Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޓްރީ ޓޮޕުން މަހަކު 20 މިލިއަން ހަރަދުކުރަނީ

މަހަކަށް 20 މިލިއަން ރުފިޔާ ހަރަދު ކުރާނަން: ޓްރީ ޓޮޕް

ޓްރީ ޓޮޕް ހޮސްޕިޓަލު، ކޮވިޑް ފެސިލިޓީގެ ގޮތުގައި ހިންގާއިރު އެ ހޮސްޕިޓަލުގެ މެނޭޖުމެންޓާއި މުވައްޒަފުން ހަރަކާތްތެރިވާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 9 މެއި 2020 | ހޮނިހިރު 14:13
ޑޭވިޑް ފެއިންބަރގް، ސީއީއޯ، ޓްރީ ޓޮޕް ހޮސްުޕިޓަލް - 20 މިލިއަން ރުފިޔާ މެނޭޖްމަންޓުން ހަރަދުކުރަން ނިންމާފައިވާ އިރު، މުވައްޒަފުންގެ މުސާރަ ވެސް މީގެ ތެރޭގައި ހިމެނޭ

ޑޭވިޑް ފެއިންބަރގް، ސީއީއޯ، ޓްރީ ޓޮޕް ހޮސްުޕިޓަލް - 20 މިލިއަން ރުފިޔާ މެނޭޖްމަންޓުން ހަރަދުކުރަން ނިންމާފައިވާ އިރު، މުވައްޒަފުންގެ މުސާރަ ވެސް މީގެ ތެރޭގައި ހިމެނޭ

ކޮވިޑް-19 އަށް ފަރުވާކުރުމަށް ޓްރީ ޓޮޕް ހޮސްޕިޓަލް ޚާއްޞަ ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރާ އިރު، ހޮސްޕިޓަލަށް މަހެއްގެ މައްޗަށް 20 މިލިއަން ރުފިޔާ އެކި ގޮތްގޮތުން ޚަރަދުކުރާނެކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޓްރީ ޓޮޕް ހޮސްޕިޓަލުގެ ސީއީއޯ ޑޭވިޑް ފައިންބަރގް ވިދާޅުވީ ޓްރީ ޓޮޕް ހޮސްޕިޓަލް، ކޮވިޑް ފެސިލިޓީއެއްގެ ގޮތުގައި ހިންގާއިރު އެ ހޮސްޕިޓަލުގެ މެނޭޖުމެންޓާއި މުވައްޒަފުން ޙަރަކާތްތެރިވާނެ ކަމަށެވެ. އަދި ތިން މަހަށް އެތަން ކޮވިޑް-19 ފެސިލިޓީއަކަށް ހަމަޖައްސާފައިވާއިރު އެ މުއްދަތުގެ ތެރޭގައި ކޮންމެ މަހަކުވެސް 20 މިލިއަން ރުފިޔާ އެކި ކަންކަމަށް ޚަރަދު ކުރަމުންދާނެކަމަށެވެ. އަދި މި ޚަރަދުތައް ކުރާނީ ކުންފުނީގެ ޝެއަރ ހޯލްޑަރުންކަމަށް ފައިންބާގް ވިދާޅުވިއެވެ.

މި ޚަރަދުތަކުގެ ތެރޭގައި އެ ހޮސްޕިޓަލުގެ މުވައްޒަފުންގެ ޚަރަދުވެސް ހިމެނެއެވެ. އަދި މި ޙާލަތާ ގުޅިގެން ހޮސްޕިޓަލުގެ ގިނަ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކޮށްފައިވާއިރު އަދިވެސް 500 މުވައްޒަފުން އެބަތިބި ފައިންބަރގް ވިދާޅުވިއެވެ.

މީގެ އިތުރުން އިސްސަފުގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަ 10 އިންސައްތަ އިތުރުކުރަން ނިންމާފައިވާ ކަމަށާއި، ސިކް ލީވްގެ 30 ދުވަހުގެ އިތުރުން، އިތުރު 30 ދުވަސް ދިނުމަށާއި މިކަމުގައި ދިމާވާ ޙާލަތަކުން ޑިސެބިލިޓީ ލީވްގެ ގޮތުގައި މުސާރައާއެކު އެއްއަހަރުގެ މުއްދަތު ވެސް ދޭން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކުރިކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން ފައިންބަރގް ވިދާޅުވީ 25 މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ. އަދި އެ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިވަނީ ޤަވާއިދާ އެއްގޮތަށް ކަމަށާއި، ކޮވިޑް-19 އާއި ގުޅިގެން ހޮސްޕިޓަލަށް އެއްވެސް ވަރަކަށް ފައިދާ ނުލިބޭ ކަމަށެވެ. ނަމަވެސް ޢާންމު ޙާލަތަށް ރުޖޫޢަވުމުން އެންމެ ފުރަތަމަ ވެސް އެ މުވައްޒަފުން އަނބުރާ ވަޒީފާއަށް ގެންނާނެކަމަށް އޭނާ ވިދާޅުވިއެވެ.

ކޮވިޑް-19 އާ ގުޅިގެން ޓްރީ ޓޮޕް ފެސިލިޓީއަކަށް ހެދިނަމަވެސް އެކަމަށް ބޭނުންވާ އާލާތްތައް ހޯދުމާއި އިތުރު ވަޞީލަތްތައް ފަހިކުރުމުގެ މަސައްކަތް ކުރާނީ އައިޖީއެމްޗުންނެވެ. އަދި ޓްރީ ޓޮޕްގެ މުވައްޒަފުން ފްރޮންޓް ލައިންގައި މަސައްކަތް ކުރާ އިރު، އިތުރަށް ބޭނުންކުރާނީ އައިޖީއެމްއެޗްގެ މުވައްޒަފުންކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނެއެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
15 ޖެނުއަރީ 2017

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
13 ޖެނުއަރީ 2017

އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ

13 ޖެނުއަރީ 2017
އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު