Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ލައިފް ސްޓައިލްރޯދަ ބަދިގެ 1441

އަލުވި ނާން

މިއީ ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވިދާނެ ކާއެއްޗެއް

ނާޒުމީ ސައީދު
ނާޒުމީ ސައީދު | 14 މެއި 2020 | ބުރާސްފަތި 05:57
އަލުވި ނާން

އަލުވި ނާން

އަލުވި ބޭނުންކޮށްގެން ތައްޔާރުކޮށްލެވިދާނެ ވަރަށް ގިނަ ބާވަތްތައް ހުރެއެވެ. އެގޮތުން މިފަހަރު މިގެނެސްދެނީ އަލުވި އަޅައިގެން ނާނު ތައްޔާރުކުރާނެ ގޮތެއެވެ.

ފުށް މޮޑުމަށް ތައްޓެއްގެ ތެރެއަށް ފުށް، ހަކުރު، ލޮނު، އީސްޓް، ބޭކިންގ ސޮޑާ، ތެޔޮ، ސަމުސާ ޔޯގަޓް، ކިރު އަޅައިގެން މޮޑެލާށެއެވެ. ދެން ބޯތައްޓެއްގެ ތެރޭގައި ތެޔޮ ފޮދެއް ހޭކުމަށްފަހު، ފުށް ގުޅަ އޭގެ ތެރެއަށްލާ ރެޕް ކޮށްލާށެއެވެ.

އެއަށްފަހު، ތަވައަކަށް ތެޔޮ ފޮދެއް އަޅާފައި، އިނގުރު، ގްރީން ޗިލީ، ދިރި، ކޮރިއަންޑަރ، ރީނދޫ، ރެޑް ޗިލީ ޕައުޑަރ، އަޅައިގެން ރަތްކޮށްލާށެއެވެ. ދެން އަލުވި ފެނުކެއްކުމަށްފަހު ޗަސްކޮށްލާފައި ރަތްކުރި ފިޔާގެ ތެރެއަށް އަޅާލާށެއެވެ. ދެން އޭގެ މައްޗަށް ރަހަލާވަރަށް ލޮނު އެޅުމަށްފަހު، އަލުވިތަށް ބޮޑަށް ޗަސްކޮށްލާށެއެވެ. އެއަށްފަހު އޭގެ ތެރެއަށް ކޮރިއަންޑަރ ލީވްސް އާއި ލުނބޯ އަޅައިގެން އެއްކޮށްލާށެއެވެ.

ދެން ކުރިން ތައްޔާރުކުރި ފުށްގަނޑުން 7 ވަރަކަށް ގުޅަ ޖަހާލާށެއެވެ. އެއަށްފަހު ރޮށި ދަމާހެން ދަމާލުމަށްފަހު އޭގެ ތެރެއަށް ކުރިން ތައްޔާރުކުރި އަލުވި އެޅުމަށްފަހު ކައިރިފަށުގައި ފެން ހާކާލުމަށް ފަހު، މަސްރޮށި ބައްދާހެން ބައްދާލާށެއެވެ. އަލުވި އަޅާ ބައްދާލި ފުށްގުޅަތައް އަތުން ފިއްތާލުމަށް ފަހު ދަމާލާށެއެވެ. ދެން ނާނު ހުންނަ ބައްޓަމަށް ޑިޒައިން ކޮށްލާށެއެވެ. އެއަށްފަހު، ބިހާ ކިރު އެއްކުރުމަށް ފަހު، ނާނު މަތީގައި ފިއްސަކުން ހާކާލާށެއެވެ. ދެން މައްޗަށް ސެސިމީ ސީޑް ބުރުވާލާށެއެވެ. ދެން ރޮށި ފިހޭ ތަވައެއްގައި، މަޑު ގިނީގައި ދެ ފަރާތް މޮށިކުލަ އަރަންދެން 3 މިނެޓް ފިހެލުމަށް ފަހު، އަވަނުގައި 160 ޑިގްރީގައި 6 މިނިޓް ވަންދެން ފިހެލާށެއެވެ. ފިހެ ނިމުމުން އޭގެ މަތީގައި ކޮރިއަންޑަރ އާއި ބަޓަރު ހާކާލާށެއެވެ.

އިތުރަށް ކިޔާލަން

12 މާރިޗު 2024

އަލުވި ޗީޒް ޕޭންކޭކް

12 މާރިޗު 2024
އަލުވި ޗީޒް ޕޭންކޭކް
19 މެއި 2020

އަލުވި ސެލެޑް

19 މެއި 2020
އަލުވި ސެލެޑް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު