Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑާއި ގުޅިގެން މަތިވެރީގައި ހާއްސަ ފިޔަވަޅުތަކެ

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް މަތިވެރި ކައުންސިލުން ޙާއްސަ ފިޔަވަޅުތަކެއް އަޅަން ނިންމައިފި

ދިރިއުޅޭ ގޭބިސީ ފިޔަވާ އެހެން އެއްވެސްތަނެއްގައި އެއްވެ އުޅުން ވަނީ މަނާކޮށްފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 12 މެއި 2020 | އަންގާރަ 04:38
އއ. މަތިވެރި؛ ކޮވިޑުން ރައްކާތެެރިވުމަށް ރަށުގައި ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅާފައި

އއ. މަތިވެރި؛ ކޮވިޑުން ރައްކާތެެރިވުމަށް ރަށުގައި ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅާފައި

މާލެއިން ކޮވިޑް-19 ގެ ކޭސްތައްކެއް ފެނިފައިވާތީ ރައްކާތެރިކަމުގެ ގޮތުން ޓާސްކްފޯސްގެ ލަފާގެ މަތިން އއ. މަތިވެރި ކައުންސިލުން ޚާއްޞަ ފިޔަވަޅުތަށް އަޅަން ނިންމައިފިއެވެ.

އެގޮތުން އެޅުމަށް ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި މާލެއާއި މާލެކައިރިން ޞަރަޙައްދުން 14 އޭޕްރީލްގެ ފަހުން އެ ރަށަށް އައިސްފައިވާ ފަރާތްތަކުން 14 ދުވަސްވަންދެން ގޭގައި މަޑުކުރުމަށް ވަނީ އަންގާފައެވެ.

އަދި ޒަރޫރީ ބޭނުންތަކުގައި މެނުވީ އެއްރަށުން އަނެއްރަށަށް އަރާފޭބުން ހެލްތ ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މަނާކުރުމާއިގުޅިގެން މަތިވެރިއަށް ޒަރޫރީ ބޭނުންތަކުގައި އަންނަ ފަރާތްތަކުން ވަކި ނަންބަރުތަކަށް ގުޅާ މަޢުލޫމާތު ޙިއްސާ ކުރުމަށް ވަނީ އެދިފައެވެ. ނަންބަރުތަކަކީ 9665188، 9907298، 7772549 އަދި 9997886 އެވެ.

މީގެ އިތުރުން ދިރިއުޅޭ ގޭބިސީ ފިޔަވާ އެހެން އެއްވެސްތަނެއްގައި އެއްވެ އުޅުމާއި ޙާއްޞަކޮށް ޕާޓީތަކާއި، ޙަފުލާތަށް ބޭއްވުމާއި، ދަތުރު ދިޔުމާއި، މޫއްދަށް އެރުމާއި، ކުޅިވަރު ކުޅުމާއި، ގުރޫޕް ހަދާފައި އުޅުމަކީ މަނާކަމެއް ކަމަށް ވަނީ އަންގާފައެވެ. އަދި ބަލިން ރައްކާތެރިވުމުގެގޮތުން ކަމާބެހޭ އިދާރާތަކުން ދީފައިވާ އިރުޝާދުތަކާއި އެއްގޮތަށް ހުރިހާ ވަގުތެއްގައި ވެސް ޢަމަލުކުރުމާއި ޒަރޫރީ ބޭނުންތަކަށް ތަންތަނަށް ގޮސް އުޅުމުގައިވެސް މީހުންނާއި 3 ފޫޓް ގައިދުރުކަން ބެހެއްޓުމަށް ވަނީ އަންގާފައެވެ.

މީގެ އިތުރުން މާލެއިންނާއި، ރިސޯޓުތަކުންނާއި، ސަފާރިތަކުން ރަށަށް ދަތުރުކޮށްފައިވާ ފަރާތްތަކުން ކެއްސުމާއި ހުންއައުން އަދި ނޭވާއަށް އުނދަގޫވުން ފަދަ ކޮވިޑް-19 ގެ ޢަލާމާތެއް ހުރިނަމަ، ލަސްނުކޮށް 1676 ނަންބަރާއި ގުޅާ ނުވަތަ މެސެޖަކުން މަޢުލޫމާތު ޙިއްސާކުރުމަށް ވަނީ އެދިފައެވެ.

މަތިވެރި ކައުންސިލުން ބުނީ ފިޔަވަޅުތަކާއި ޚިލާފަށް ޢަމަލުތަށް ބަހައްޓާ ފަރާތްތަކާއި މެދު ޤާނޫނީ ފިޔަވަޅުއެޅުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަމުންދާނެ ކަމަށާއި، މިކަން ޓާސްކްފޯހުގެ ފަރާތުން ވެސް ބަލަމުންދާނެ ކަމަށެވެ.

އިތުރަށް ކިޔާލަން

02 މާރިޗު 2017

ނޫސްވެރިންނަށް ދޭ އިންޒާރުތައް މީޑިއާ ކައުންސިލުން ކުށްވެރިކޮށްފި

02 މާރިޗު 2017
ނޫސްވެރިންނަށް ދޭ އިންޒާރުތައް މީޑިއާ ކައުންސިލުން ކުށްވެރިކޮށްފި
25 ފެބުރުއަރީ 2017

ދެއްވަދޫ ކައުންސިލުން ގަވައިދާ ޚިލާފަށް އެތައް ލައްކަ ރުފިޔާއެއް ޚަރަދު ކޮށްފި

25 ފެބުރުއަރީ 2017
ދެއްވަދޫ ކައުންސިލުން ގަވައިދާ ޚިލާފަށް އެތައް ލައްކަ ރުފިޔާއެއް ޚަރަދު ކޮށްފި
06 ފެބުރުއަރީ 2017

ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން
04 ފެބުރުއަރީ 2017

އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު
26 ޖެނުއަރީ 2017

ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

26 ޖެނުއަރީ 2017
ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު