Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ހެރީ ޕޮޓަރ

ކަރަންޓީންވާން ބޭނުމީ ހެރީ ޕޮޓަރގެ ކޮން ކެރެކްޓަރަކާ އެކު؟

މި ސުވާލު ހެރީ ޕޮޓަރގެ ރޯލް ކުޅޭ ޑޭނިއަލް ރެޑްކްލިފްއާ އިންޓަވިއުއެއްގައި އަހާފައިވޭ

އައިޝަތު ޝާނީ
އައިޝަތު ޝާނީ, ރާއްޖެ އެމްވީ | 14 މެއި 2020 | ބުރާސްފަތި 03:50
ހެރީ ޕޮޓަރ ފިލްތަކުގައި މައި ރޯލް \"ހެރީ ޕޮޓަރ\" ކުޅެފައިވަނީ ޑޭނިއަލް ރެޑްކްލިފް

ހެރީ ޕޮޓަރ ފިލްތަކުގައި މައި ރޯލް \"ހެރީ ޕޮޓަރ\" ކުޅެފައިވަނީ ޑޭނިއަލް ރެޑްކްލިފް

ކޮވިޑް-19ގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުގައި މީހުން އިޖްތިމާއީ ގައިދުރުކަން ބަހައްޓަމުންދާއިރު، މީގެ ތެރޭގައި މަޝްހޫރު ފަންނާނުންވެސް ހިމެނެއެވެ.

އަދި ގިނަ ފަންނާނުންތަކެއް ދަނީ އޮންލައިން ޝޯވތަކުގައި ބައިވެރިވެ، އެމީހުންގެ "ކަރަންޓީން ސްޓޯރީސް" ކިޔާ ދެމުންނެވެ.

މީގެ ތެރޭގައި މަޝްހޫރު ހެރީ ޕޮޓަރ ފިލްމުތަކުގެ ލީޑް ރޯލުން ފެންނަ، ޑޭނިއަލް ރެޑްކްލިފް ވެސް ހިމެނެއެވެ.

އެގޮތުން، ވަރޗުއަލް އިންޓަވިއެއްގައި އޭނާއާ ހެރީ ޕޮޓަރއާ ގުޅޭ ސުވާލުތަކެއް ވަނީކޮށްފައެވެ. މި އިންޓަވިއުގައި އޭނާއާ ކުރި ސުވާލުތައް ތެރޭގައި "ހެރީ ޕޮޓަރގެ ކޮން ކެރެކްޓަރއާ އަކާއެކު ކަރަންޓީންވާން ބޭނުމީ؟" އަހާފައިވެއެވެ. އަދި އޭނާއަށް ޗޮއިސްތަކެއް ދީފައިވާއިރު، މީގައި ހިމެނެނީ ހެރީ ޕޮޓަރގެ އެންމެ ގާތް ދެ އެކުވެރިންކަމަށް ރޯން ވީސްލީ އާއި ހަރމޮއިނީ ގްރޭންޖަރގެ އިތުރުން ހެރީއަށް އޭނާއަކީ ވިޒަރޑެއްކަން އެންމެ ފުރަތަމަ ހާމަކުރާ ހެގްރިޑް ހިމެނެއެވެ.

މި ސުވާލަށް ޖަވާބު ދެމުން ޑޭނިއަލް، 30، ބުނީ އޭނާ ނަގާނީ ހެގްރިޑްކަމަށެވެ. އަދި އެއީ "ހެގްރިޑްއަކީ ކަމެއް ގޯސްވާއިރު، ކައިރީގައި ހުންނަން ވަރަށް ރަނގަޅު މީހެއް"ކަމަށް ވާތީކަމަށް އޭނާ ބުންޏެވެ.

މި އިންޓަވިއުގައި ދެން އޭނާއާ ކުރި ސުވާލުތަކުގެ ތެރޭގައި ސޯޝަލް ޑިސްޓެންސިންގގައި އޭނާ ބޭނުންކުރަން ބޭނުންވާ "ސްޕެލް"ވެސް އަހާފައިވެއެވެ. އެއަށް ޑޭނިއަލް ދިން ޖަވާބަކީ "ޓެލެޕޯޓް ކުރެވޭ ސްޕެލްއެއް"ކަމަށެވެ. އަދި އޭރުން އިޖްތިމާއީ ގައިދުރުކަން ބަހައްޓަން ޖެހުނު ނަމަވެސް، މީހުން ނޫޅޭ ހިސާބަކަށް "ޓެލެޕޯޓް" ކުރެވޭނެކަމަށާއި އޭރުން ގެއިން ބޭރަށް ނިކުމެލަން ފުރުސަތު ލިބޭނެ ކަމަށެވެ.

ހެރީ ޕޮޓަރ ފިލްމުތަކުގެ މައި ރޯލްކަމަށްވާ "ހެރީ ޕޮޓަރ"ގެ ރޯލް ޑޭނިއަލް ކުޅެފައި ވާއިރު، މީގެ ފުރަތަމަ ފިލްމު ރިލީޒްކޮށްފައިވަނީ 2001 ވަނަ އަހަރެވެ. އޭރު ޑޭނިއަލްގެ އުމުރުން އެންމެ 12 އަހަރެވެ. އަދި އަށްވަނަ އަދި ފަހު ފިލްމް ރިލީޒްކުރި އިރު ޑޭނިއަލްއަށް 20 އަހަރެވެ.

މި ދުވަސްކޮޅު ގިނަ ބަޔަކު ގޭގައި ތިބެން ޖެހޭއިރު، ގޭގައި ތިބެގެން ހެރީ ޕޮޓަރ ފަދަ ފްރެންޗައިސްތަކުގެ ފިލްމުތައް މީހުން ބަލަމުންދާކަން ސޯޝަލް މީޑިއާއިން އިނގެއެވެ. އަދި، ހެރީ ޕޮޓަރ އަކީ ޖޭ.ކޭ ރޯލިންގގެ ކާމިޔާބު ފޮތްތަކުގެ މައްޗަށް ބިނާކޮށްފައިވާ ފިލްމުތަކަކަށް ވާއިރު، މި ފޮތްތަކުގެ އޯޑިއޯ ރިކޯޑިންގތައް ބައެއް ސެލެބްރިޓީން މި ދުވަސް ކޮޅު ދަނީ ހަދަމުންނެވެ.

އެގޮތުން، ފުރަތަމަ ފޮތް "ދަ ސޯސަރަރސް ސްޓޯން" ކިޔާފައިވަނީ ޑޭނިއަލްއެވެ. އަދި ބާކީ ހުރި ހަ ފޮތުގެ އޯޑިއޯ ރިކޯޑިންގ ހަދަން ހަމަޖެހިފައިވާ ތަރިންގެ ތެރޭގައި ޑަކޯޓާ ފެނިންގ، އެޑީ ރެޑްމެން އަދި މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޑޭވިޑް ބެކަމް ހިމެނެއެވެ.

މި އޯޑިއޯ ރިކޯޑިންގތައް ސްޕޮޓިފައި އިން އަޑު އަހާލެވޭ އިރު، ކޮވިޑް-19 އާ ގުޅިގެން ރޯލިންގ ތައްޔާރު ކުރި "ހެރީ ޕޮޓަރ އެޓް ހޯމް" އެޕް އިންވެސް ވީޑިއޯ ރިކޯޑިންގތައް ފެންނާނެއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އެކްޓުގެ ހުނަރު ރަނގަޅުވެއްޖެ ނަމަ ކޮންމެ ފިލްމެއްވެސް ހިނގާނެ: އާރު މާދަވަން

އެކްޓުގެ ހުނަރު ރަނގަޅުވެއްޖެ ނަމަ ކޮންމެ ފިލްމެއްވެސް ހިނގާނެ: އާރު މާދަވަން

23 އޯގަސްޓު 2017
އަހަރެންގެ އެއްޗެއް ހޯދުމަށް ކޮންމެ ފަދަ ގުރުބާނީއެއް ވެސް ވެދާނަން: ކަންގަނާ

އަހަރެންގެ އެއްޗެއް ހޯދުމަށް ކޮންމެ ފަދަ ގުރުބާނީއެއް ވެސް ވެދާނަން: ކަންގަނާ

19 އޯގަސްޓު 2017
"ޖަބް ހެރީ މެޓް ސޭޖަލް" އަށް ފަހު ޕްރީތަމް ދޮޅުއަހަރުގެ ބްރޭކެއް ނަގައިފި

"ޖަބް ހެރީ މެޓް ސޭޖަލް" އަށް ފަހު ޕްރީތަމް ދޮޅުއަހަރުގެ ބްރޭކެއް ނަގައިފި

09 އޯގަސްޓު 2017
"ޖަބް ހެރީ މެޓް ސޭޖަލް" ފެށުން ރަނގަޅުކޮށްފި

"ޖަބް ހެރީ މެޓް ސޭޖަލް" ފެށުން ރަނގަޅުކޮށްފި

06 އޯގަސްޓު 2017
"ޖަބް ހެރީ މެޓް ސޭޖަލް"  ފުރަތަމަ އަޅުވަނީ އަރަބި ގައުމުތަކުގައި

"ޖަބް ހެރީ މެޓް ސޭޖަލް"  ފުރަތަމަ އަޅުވަނީ އަރަބި ގައުމުތަކުގައި

19 ޖުލައި 2017

އަހަރުތަކުން މިއަދު

22 މާރިޗު
ސްޓްރޯބެރީ ބްރައުނީސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްޓްރޯބެރީ ބްރައުނީސް

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް
20242 އަހަރު ކުރިން
ރިޕޯޓު

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް

އެގް ބްރީޓޯ
20233 އަހަރު ކުރިން
ލައިފް ސްޓައިލް

އެގް ބްރީޓޯ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް
20224 އަހަރު ކުރިން
ދުނިޔެ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
20197 އަހަރު ކުރިން
ރިޕޯޓު

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު