Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުސެކިއުރިޓީ ވިއްކާ ކުންފުނިތަކުގެ ރިޕޯޓް

ސެކިއުރިޓީޒް ވިއްކާފައިވާ ކުންފުނިތަކުން ފުރަތަމަ ކުއާޓަރގެ ރިޕޯޓު ޝާއިޢުކުރުމުގެ މުއްދަތު އިތުރުކޮށްފި

8 މެއި 2020 | ހުކުރު 14:28

ދެވަނަ ކުއާޓަރުގެ ރިޕޯޓާއެކު، 31 ޖުލައި 2020 ގެ ނިޔަލަށް ފުރަތަމަ ކުއާޓަރުގެ ރިޕޯޓު ޝާއިޢުކުރުމުގެ މުއްދަތު އިތުރުކޮށްދީފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 8 މެއި 2020 | ހުކުރު 14:28
ސީއެމްޑީއިން ކުންފުނިތަކުގެ ސެކްރެޓަރީންނަށް ބޭއްވި ޓްރެއިނިންގެ އެއްގެ ތެރެއިން

ސީއެމްޑީއިން ކުންފުނިތަކުގެ ސެކްރެޓަރީންނަށް ބޭއްވި ޓްރެއިނިންގެ އެއްގެ ތެރެއިން

ސެކިއުރިޓީޒް ވިއްކާފައިވާ ކުންފުނިތަކުން ފުރަތަމަ ކުއާޓަރުގެ ރިޕޯޓު ޝާއިޢުކުރުމުގެ މުއްދަތު އިތުރުކޮށްދީފިއެވެ.

ކެޕިޓަލް މާކެޓް ޑެވަލަޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން ބުނީ ސެކިއުރިޓީޒް ދޫކުރާ ފަރާތްތަކުގެ މަޢުލޫމާތު ހާމަކުރުމުގެ ޒިންމާއާބެހޭ ގަވާއިދުގެ ދަށުން ނެރެންޖެހޭ، މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ރިޕޯޓާއި ކޮވިޑް 19 އެސެސްމަންޓް ރިޕޯޓު ހިމަނައިގެން ދެވަނަ ކުއާޓަރުގެ ރިޕޯޓާއެކު، 31 ޖުލައި 2020 ގެ ނިޔަލަށް ފުރަތަމަ ކުއާޓަރުގެ ރިޕޯޓު ޝާއިޢުކުރުމުގެ މުއްދަތު އިތުރުކޮށްދީފައިވާ ކަމަށެވެ.

މިގޮތަށް މުއްދަތު އިތުރުކޮށްދީފައިވީ ނަމަވެސް، ޙިއްޞާގެ އަގަށް ބަދަލު އަތުވެދާނެ ފަދަ އެއްވެސް މުޢާމަލާތެއް ކުންފުންޏަކުން ހިންގައިފިނަމަ، ނުވަތަ އެފަދަ ޙާލަތެއް ދިމާވެއްޖެނަމަ، ސެކިއުރިޓީޒް ދޫކުރާ ފަރާތްތަކުގެ މަޢުލޫމާތު ހާމަކުރުމުގެ ޒިންމާއާބެހޭ ގަވާއިދުގެ ދަށުން އެ ކުންފުންޏަކުން ވަގުތުން މަޢުލޫމާތު ހާމަކުރަންޖެހޭނެ ކަމަށެވެ.

އެ ގޮތަށް ހަމަޖެއްސުމުގެ މައިގަނޑު މަޤްޞަދަކީ ކޮވިޑް 19 އާގުޅިގެން ކުންފުނިތަކުގެ ވިޔަފާރިއަށް ކުރާނެ އަސަރާއި ކުންފުނީގެ އާމްދަނީއަށް އަތުވެދާނެ ބަދަލުތަކުގެ ސަބަބުން ކުންފުންޏަށް ލިބިދާނެ ގެއްލުންތަކަށް އެޑްރެސްކޮށް، ކުންފުނިތަކުން ރިޕޯޓެއް ނެރުމަށް ފުރުޞަތު ދިނުމުގެ ގޮތުން ކަމަށް ސީއެމްޑީއޭއިން ބުނެއެވެ.

މީގެ އިތުރުން ކުންފުނީގެ ވިޔަފާރީގެ ޙާލަތަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ކުންފުނިތަކުގެ މާލީ ޙާލަތަށް އަސަރުކުރާނެ ނުވަތަ އަސަރުކޮށްފައިވާ ގޮތް ވަޒަންކުރުމަށް އިންވެސްޓަރުންނަށް ފުރުޞަތު ލިބިދިނުމާއި ސެކިއުރިޓީޒް ގަނެވިއްކުމުގައި އިންވެސްޓަރުންނަށް ގޮތެއް ނިންމުމުގައި މަގުފަހިކޮށްދިނުން ވެސް ހިމެނޭ ކަމަށް އެ އޮތޯރިޓީން ބުނެއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

19 މާރިޗު 2018

ހދ. އަތޮޅުގެ ފުރަތަމަ ރިސޯޓު ހުޅުވައިފި

19 މާރިޗު 2018
ހދ. އަތޮޅުގެ ފުރަތަމަ ރިސޯޓު ހުޅުވައިފި
14 މާރިޗު 2018

ސިންގަޕޫރުގައި އޮންނަ އޭޝިއަން ޕޭސްޓްރީ ކަޕްގައި ރާއްޖެއިން ފުރަތަމަ ފަހަރަށް ބައިވެރިވަނީ !

14 މާރިޗު 2018
ސިންގަޕޫރުގައި އޮންނަ އޭޝިއަން ޕޭސްޓްރީ ކަޕްގައި ރާއްޖެއިން ފުރަތަމަ ފަހަރަށް ބައިވެރިވަނީ !
06 ޖެނުއަރީ 2018

ޕޭރޯލް ޓެކްސް ސިސްޓަމަކަށް މަރުހަބާ ކިޔަން ނިއުޔޯކް ކުންފުނިތަކުން އޮތީ ތައްޔާރަށް: ސްޓޭޓް އޮފިޝަލް

06 ޖެނުއަރީ 2018
ޕޭރޯލް ޓެކްސް ސިސްޓަމަކަށް މަރުހަބާ ކިޔަން ނިއުޔޯކް ކުންފުނިތަކުން އޮތީ ތައްޔާރަށް: ސްޓޭޓް އޮފިޝަލް
29 ނޮވެމްބަރު 2017

ރާއްޖޭގައި ފުރަތަމަ ފަހަރަށް މޮބައިލް ގޭމް ސްޓޯރެއް އޫރީދޫ އިން ތައާރަފުކޮށްފި

29 ނޮވެމްބަރު 2017
ރާއްޖޭގައި ފުރަތަމަ ފަހަރަށް މޮބައިލް ގޭމް ސްޓޯރެއް އޫރީދޫ އިން ތައާރަފުކޮށްފި
22 ނޮވެމްބަރު 2017

ރާއްޖޭގެ ފުރަތަމަ އައިސް ރިންކް ޖުމެއިރާއަށް!

22 ނޮވެމްބަރު 2017
ރާއްޖޭގެ ފުރަތަމަ އައިސް ރިންކް ޖުމެއިރާއަށް!
08 ޖުލައި 2017

ބޭންކް އޮފް ސިލޯނުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ހައުސިންގް ލޯނެއް ތައާރަފުކޮށްފި

08 ޖުލައި 2017
ބޭންކް އޮފް ސިލޯނުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ހައުސިންގް ލޯނެއް ތައާރަފުކޮށްފި
30 ޖޫން 2017

އިންޑިއާގައި ފުރަތަމަ ފަހަރަށް ވިޔަފާރިތަކުން ޖީއެސްޓީ ނަގަން ނިންމައިފި

30 ޖޫން 2017
އިންޑިއާގައި ފުރަތަމަ ފަހަރަށް ވިޔަފާރިތަކުން ޖީއެސްޓީ ނަގަން ނިންމައިފި
27 މެއި 2017

ރޯދަމަހުގެ ފުރަތަމަ ދުވަސް، ލޯކަލް މާރުކޭޓް ތޮއްޖެހިފައި

27 މެއި 2017
ރޯދަމަހުގެ ފުރަތަމަ ދުވަސް، ލޯކަލް މާރުކޭޓް ތޮއްޖެހިފައި
19 އެޕްރީލު 2017

އެލައިޑްގެ ލައިފް އިންޝިއުރެންސް ފުރަތަމަ ނެގި މީހާއަށް ފައިސާ ދީފި

19 އެޕްރީލު 2017
އެލައިޑްގެ ލައިފް އިންޝިއުރެންސް ފުރަތަމަ ނެގި މީހާއަށް ފައިސާ ދީފި
30 މާރިޗު 2017

ދިވެހި އަމިއްލަ ފުރަތަމަ ކުންފުނީގެ ހިއްސާ ސްޓޮކް މާކެޓްގައި ލިސްޓްކޮށްފި

30 މާރިޗު 2017
ދިވެހި އަމިއްލަ ފުރަތަމަ ކުންފުނީގެ ހިއްސާ ސްޓޮކް މާކެޓްގައި ލިސްޓްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް