Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސަސްޕެންޝަން އުވުނު މުވައްޒަފުން

ސަސްޕެންޝަން އުވުނު މުވައްޒަފުންނަށް ރޯދަ އެލަވަންސް ލިބޭނީ 14 ދުވަހަށް

ސަސްޕެންޝަން އުވުނު މުވައްޒަފުންގެ 14 ދުވަހަށް ލިބޭނީ 1400 ރުފިޔާ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 11 މެއި 2020 | ހޯމަ 06:27
ސިވިލް ސަރވިސްގެ ގިނަ އަދަދެއްގެ މުވައްޒަފުން މަސައްކަތް ކުރަމުން އަންނަ ވެލާނާގެ އޮފީސް އިމާރާތް؛ ސަސްޕެންޝަން އުވުނު މުވައްޒަފުންނަށް ރޯދަ އެލަވަންސް ދޭނީ މަސައްކަތަށް ނުކުންނަ ދުވަހުން ފެށިގެން

ސިވިލް ސަރވިސްގެ ގިނަ އަދަދެއްގެ މުވައްޒަފުން މަސައްކަތް ކުރަމުން އަންނަ ވެލާނާގެ އޮފީސް އިމާރާތް؛ ސަސްޕެންޝަން އުވުނު މުވައްޒަފުންނަށް ރޯދަ އެލަވަންސް ދޭނީ މަސައްކަތަށް ނުކުންނަ ދުވަހުން ފެށިގެން

ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ ސަބަބުން ސަސްޕެންޑް ކުރެވުނު ސިވިލް ސަރވިސް މުވައްޒަފުންގެ ސަސްޕެންޝަން އުވުމާއި ގުޅިގެން އެ މުވައްޒަފުންނަށް ރަމަޟާން މަހުގެ އެލަވަންސް ދޭނީ ސަސްޕެންޝަން އުވުނު ދުވަހުން ފެށިގެން ކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ބުނެފިއެވެ.

ރަމަޟާން މަހުގެ އެލަވަންސްގެ ގޮތުގައި 3000 ރުފިޔާ ކޮންމެ މުވައްޒަފަކަށް ދޭން ޖެހެއެވެ. ނަމަވެސް ސަސްޕެންޝަން އުވުނު މުވައްޒަފުންގެ 14 ދުވަހަށް ލިބޭނީ 1400 ރުފިޔާކަމަށް އެކޮމިޝަނުން ބުނެއެވެ.

Advertisement - newsAdvertisement

އިންތިޚާބަށް ކުރިމަތިލި މުވައްޒަފުންގެ ސަސްޕެންޝަން އުވުނުކަން އަންގާ ސިވިލް ސަރވިސް ކޮމިޝަނުން ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ މިނިސްޓްރީ އޮފް ފިނޭންސްގެ ނަންބަރު 2/2020 ދެންނެވުމުގެ (އ) ގައި ރަމަޟާން މަސް ފެށޭ އިރު، އޮފީހަށް ޚިދުމަތް ނުލިބޭ ގޮތަށް ޕޭ ލީވް އަދި ނޯ ޕޭ ލީވްއެއްގައި ހުރި މުވައްޒަފަކު ރަމަޟާން މަހުގެ ތެރެއިން އެނބުރި ޚިދުމަތަށް ނުކުމެއްޖެ ނަމަ، އެ ދުވަހަކުން ފެށިގެން ރަމަޟާން މަހުގެ ނިޔަލަށްޖެހޭ ޢަދަދެއް ބަލައި، އެ ޢަދަދަށް ރަމަޟާން މަހުގެ އިނާޔަތުގެ ފައިސާ ދޭންވާނެކަމަށެވެ.

އަދި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލުމާ ގުޅިގެން ސަސްޕެންޑުކުރެވިފައިވާ މުވައްޒަފުންގެ ސަސްޕެންޝަން ބާޠިލުކުރެވޭ ތާރީޚުން ފެށިގެން އެ ފަރާތަކަށް ޙައްޤުވާ ރަމަޟާން މަހުގެ އިނާޔަތްތައް އެ ފަރާތަކަށް ލިބޭނެކަމަށް ބުނެފައި ވެއެވެ.

މި އަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ތަޞްދީޤު ކުރައްވާފައިވަނީ 10 ވީ އާދީއްތަ ދުވަހުއެވެ. އެހެންކަމުން މި މުއްދަތުން ފެށިގެން ރަމަޟާން މަހުގައި ބާކީ އޮންނާނީ 14 ދުވަހެވެ.

މީގެ އިތުރުން ސިވިލް ސަރވިސްގެ އެންގުމުގައި ވަނީ ސަސްޕެންޝަން އުވި މުވައްޒަފުން އަލުން ވަޒީފާއަށް ނުކުންނަން ހަމަޖެހުނު އިރު، ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތާ ގުޅިގެން މި ވަގުތު ސަރުކާރުގެ އޮފީސްތަކުގައި މަސައްކަތްކުރުމަށް ހަމަޖެހިފައިވަނީ ވަކި ޚާއްޞަ އުޞޫލުތަކެއްގެ މަތިން ކަމުގައެވެ. އެހެންކަމުން ވަޒީފާއަށް ނުކުތުމަށް ހަމަޖެހޭ މުވައްޒަފުން ޢަމަލުކުރަންވާނީ އެ އޮފީހެއްގެ ޒިންމާދާރު އިސްވެރިޔާ ނުވަތަ ސެކްރެޓަރީ ޖެނެރަލްގެ މަސައްކަތް ވަގުތީގޮތުން ޙަވާލުކުރެވިފައިވާ ފަރާތުން އަންގާ ގޮތެއްގެ މަތިން ކަމުގައި ބުނެފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބޮޑުކުރި އެލަވަންސް ފުލުހުންނަށް ނުދިން މައްސަލަ މަޖިލީހަށް!

ބޮޑުކުރި އެލަވަންސް ފުލުހުންނަށް ނުދިން މައްސަލަ މަޖިލީހަށް!

23 ފެބުރުއަރީ 2017
ހީވާގި ކަނބަލުން ގެ ރޯޅި ސިވިލް ސާވިސް މުވައްޒަފުންނަށް ޖެހިއްޖެ

ހީވާގި ކަނބަލުން ގެ ރޯޅި ސިވިލް ސާވިސް މުވައްޒަފުންނަށް ޖެހިއްޖެ

20 ފެބުރުއަރީ 2017
ޕީޕީއެމް ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރުކުރާ ކަމަށް އަޑުތައް ފެތުރިއްޖެ

ޕީޕީއެމް ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރުކުރާ ކަމަށް އަޑުތައް ފެތުރިއްޖެ

15 ފެބުރުއަރީ 2017
މަރުވެފައިވާ ބަޔަކަށް އެލަވަންސް ދޫކޮށްފި

މަރުވެފައިވާ ބަޔަކަށް އެލަވަންސް ދޫކޮށްފި

04 ފެބުރުއަރީ 2017
ބޮޑުކުރި އެލަވަންސް ނުހިމަނައި، ފުލުހުންނަށް މުސާރަ ޖަމާކޮށްދީފި

ބޮޑުކުރި އެލަވަންސް ނުހިމަނައި، ފުލުހުންނަށް މުސާރަ ޖަމާކޮށްދީފި

02 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

20 ޖެނުއަރީ
ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި
20251 އަހަރު ކުރިން
ރާއްޖެ

ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި
20233 އަހަރު ކުރިން
ރާއްޖެ

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
20197 އަހަރު ކުރިން
ރިޕޯޓު

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު