ޕޮޒިޓިވްވެފައިވާ ބަންގްލަދޭޝް މީހުންގެ އަދަދު 500 ށް ވުރެ މައްޗަށް އަރާ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 14 މެއި 2020 | ބުރާސްފަތި 19:28
ރާއްޖޭގައި ދިރިއުޅޭ ބަންގްލަދޭޝް މީހުން ގައުމަށް އަނބުރާ ފޮނުވާލުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން

ރާއްޖޭގައި ދިރިއުޅޭ ބަންގްލަދޭޝް މީހުން ގައުމަށް އަނބުރާ ފޮނުވާލުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން

މާލޭގައި ތޮއްޖެހިގެން ދިރިއުޅެމުންދާ ބިދޭސީން އެއަށްވުރެ ރަނގަޅު ތަންތަނަށް ބަދަލުކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގައި އެމީހުން ބަދަލުކޮށްފައިވާ ސައިޓްތަކުން މިހާތަނަށް އައިއިރު 500 ށް ވުރެ ގިނަ ސާމްޕަލް ނަގާފައިވާ ކަމަށް ކޮވިޑް-19 ޓާސްކް ފޯހުގެ ތަރުޖަމާން މަބްރޫކް އަޒީޒު ވިދާޅުވެއްޖެ އެވެ.

ބުރާސްފަތި ދުވަހުގެ ރޭ ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ މާލޭގައި ތޮއްޖެހިގެން ބިދޭސީން ދިރިއުޅެމުންދިޔަ 33 ތަނެއްގައި ތިބި މީހުންގެ ސާމްޕަލްތައް މިހާރު ނަގާފައިވާ ކަމަށެވެ. އަދި އެތަންތަނުން ކަރަންޓީނު ފެސިލިޓީތަކަށް އަދި އައިސޮލޭޝަނަށް ގެންދަންޖެހޭ މީހުން މިހާރު ގެންދެވިފައިވާ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

Advertisement - newsAdvertisement

ރާއްޖޭގައި މިހާތަނަށް އައިއިރު ކޮވިޑް-19 އަށް 982 މީހުން ޕޮޒިޓިވް ވެފައިވާއިރު މީގެތެރޭގައި ގިނައީ ބަންގްލަދޭޝް މީހުންނެވެ. ކޮވިޑް-19 އަށް ރާއްޖޭގައި ޕޮޒިޓިވްވެފައިވާ ބަންގްލަދޭޝް މީހުންގެ އަދަދު 500 ށް ވުރެ މައްޗަށް އަރައެވެ. މީގެތެރޭގައި ގިނައީ ތޮއްޖެހިގެން މާލެ ސަރަހައްދުގައި ދިރިއުޅެމުންދާ މީހުންނެވެ.

މިހާތަނަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައިވާ އަދަދުތަކަށް ބަލާއިރު މާލެ ސަރަހައްދުގައި ތޮއްޖެހިގެން ބިދޭސީން ދިރިއުޅެމުންދިޔަ 307 ތަނެއް މިހާތަނަށް އައިއިރު ފާހަގަވެފައިވާ ކަމަށް މާލެ ސިޓީގެ ޑެޕިޔުޓީ މޭޔަރ ޝަމާޢު ޝަރީފް ވަނީ ވިދާޅުވެފަ އެވެ. ޝަމާއު ވިދާޅުވީ ކޮވިޑް-19 އައުމުގެ ކުރިންވެސް ބިދޭސީން މާލޭގައި ތޮއްޖެހިގެން އުޅޭ ތަންތަން ބެލުމުގެ ސަރވޭ އެއް ކުރިޔަށް ގެންދިޔަކަމަށެވެ.

އެގޮތުން ފާހަގަވި އެފަދަ 307 ތަނެއްގެ މައުލޫމާތު ފުލުހުންނާއި ހިއްސާކޮށްގެން އެކަމުގެ އިންތިޒާމުތައް ހަމަޖެހި ގިނަ މީހުން މާލެއިން ބޭރަށް ކަރަންޓީނު ފެސިލިޓީތަކަށް ފޮނުވާލެވިފައިވާ ކަމަށް ޝަމާޢު ވިދާޅުވި އެވެ. އަދި އިތުރު ތަންތަން ދެނެގަތުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް ޝަމާޢު ވިދާޅުވި އެވެ.

ކަރަންޓީނު ފެސިލިޓީތަކަށް ބަދަލު ކުރެވިފައިވާ ބިދޭސީންގެ އަދަދުތަކާއި ގުޅޭގޮތުން އެންމެ ފަހުން މަބްރޫކް ވިދާޅުވެފައިވަނީ ބިދޭސީ ކަރަންޓީން ފެސިލިޓީތަކުގައި 612 މީހަކު ތިބިކަމަށެވެ. އަދި މީގެ ތެރެއިން 475 މީހުންނަކީ ތޮއްޖެހިގެން އުޅޭ ތަންތަނުން އައިސޮލޭޝަނަށް ގެންދެވޭ މީހުން ކަމަށް ކޮވިޑް-19 ޓާސްކް ފޯސްގެ ތަރުޖަމާނު މަބްރޫކް ޢަޒީޒް ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން މާލޭގައި އުޅޭނެ ތަނެއް ނެތި، ވަކި ވަޒީފާއެއް އަދާ ނުކުރާ މީހުން އެހެން ތަނަކަށް ބަދަލުކުރުމަށް އެޗްޕީއޭއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން 566 ބިދޭސީއަކު އެފަދަ އެކޮމަޑޭޝަން ތަކަށް ބަދަލު ކުރެވިފައިވާކަމަށްވެސް މަބްރޫކް ވިދާޅުވެފައި ވެއެވެ.

މި މަހުގެ ހަތަރު ވަނަ ދުވަހު ގައުމާ މުހާތަބުކުރައްވާ ދެއްވި ހިތޯބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ބަންގްލަދޭޝްގެ 1500 މީހަކު ފޮނުވާލުމަށް ހަމަޖެހިފައިވާ ކަމަށެވެ. ރައީސް ސޯލިހުގެ ހިތާބުގައި އެމަނިކުފާނު ވިދާޅުވެފައިވަނީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގައި، ކުރިމަތިވާ އެންމެ ބޮޑު ދައްޗަކީ ބިދޭސީން ކަމަށެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
13 ޖެނުއަރީ 2017

އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ

13 ޖެނުއަރީ 2017
އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް