Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފެރިދޫއަށް އަރާ ފޭބުމުގެ އުސޫލު

ފެރިދުއަށް މީހުން އަރާ ފޭބުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު އާންމުކޮށްފި

ރަށަށް އަންނަ މީހުން 14 ދުވަހަށް ކަރަންޓީން ވާންޖެހޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 13 މެއި 2020 | ބުދަ 05:39
އއ. ފެރިދޫ - 17 ކަމެއްގެ މައްޗަށް ބިނާކޮށް އެ ރަށު ކައުންސިލުން ވަނީ މީހުން އަރާ ފޭބުމުގެ ހާއްސަ އުސޫލެއް އާންމުކޮށްފައި

އއ. ފެރިދޫ - 17 ކަމެއްގެ މައްޗަށް ބިނާކޮށް އެ ރަށު ކައުންސިލުން ވަނީ މީހުން އަރާ ފޭބުމުގެ ހާއްސަ އުސޫލެއް އާންމުކޮށްފައި

ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގައި އއ. ފެރިދުއަށް މީހުން އަރާ ފޭބުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު އާންމުކޮށްފިއެވެ.

ފެރިދޫ ކައުންސިލުން ބުނީ މި އުޞޫލުގެ ބޭނުމަކީ ކޮވިޑް-19 ގެ ނުރައްކާތެރި ދަނޑިވަޅުގައި، ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުން އަންގާ އެންގުންތަކާއި އެއްގޮތަށް ރަށުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްޔައް ކުރުމަށް އެކުލަވާލި އުސޫލެއް ކަމަށެވެ.

މި އުޞޫލުގައި ހިމެނޭ ކަންތައްތަކުގެ ތެރޭގައި ރަށަށް ދަތުރުކުރާ ފަރާތުން ރަށަށް ދަތުރުކުރުމަށްފަހުގައި، ކައުންސިލުން ކަނޑައަޅާ ތަނެއްގައި 14 ދުވަސް ނުވަތަ ކަނޑައަޅާ މުއްދަތަކަށް ކަރަންޓީންވުމާއި، މިމުއްދަތުގައި ކަރަންޓީން ކުރެވިފައިވާ ފަރާތް ކަރަންޓީން ކުރެވިފައިވާ ތަނުން ބޭރަށް ނުދިޔުން ހިމެނެއެވެ. އަދި ރަށަށް ދަތުރުކުރާފަރާތް ކަރަންޓީންކުރާނެ ތަނެއް ހަމަޖެހިފައިނުވާ ޙާލަތުގައި، ކަރަންޓީނުގައި ހުންނާނެ ތަނެއް ރަށަށް ދަތުރުކުރާފަރާތުން އަމިއްލަ އަށް ހަމަޖައްސައި އެކަން އެންގުމަށް ވަނީ އަންގާފައެވެ.

މިގޮތުގެ މަތިން ކަރަންޓީނުވުމަށް ހަމަޖައްސާ ތަނަކީ، އެތަނެއްގައި ދިރިއުޅޭ މީހުންގެ އިންސާނީ ކަރާމާތަށް އުނިކަން ނުލިބޭނެ، ޞިއްޙީ ގޮތުން ރައްކާތެރި އަދި ދިރިއުޅުމަށް އެކަށީގެންވާ ތަނެއްކަމުގައި ވާންވާން ޖެހޭނެކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން ކައުންސިލުން ހުއްދަ ލިބިގެން މެނުވީ ކަރަންޓީނުވާ ތަނުން މީހުން ބޭރަށް ނުކުތުމާއި އެތަނަށް އިތުރު ބަޔަކު ވަނުން އަދި ދިރިއުޅޭ ބަޔަކު އެތަނުން ނުކުތުމަކީ މަނާކަމެއްކަމަށް ބުނެފައިވެއެވެ. ކަރަންޓީނުގައިވާ މީހާ ކަރަންޓީނުގައި ހުންނަ މުއްދަތުގައި، ކަރަންޓީނުގައި ހުންނަ މީހާ އަދި އެތަނެއްގައި އިތުރު ބަޔަކު އުޅޭނަމަ އެބަޔަކު އެހެން އެއްވެސް މީހަކާ ބައްދަލުވުން މަނާކޮށްފައިވެއެވެ.

މީގެ އިތުރުން ކަރަންޓީނުވާ ޙާލަތުގައި، ރަށަށް ދަތުރުކުރާ ފަރާތުން، ރަށަށް ދަތުރުކުރުމުގެ ކުރިން، ކަރަންޓީނުވާ ތަން ނުވަތަ އެޑްރެހާއި، ކަރަންޓީނުވާ ތަނުގައި ކައިބޮއި، ނިދާ، ދިރިއުޅޭ މީހުންގެ ފުރިހަމަ މަޢުލޫމާތާއި، ކަރަންޓީނުވާ ތަނުގައި ކަރަންޓީނުވުމުގެ އިޢުތިރާޒެއް ނެތްކަމަށް، ކަރަންޓީންވާ ތަނުގެ ވެރިފަރާތުން ސޮއިކޮށްފައިވާ ލިޔުން ހުށަހަޅަން ޖެހެއެވެ.

އަދި ކަރަންޓީނުވާ ތަނުގައި އުމުރުން 55 އަހަރަށްވުރެ ދޮށީ މީހަކު، މާބަނޑު މީހަކު، ދިގު މުއްދަތަކަށް ބޭސްކުރާ މީހަކު، 5 އަހަރުން ދަށުގެ ކުޑަކުއްޖަކު ހުރިނަމަ އެމީހުންނާ ބެހޭ ފުރިހަމަ މަޢުލޫމާތު ހިއްސާ ކުރުމާއ، ރަށަށް ދަތުރުކުރާ އެއްވެސް މީހެއްގެ ފަރާތުން ކޮވިޑް-19 ގެ އެއްވެސް ޢަލާމާތެއް ފެނިއްޖެނަމަ އެ ޢަލާމާތެއް ފެނުނު މީހަކު ނުވަތަ އެކަން އެނގިހުރި އެހެން މީހަކުވިޔަސް ލަސްނުކޮށް އެކަން ކަމާބެހޭފަރާތްތަކަށް އަންގަންވާނެ ކަމަށް މި އުޞޫލުގައިވެއެވެ.

މީގެ އިތުރުން ޒަރޫރީ ބޭނުމެއްގައި، ކައުންސިލްގެ ހުއްދަ ލިބިގެން މެނުވީ އެއްވެސް އުޅަނދެއް ރަށުން ފުރައި އަދި ރަށަށް ލެފުން މަނާކޮށްފައިވާ އިރު، ރަށުގައި ޢާންމުކޮށް ދިރިއުޅޭފަރާތަކުން ވެސް މަސްވެރިކަމާއި، ޟަރޫރީ ބޭނުމެއްގައި ނޫންގޮތަކަށް ރަށުންބޭރަށް ދަތުރުކޮށްފިނަމަ އެ ދަތުރެއްގައި ބައްދަލުވާން ހުއްދަ ދެވިފައިވާ ފަރާތްތައް ފިޔަވައި އިތުރު ބަޔަކާ ބައްދަލުކޮށްފިނަމަ ކަރަންޓީނުވާން ޖެހޭނެ ކަމަށް ބުނެފައިވެއެވެ.

މި އުޞޫލުގައި ބުނެފައިވަނީ ރަށުން ބޭރަށް އުޅަނދެއް ފުރާނަމަ އަދި ރަށަށް އުޅަނދެއް ލަފާނަމަ އެ އުޅަނދެއްގެ ކެޕްޓަން، އެކަމުގެ މަޢުލޫމާތު ކައުންސިލާއި ހިއްސާ ކުރަންޖެހޭނެ ކަމަށާއި، ރަށަށް ދަތުރުކުރާ އުޅަނދަކަށް މި އިދާރާގެ ހުއްދަނެތި އެއްޗެއް އެރުވުން ނުވަތަ އެ އުޅަނދަކުން އެއްޗެއް ބޭލުން މަނާވާނެ ކަމަށެވެ.

މީގެ އިތުރުން ބަލި ފެނިފައިވާ ރަށެއްގައި ހުރި މީހަކު ފެރިދުއަށް އައުމާއި، ރަށަށް އަރާ ފޭބުމުގެ ހުއްދަ ފެރިދޫ ކޮވިޑް-19 ޓާސްކު ފޯސްގެ މަޝްވަރާއާއެކު ދިނުމާއި، މި އެންގުމާ ޚިލާފުވާ ފަރާތްތައް 500 ރުފިޔާ އާއި 5000 ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ބުނެފައި ވެއެވެ.

އިތުރަށް ކިޔާލަން

23 ޖުލައި 2017

ޖުލައި 26 އާ ހަމައަށް އުތުރާއި މެދު ރާއްޖެތެރެއަށް އުދަ އަރާނެ

23 ޖުލައި 2017
ޖުލައި 26 އާ ހަމައަށް އުތުރާއި މެދު ރާއްޖެތެރެއަށް އުދަ އަރާނެ
07 ޖޫން 2017

ޓެކްސީއަށް އަރާ މީހުންނަށް ބިރުދައްކައި އިންޒާރުދިން މައްސަލައެއްގައި ކާރުގެ ޑްރައިވަރަކު ހައްޔަރުކޮށްފި

07 ޖޫން 2017
ޓެކްސީއަށް އަރާ މީހުންނަށް ބިރުދައްކައި އިންޒާރުދިން މައްސަލައެއްގައި ކާރުގެ ޑްރައިވަރަކު ހައްޔަރުކޮށްފި
27 މެއި 2017

ހައްޖަށް މީހުން ގެންދިއުމަށް ކުންފުނިތަކަށް ހުއްދަ ދިން ގޮތުގެ މައްސަލަ ކޯޓަށް

27 މެއި 2017
ހައްޖަށް މީހުން ގެންދިއުމަށް ކުންފުނިތަކަށް ހުއްދަ ދިން ގޮތުގެ މައްސަލަ ކޯޓަށް
22 މެއި 2017

ޓްރާންސްޕޯޓް އޮތޯރިޓީން ކަރަންޓް ގޮސް ޚިދުމަތަށް ބުރޫއަރާފައި!

22 މެއި 2017
ޓްރާންސްޕޯޓް އޮތޯރިޓީން ކަރަންޓް ގޮސް ޚިދުމަތަށް ބުރޫއަރާފައި!
03 އެޕްރީލު 2017

އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަމަލުކުރާނެ ގޮތުގެ ޕްލޭނެއް އެމްއެންޑީއެފުން ނެރެފި

03 އެޕްރީލު 2017
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަމަލުކުރާނެ ގޮތުގެ ޕްލޭނެއް އެމްއެންޑީއެފުން ނެރެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު