Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުސަލްމާންގެ \"ތެރެ ބިނާ\" ރިލީޒްކޮށްފި

ސަލްމާންގެ "ތެރެ ބިނާ" ރިލީޒްކޮށްފި

މި ލަވަ ޝޫޓްކޮށްފައިވަނީ ސަލްމާންގެ ފާރމްހައުސްގައި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 12 މެއި 2020 | އަންގާރަ 09:17
ސަލްމާން ޚާން އާއި ޖެކޮލިން ފެނާންޑޭޒް

ސަލްމާން ޚާން އާއި ޖެކޮލިން ފެނާންޑޭޒް

ބޮލީވުޑް ސުޕަރ ސްޓަރ ސަލްމާން ޚާން އާއިި ޖެކުލިން ފެނާންޑޭޒް ކުޅެފައިވާ ލަވަ "ތެރެ ބިނާ" ރިލީޒްކޮށްފިއެވެ.

މި ލަވަ ރިލީޒްކޮށްފައިވަނީ ސަލްމާންގެ ޔޫޓިއުބް ޗެނަލްގައި އަންގާރަ ދުވަހުއެވެ.

ލޮކްޑައުންގެ ސަބަބުން ޕާންވެލް ފާރމް ހައުސްގައި ތާށިވެފައި ތިބެ ޝޫޓް ކޮށްފައިވާ ލޯބީގެ މި ލަވައިގެ ޅެން ހަދާފައިވަނީ ޝާބިރު އަހުމަދުއެވެ. ލަވައިގެ މިއުޒިކް ހަދާފައިވަނީ އަޖޭ ބާޓިއާއެވެ.

ސަލްމާން ޑައިރެކްޓް ކޮށް އޭނާގެ އަޑުން ކިޔާފައިވާ މި ލަވައިގައި ގައި ފާރމް ހައުސްގައި އުޅޭ ދެލޯބިވެރިއެއްގެ ދިރިއުޅުން ދައްކުވައިދެއެވެ. އެގޮތުން އަސްދުއްވާ މަންޒަރުން ފެށިގެން ގޮސް ކެނޑްލް ލައިޓް ޑިނަރ ވެސް ފެނިގެންދެއެވެ. އެހެންކަމުން މި މިލަވަ އަކީ ދެ ލޯބިވެރިން ބަލާލުމަށް ވަރަށް ހިތްގައިމު ލަވައަކަށް ވެގެންދެއެވެ.

ސަލްމާން ވަނީ މީގެ ކުރިންވެސް އޭނާގެ ޔޫޓިއުބް ޗެނަލްގައި "ޕިޔާރު ކަރޯނާ" މި ލަވަ ރިލީޒް ކޮށްފައެވެ. ސަލްމާން އާއި ޖެކޮލިން އެކުގައި މީގެ ކުރިން ވަނީ "ކިކް" އާއި "ރޭސް3" އިން ފެނިގެން ގޮސްފައެވެ. މިދެތަރިންގެ ކެމިސްޓްރީ ވަރަށް ގުޅޭ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

"ތެރެ ބިނާ" މި ލަވައަކީ އަނެއްކާވެސް މިދެތަރިންގެ ފޭނުންނަށް ދެތަރިން އެކުގައި ބަލައިލުމަށް ލިބިގެންދިޔަ ފުުރުސަތެކެވެ. ސަލްމާންގެ ފާރމް ހައުސްގައި މި ލަވަ ޝޫޓްކޮށްފައިވުމުން، ލަވައިގައި ފެންނަ ގުދުތަރީ ރީތި މަންޒަރުތަކުން ލަވައަށް އިތުރު ފުރިހަމަކަމެއް ވަނީ ގެނެސްދީފައެވެ.

ސަލްމާން ކުރިން ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ މި ލަވަ އޭނާގެ ވިސްނުމުގައި އިންނަތާ ދުވަސްކޮޅެއް ވެފައިވާ ކަމަށާއި ނަމަވެސް އެއްވެސް ފިލްމަކަށް ލަވަ ފިޓްނުވާ ކަމަށެވެ. މި ލޮކްޑައުން އަކީ ލަވަ ރިލީޒް ކުރުމަށް އެންމެ ރަނގަޅު ވަގުތު ކަމަށް ދެކޭ ކަމަށް ވަނީ ބުނެފައެވެ.

ޕަމްވެލްގައި ހުންނަ މި ފާމް ހައުސްގައި ލަވަ ޝޫޓްކޮށްފައިވަނީ އެންމެ ތިން މީހުން ބޭނުންކޮށްގެންނެވެ. ލަވަ ޝޫޓް ކުރުމަށްފަހު ސަލްމާން ބުނެފައިވަނީ މިއީ މިހާތަނަށް އޭނާގެ އެންމެ ޚަރަދު ކުޑަ ޕްރޮޑަކްޝަން ކަމަށެވެ. އެގޮތުން މި ލަވަ ޝޫޓް ކުރުމަށް މޭކަޕް އާޓިސްޓުންނާއި ހެއަރ ސްޓައިލިސްޓުންވެސް ބޭނުން ކޮށްފައި ނުވާކަން ވަނީ ފާހަގަކޮށްފައެވެ.

މި ލަވަ ޝޫޓް ކުރުމުގެ ތެރޭގައި ވަރަށް ގިނަ ކަންތައްތަކެއް ދަސްވިކަން ފާހަގަކޮށް ސަލްމާން ބުނީ ލަވަ އެއްކޮށް ޝޫޓްކޮށް ނިންމާފައިވަނީ ހަތަރު ދުވަހުން ކަމަށެވެ.

އިތުރަށް ކިޔާލަން

18 އެޕްރީލު 2017

ސަލްމާންގެ ޅިޔަނު ފިލްމީދާއިރާއަށް ނެރެނީ

18 އެޕްރީލު 2017
ސަލްމާންގެ ޅިޔަނު ފިލްމީދާއިރާއަށް ނެރެނީ
28 މާރިޗު 2017

ގެއްލިގެން ހޯދި މީހާ ފެނުނީ ބޮޑު ހަރުފައެއްގެ ބަނޑުތެރެއިން

28 މާރިޗު 2017
ގެއްލިގެން ހޯދި މީހާ ފެނުނީ ބޮޑު ހަރުފައެއްގެ ބަނޑުތެރެއިން
12 މާރިޗު 2017

ވޮންޑަރ ވުމަންގެ ދެވަނަ ޓްރެއިލަރ ރިލީޒްކޮށްފި

12 މާރިޗު 2017
ވޮންޑަރ ވުމަންގެ ދެވަނަ ޓްރެއިލަރ ރިލީޒްކޮށްފި
09 މާރިޗު 2017

"ވިޝްކާ" ރިލީޒްކޮށްފި

09 މާރިޗު 2017
"ވިޝްކާ" ރިލީޒްކޮށްފި
06 މާރިޗު 2017

ސަލްމާންގެ "ދަބަންގް" ޓުއާ ގެ ޝޯތައް މިފަހަރު އޮސްޓްރޭލިޔާ އަދި ނިއުޒިލެންޑްގައި!

06 މާރިޗު 2017
 ސަލްމާންގެ "ދަބަންގް" ޓުއާ ގެ ޝޯތައް މިފަހަރު އޮސްޓްރޭލިޔާ އަދި ނިއުޒިލެންޑްގައި!
15 ފެބުރުއަރީ 2017

އިންސާނުން އާބާދުކުރަން ޔޫއޭއީ އިން މާސްގައި ސިޓީއެއް ބިނާ ކުރަނީ

15 ފެބުރުއަރީ 2017
އިންސާނުން އާބާދުކުރަން ޔޫއޭއީ އިން މާސްގައި ސިޓީއެއް ބިނާ ކުރަނީ
09 ފެބުރުއަރީ 2017

އިންޑިއާ އަންހެނެއްގެ ބޮލުތެރެއިން ދިރޭ ކުރަތްޕެއް ޑޮކްޓަރުން ނަގައިފި

09 ފެބުރުއަރީ 2017
އިންޑިއާ އަންހެނެއްގެ ބޮލުތެރެއިން ދިރޭ ކުރަތްޕެއް ޑޮކްޓަރުން ނަގައިފި
12 ޖެނުއަރީ 2017

އިންސާނާގެ ހަށިގަނޑުގެ 97 އިންސައްތަ ބިނާވެފައިވަނީ "ސްޓާރޑަސްޓް" ގެ މައްޗަށް

12 ޖެނުއަރީ 2017
އިންސާނާގެ ހަށިގަނޑުގެ 97 އިންސައްތަ ބިނާވެފައިވަނީ "ސްޓާރޑަސްޓް" ގެ މައްޗަށް
10 ޖެނުއަރީ 2017

ފިލްމު "ކޮންގް: ސްކަލް އައިލޭންޑް" ގެ ދެވަނަ ޓްރެއިލަރ ރިލީޒްކޮށްފި

10 ޖެނުއަރީ 2017
ފިލްމު "ކޮންގް: ސްކަލް އައިލޭންޑް" ގެ ދެވަނަ ޓްރެއިލަރ ރިލީޒްކޮށްފި
09 ޖެނުއަރީ 2017

އިންޑިޔާގައި ޔޫލިއާ ވަންތޫރުގެ ފުރަތަމަ އޮންސްޓޭޖް ޑެބިއުޓްގައި ނަށާފައިވަނީ ސަލްމާންގެ ލަވަތަކަށް!

09 ޖެނުއަރީ 2017
އިންޑިޔާގައި ޔޫލިއާ ވަންތޫރުގެ ފުރަތަމަ އޮންސްޓޭޖް ޑެބިއުޓްގައި ނަށާފައިވަނީ ސަލްމާންގެ ލަވަތަކަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު