Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ތަޢުޒިޔާ ވިދާޅުވުން

ނިޝާން ކަލާފާނުގެ ޝަރަފުގެ ޢިއްޒަތް އަރުވާފައިވާ ހުސައިން އަބްދުﷲ އަވަހާރަވުމާއި ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

14 މެއި 2020 | ބުރާސްފަތި 12:10

ހުސައިން ކުރެއްވި ޚިދުމަތްތައް އަބަދަށް ދެމިހުންނާނެކަން ފާހަގަކުރެއްވި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 14 މެއި 2020 | ބުރާސްފަތި 12:10
ޙުސައިން ޢަބްދުﷲ (މަރޮށީ ޙުސައިން ކަލޭފާނު)

ޙުސައިން ޢަބްދުﷲ (މަރޮށީ ޙުސައިން ކަލޭފާނު)

ނިޝާން ކަލާފާނުގެ ޝަރަފުގެ ޢިއްޒަތް ދައުލަތުން އަރުވާފައިވާ މަރޮށީ ޙުސައިން ޢަބްދުﷲ (މަރޮށީ ޙުސައިން ކަލޭފާނު) ރޭ ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމާ ގުޅިގެން، އެ ޢާއިލާގެ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާ، އެ ޢާއިލާއާ ފޯނުން ގުޅުއްވައި ވާހަކަފުޅު ދައްކަވަމުން، ޙުސައިން ޢަބްދުﷲ އަވަހާރަވި ޚަބަރު އެއްސެވީ ވަރަށް ފުން ހިތާމައާ އެކުގައި ކަމަށް ވިދާޅުވިކަމަށެވެ. އަދި ރާއްޖޭގެ ވިޔަފާރީގެ ދާއިރާއަށާއި، އިޖުތިމާޢީ ޚިދުމަތުގެ ދާއިރާއަށް އަދި އެނޫން އެހެން ރޮނގުތަކުން އެމަނިކުފާނު ކޮށްދެއްވާފައިވާ ޚިދުމަތްތަކަކީ، އަބަދަށް ދެމިހުންނާނޭ މަންފާކުރަނިވި ޚިދުމަތްތަކެއްކަން ފާހަގަކުރެއްވި ކަމަށެވެ.

Advertisement - newsAdvertisement

މި ލިބިވަޑައިގެންނެވި ފުން ހިތާމައިގައި ބައިވެރިވެވަޑައިގެން ޢާއިލާއަށް ވަރަށް އިޚްލާޞްތެރިކަމާއެކު ރައީސް ވަނީ ތަޢުޒިޔާ ވިދާޅުވެފައެވެ. އަދި މަރްޙޫމް ޙުސައިން ޢަބްދުﷲ ގެ ފުރާނައަށް މާތްﷲ ހެޔޮ ރަޙްމަތް ލައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުމަށާއި، ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި މާތްﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވާކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

މަރޮށީ ޙުސައިން ޢަބްދުﷲ އަކީ، ޖަމާޢަތަށް ފައިދާހުރި ޚާއްޞަ ޚިދުމަތް ކުރެއްވުމުގެ ދާއިރާއާއި، ވިޔަފާރީގެ ދާއިރާގައި ވަރަށް ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ. މަރޮށީ ކަތީބުކަމުގައި ހުންނަވައިގެން، ރަށުގެ ތަރައްޤީއަށާއި، ރަށުގެ ރައްޔިތުންނަށް އަދި މުޅި އަތޮޅަށް ވަރަށް އިޚްލާޞްތެރި ޚިދްމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ. އެމަނިކުފާނުގެ ހިތްޕުޅުގައި، މަރޮށީ ރައްޔިތުންނަށް ޚާއްޞަ ލޯތްބަކާއި ޤަދަރެއް އޮތް ބޭފުޅެކެވެ.

މަރޮށީ ޙުސައިން ކަލޭފާނަކީ، މަޝްހޫރު އެމް.އެޗް.އޭ.ގެ ބާނީއެވެ. ތަޢުލިމީ ދާއިރާއިންނާއި، ވިޔަފާރީގެ ދާއިރާއިންވެސް އެމަނިކުފާނު ވަނީ އުފަން ރަށް މަރޮށްޓަށް ގިނަގުނަ ހޭދަތަކެއް ކުރައްވާފައެވެ.

11 ނޮވެމްބަރ 1979 ގައި އެންމެ ތިން މުދައްރިސުންނާއެކު، [އަލްމަދްރަސަތުލް މުނައްވަރާ]ގެ ނަމުގައި އެމަނިކުފާނުގެ އަމިއްލަ ގޭގައި ރަށުގެ ދަރިންނަށާއި، އަތޮޅުގެ ދަރިންނަށް އެ ސްކޫލްގެ ހިޔާވަހިކަން ހިލޭ ސާބަހަށް ފޯރުއްވައިދެއްވަން ފެށްޓެވުން އެމަނިކުފާނުގެ ޚިދުމަތްތަކުގެ ތެރެއިން ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަން ޖެހެއެވެ. 27 އަހަރު ސްކޫލް ހިންގެވުމަށް ފަހު، ސްކޫލްގެ ޢިމާރާތްތައް ޒަމާނީ ފެންވަރަށް އަމިއްލަފުޅު ޚަރަދުގައި ބަދަލުކުރެއްވި އެވެ. އެމަނިކުފާނުގެ އަމިއްލަފުޅު ޚަރަދުގައި ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީތަކުން ތަޢުލީމު ޙާޞިލުކުރުމުގެ ފުރުޞަތުވެސް ބައެއް ކުދިންނަށް ވަނީ ހޯއްދަވައިދެއްވާފަ އެވެ.

މަރޮށީ ޙުސައިން ކަލޭފާނަކީ، އިޖުތިމާޢީ، އިޤްތިޞާދީ އަދި ޢުމްރާނީ ތަރައްޤީގައިވެސް އެފަދަ ދެވަނައެއް ނުވާ ޚިދުމަތްތެރިއެ ކެވެ. އަތޮޅުގެ ގިނަ ރަށްތަކެއްގައި އެމަނިކުފާނުގެ އަމިއްލަފުޅު ޚަރަދުގައި މިސްކިތްތައް ބިނާކޮށްދެއްވާކަން ވެސް ފާހަގަކޮށްލަންޖެހެ އެވެ.

ޖަމާޢަތަށް ފައިދާހުރި ޚާއްޞަ ޚިދުމަތް ކުރެއްވުމުގެ ރޮނގުން 1992 ވަނަ އަހަރު މަރޮށީ ޙުސައިން ކަލޭފާނަށް ވަނީ ޢާންމު ޚިދްމަތުގެ ހިތްވަރު ދިނުމުގެ އިނާމު، ސަރުކާރުން އަރުވާފަ އެވެ. އަދި އޭގެ 13 އަހަރު ފަހުން، 2005 ވަނަ އަހަރު މިރޮނގުން ޝަރަފުވެރިކަމުގެ އިނާމުވެސް އެމަނިކުފާނަށް ވަނީ އަރުވާފަ އެވެ.

ނިޝާން ކަލާފާނުގެ ޝަރަފުގެ ޢިއްޒަތް (ނ.ކ.ޝ.ޢ) އެމަނިކުފާނަށް އަރުވާފައިވަނީ، 2011 ވަނަ އަހަރުގެ މިނިވަން ދުވަހު އެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

06 ޖެނުއަރީ 2019

ފުލުހުންގެ މުއައްސަސާ ގަޑުބަޑުވުމުގެ ޒިންމާ ރިޔާޒް އަދި ހުސެއިން ވަހީދު ނަންގަވަން ޖެހޭނެ: ނިޝާން

06 ޖެނުއަރީ 2019
ފުލުހުންގެ މުއައްސަސާ ގަޑުބަޑުވުމުގެ ޒިންމާ ރިޔާޒް އަދި ހުސެއިން ވަހީދު ނަންގަވަން ޖެހޭނެ: ނިޝާން
31 ޑިސެމްބަރު 2018

ފަނާކުރުވަނިވި ވިސްނުމުގައި ގެނައި ޤާނޫނުތަކުގެ ސަބަބުން މީޑިއާތަކުގެ މިނިވަންކަން ގެއްލިގެންދިޔަ: ނިޝާން

31 ޑިސެމްބަރު 2018
ފަނާކުރުވަނިވި ވިސްނުމުގައި ގެނައި ޤާނޫނުތަކުގެ ސަބަބުން މީޑިއާތަކުގެ މިނިވަންކަން ގެއްލިގެންދިޔަ: ނިޝާން
29 ޖުލައި 2018

މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ޝަރަފުގެ ހިނގާލުން އާދިއްތަ ދުވަހު މާލޭގައި އޮންނާނެ

29 ޖުލައި 2018
މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ޝަރަފުގެ ހިނގާލުން އާދިއްތަ ދުވަހު މާލޭގައި އޮންނާނެ
27 ޖުލައި 2018

މިނިވަން ދުވަހުގެ ޝަރަފުގެ ހިނގާލުން ވެސް ފަސްކޮށްފި

27 ޖުލައި 2018
މިނިވަން ދުވަހުގެ ޝަރަފުގެ ހިނގާލުން ވެސް ފަސްކޮށްފި
27 ޖުލައި 2018

މިނިވަން ދުވަހުގެ ޝަރަފުގެ ހިނގާލުން މާދަމާ އޮންނާނެ ކަމަށް އެމްއެންޑީއެފުން ބުނެފި

27 ޖުލައި 2018
މިނިވަން ދުވަހުގެ ޝަރަފުގެ ހިނގާލުން މާދަމާ އޮންނާނެ ކަމަށް އެމްއެންޑީއެފުން ބުނެފި
17 މެއި 2018

ހައްގެއް ހޯދުމަށް އެއްވެސް ބަޔެއްގެ ހުއްދައެއް ހޯދަން ނުޖެހޭ: ނިޝާން

17 މެއި 2018
ހައްގެއް ހޯދުމަށް އެއްވެސް ބަޔެއްގެ ހުއްދައެއް ހޯދަން ނުޖެހޭ: ނިޝާން
10 މެއި 2018

މާލޭސިޓީގެ މަލަމަތިން ފެންނަނީ ވައްކަމުގެ ނިޝާންތައް: ދިޔާނާ

10 މެއި 2018
މާލޭސިޓީގެ މަލަމަތިން ފެންނަނީ ވައްކަމުގެ ނިޝާންތައް: ދިޔާނާ
10 މާރިޗު 2018

ކުއްލި ނުރައްކަލުގެ ހާލަތެއް މިހާރު ނެތް: ވަކީލް ނިޝާން

10 މާރިޗު 2018
ކުއްލި ނުރައްކަލުގެ ހާލަތެއް މިހާރު ނެތް: ވަކީލް ނިޝާން
09 އޮކްޓޯބަރު 2017

ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މައްސަލަތައް ބެލުމުގެ ބާރު ބްރޯޑްކޮމްއަށް ލިބިގެނެއް ނުވޭ:ނިޝާން

09 އޮކްޓޯބަރު 2017
ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މައްސަލަތައް ބެލުމުގެ ބާރު ބްރޯޑްކޮމްއަށް ލިބިގެނެއް ނުވޭ:ނިޝާން
28 ޖުލައި 2017

ވިސާރަވުމުގެ ސަބަބުން މިއަދު ބޭއްވުމަށް ހަމަޖެއްސި ޝަރަފުގެ ހިނގާލުން ކެންސަލް ކޮށްފި

28 ޖުލައި 2017
ވިސާރަވުމުގެ ސަބަބުން މިއަދު ބޭއްވުމަށް ހަމަޖެއްސި ޝަރަފުގެ ހިނގާލުން ކެންސަލް ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް