Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޖަމާއަތުގައި ނަމާދުކުރުން

މެއި 28ގެ ނިޔަލަށް ޖަމާޢަތުގައި ނަމާދު ނުކުރެވޭނެ

ޖަމާއަތުގައި ނަމާދު ކުރުމަށް ހުއްޓާލާފައިވަނީ ކޮވިޑް-19 ގެ ހާލަތު ގޯސްވުމުން

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 14 މެއި 2020 | ބުރާސްފަތި 11:05
ލޮކްޑައުން އާއި ގުޅިގެން ބަންދުކޮށްފައިވާ މާލޭގެ މިސްކިތެއް

ލޮކްޑައުން އާއި ގުޅިގެން ބަންދުކޮށްފައިވާ މާލޭގެ މިސްކިތެއް

ކޮވިޑް-19 ގެ މިހާރު އޮތް ހާލަތާއި ގުޅިގެން, މިސްކިތުގައި ޖަމާއަތުގައި ނަމާދު ނުކުރާ ގޮތަށް ނިންމާފައި އޮތް އޮތުން އިތުރު 14 ދުވަހަށް ދިގުދަންމާލަން މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން ނިންމައިފިއެވެ.

އެންމެ ފުރަތަމަ މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރުން ހުއްޓާލުމަށް އެންގި އިރު އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ މިގޮތަށް ނިންމީ ކޮވިޑް-19 ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާތީ، ޙާލަތަށް ރިޢާޔަތްކޮށް، ރާއްޖޭގައި އިތުރަށް ވައިރަސް ފެތުރުން ހުއްޓުވުމުގެ ގޮތުން އެޅި ރައްކާތެރިކަމުގެ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި އެގޮތަށް ނިންމީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ ޢިލްމުވެރިންގެ ލަފާގެ މަތިން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައި ވެއެވެ.

Advertisement - newsAdvertisement

އަނެއްކާވެސް ޙާލަތު މުރާޖަޢާ ކުރުމަށް ފަހު 28 މެއި 2020 ވާ ބުރާސްފަތި ދުވަހުގެ އަޞްރު ނަމާދުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ފަރުޟު ނަމާދުތަކާއި، ހުކުރު ނަމާދާއި، ތަރާވީޙް ނަމާދު ޖަމާޢަތުގައި ނުކުރަން އިސްލާމިކް މިނިސްޓްރީން ނިންމާ އެގޮތަށް ޢަމަލުކުރުމަށް ވަނީ އަންގާފައެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ މިޙާލަތުގައި މިސްކިތުގައި ހަމައެކަނި ބަންގި ގޮވުމަށާއި، ބަންގީގެ ފަހުގައި "ސައްލޫ ފީ ބުޔޫތިކުމް" އަދި ދިވެހި ބަހުން "ހުރިހާ ބޭފުޅުން ގޭގައި ނަމާދު ކުރައްވާ" މިފަދައިން 2 ފަހަރު ގޮވުމަށް އިމާމުންނަށް އަންގާފައެވެ.

އަދި މި މިދަނޑިވަޅުގައި ކަމާބެހޭ ފަރާތްތަކުންދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށާއި، މިސްކިތުގައި ޖަމާޢަތުގައި ނަމާދު ނުކުރި ނަމަވެސް، ފަރުޟު ފަސް ނަމާދު ބަރާބަރަށް އަދާކުރުމަށާއި، ތަރާވީޙް ނަމާދު ކުރުމަށާއި، ސުންނަތް ނަމާދު ގިނަކޮށް، ކީރިތި ޤުރްއާން ކިޔަވައި، ﷲގެ ރަޙްމަތުން މާޔޫސް ނުވެ، ސަބަބު ތަކުގައި ހިފާ، ފުރިހަމައަށް ﷲއަށް ވަކީލުކޮށް ގިނަ ގިނައިން ދުޢާކޮށް، އިސްތިޣްފާރު ކުރުމަށް ހުރިހާ ރައްޔިތުންނަށް ނަޞޭޙަތްތެރި ވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިފަހަރުގެ ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުން ސްޓޭޑިއަމްގައި

މިފަހަރުގެ ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުން ސްޓޭޑިއަމްގައި

20 ޖޫން 2017
މުދިމު ނެތިގެން އިބްރާހިމީ މިސްކިތުގައި ދަމު ނަމާދު ނުކުރެވުނު

މުދިމު ނެތިގެން އިބްރާހިމީ މިސްކިތުގައި ދަމު ނަމާދު ނުކުރެވުނު

16 ޖޫން 2017
ޑިންގީ ގެއްލުނު ސުމެއިދު ހޯދަން ފަޅު ރަށްތައް ބަލަން ފަށައިފި

ޑިންގީ ގެއްލުނު ސުމެއިދު ހޯދަން ފަޅު ރަށްތައް ބަލަން ފަށައިފި

08 ޖޫން 2017
އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާ މެއި 30 ގައި

އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާ މެއި 30 ގައި

11 މެއި 2017
މިއަދު މުޒަހާރާއަށް ނިކުންނަން ތައްޔާރު، މެއި ޑޭ އަށްވުރެ ތިން ގުނައަށް މީހުން އިތުރު: ރޮޒެއިނާ

މިއަދު މުޒަހާރާއަށް ނިކުންނަން ތައްޔާރު، މެއި ޑޭ އަށްވުރެ ތިން ގުނައަށް މީހުން އިތުރު: ރޮޒެއިނާ

01 މެއި 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު