Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކްރިމިނަލް ކޯޓުގެ މަސައްކަތްތައް

އާދިއްތަ ދުވަހުން ފެށިގެން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކްރިމިނަލް ކޯޓުގެ ޝަރީއަތްތައް ފަށަނީ

ގިނަ ދުވަސްތަކެއް ވެގެންދާތީ ޕީޖީ އޮފީހުންވެސް ކަންބޮޑުވުން ފާޅުކޮށްފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 8 މެއި 2020 | ހުކުރު 11:35
ކްރިމިނަލް ކޯޓް- އޭޕްރީލް 15 ގައި މާލެ ލޮކްޑައުން ކުރުމާ ގުޅިގެން ކޯޓުގެ ޝަރީއަތްތައް އޮތީ މެދުކަނޑާލާފައި، ނަމަވެސް އާދިއްތަ ދުވަހު ޝަރީއަތްތައް ފަށާނެ

ކްރިމިނަލް ކޯޓް- އޭޕްރީލް 15 ގައި މާލެ ލޮކްޑައުން ކުރުމާ ގުޅިގެން ކޯޓުގެ ޝަރީއަތްތައް އޮތީ މެދުކަނޑާލާފައި، ނަމަވެސް އާދިއްތަ ދުވަހު ޝަރީއަތްތައް ފަށާނެ

އެކި މައްސަލަތަކުގައި ބަންދުކޮށްފައިވާ މީހުންގެ ޝަރީޢަތްތައް ކްރިމިނަލް ކޯޓުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

ހުކުރު ދުވަހު ކްރިމިނަލް ކޯޓުން ނެރުނު އިއުލާނެއްގައި ބުނީ، ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ތެރެއިން ކޯޓަށް ހާޒިރު ނުކޮށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދެވޭނެ ޝަރީއަތްތައް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދިއުމަށް ނިންމަވާފައިވާ ކަމަށެވެ.

އެގޮތުން ޝަރީއަތްތައް ފެށުމަށް ނިންމާފައިވަނީ 10 މެއި ވާ އާދިއްތަ ދުވަހުން ފެށިގެންނެވެ.

ކްރިމިނަލް ކޯޓުން ބުނީ، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އަޑުއެހުންތައް ކުރިއަށްދާނީ އެކަމާ ގުޅިގެން ސުޕްރީމް ކޯޓުގެ ސަރކިއުލަރއަކުން ޝާއިއުކޮށްފައިވާ ޤަވާއިދެއްގެ ދަށުން ކަމަށެވެ. އެ ޤަވާއިދުގެ 5 ވަނަ މާއްދާގެ (ހ) ގެ ދަށުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އަޑުއެހުން ކުރިއަށް ގެންދިއުމަށް ދައުވާލިބޭ ފަރާތް ރުހޭތޯ އަހާނެއެވެ. އަދި ރުހޭނަމަ ތާވަލު ކުރުމަށްފަހު އަޑުއެހުން ކުރިއަށްގެންދެވޭނެ ކަމަށް ކޯޓުން ބުނެއެވެ.

އެހެން ނަމަވެސް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތް ކުރިއަށް ގެންދިއުމަށް ދައުވާލިބޭ ފަރާތް ނުރުހޭނަމަ އަޑުއެހުން ވަގުތުން ހުއްޓާލެވޭނެކަމަށް ކޯޓުން ނެރުނު އިއުލާނުގައި ބުނެފައިވެއެވެ. ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ "އެމީހެއްގެ ހާޒިރުގައި ޝަރީއަތް ކުރެވުން" މިއީ ޤާނޫނު އަސާސީން ދައުވާލިބޭ ފަރާތްތަކަށް ލިބިދޭ އަސާސީ ޙައްޤަކަަށް ވުމެވެ. އަދި މި ޙައްޤަށް ހަނިކަމެއް ގެނެވޭނީ މަޖިލީހުން ކަނޑައަޅާ ޤާނޫނަކުން ކަން ބަޔާންކޮށް ކޯޓުން އިތުރަށް ބުނީ، މިހާތަނަށް ޤާނޫނަކުން އެކަމަށް ހަނިކަމެއް ގެނެސްފައި ނުވާ ކަމަށެވެ.

ކްރިމިނަލް ކޯޓުން އެހެން ނިންމާފައިވާއިރު، ރާއްޖޭގައި އިޢުލާނު ކޮށްފައިވާ ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގައި މައްސަލަތަކުގެ ޝަރީޢަތްތައް ކުރިއަށް ނުގެންދެވި ގިނަ ދުވަސްތަކެއް ވެގެންދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުންވެސް ކްރިމިނަލް ކޯޓާ އެކަން ހިއްސާ ކޮށްފައިވެއެވެ. އަދި އެކަމުގެ އިންތިޒާމުތައް ހަމަޖެއްސުމުގައި އެ އޮފީހުގެ ފަރާތުން އެއްބާރުލުން ދޭނެކަމަށްވެސް ޕީޖީ އޮފީހުން ބުނެފައިވެއެވެ.

މިދިޔަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު މާލެ ސަރަޙައްދު ލޮކްޑައުން ކުރުމާއި ގުޅިގެން ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ އަޑުއެހުންތައް އޮތީ މެދުކަނޑާލާފައެވެ. އެހެން ނަމަވެސް ބަންދާމެދު ގޮތެއް ނިންމުމަށް ބާއްވާ މަޖިލިސްތައް ބޭއްވުމާއި، އެކި ކަންކަމަށް ކޯޓު އަމުރު ނެރެދިނުމުގެ މަސައްކަތްތައް އަދިވެސް މެދުނުކެނޑި ކުރަމުންދެއެވެ.

އިތުރަށް ކިޔާލަން

13 މާރިޗު 2017

ފަނޑިޔާރު އަލީ ހަމީދަށް ތުހުމަތު ކުރެވޭ ކަސްބީ އަންހެނުންނާ އެކު ގުޅުން ހިންގި ވީޑިއޯގެ މައްސަލަ ނުބަލަން ނިންމައިފި

13 މާރިޗު 2017
ފަނޑިޔާރު އަލީ ހަމީދަށް ތުހުމަތު ކުރެވޭ ކަސްބީ އަންހެނުންނާ އެކު ގުޅުން ހިންގި ވީޑިއޯގެ މައްސަލަ ނުބަލަން ނިންމައިފި
01 މާރިޗު 2017

ހުޅުމާލޭ ބަނދަރުގައި އަޅާފައި ހުންނަ ދޯނިތަކުން މާރޗް މަހުން ފެށިގެން ފީ ނަގަނީ

01 މާރިޗު 2017
ހުޅުމާލޭ ބަނދަރުގައި އަޅާފައި ހުންނަ ދޯނިތަކުން މާރޗް މަހުން ފެށިގެން ފީ ނަގަނީ
27 ފެބުރުއަރީ 2017

"އެނާޖީ އެވެއާނެސް"ގެ ނަމުގައި ދެ ވީޑިއޯ ސްޕޮޓް ލޯންޗު ކޮށްފި

27 ފެބުރުއަރީ 2017
"އެނާޖީ އެވެއާނެސް"ގެ ނަމުގައި ދެ ވީޑިއޯ ސްޕޮޓް ލޯންޗު ކޮށްފި
25 ފެބުރުއަރީ 2017

ބަރަހަނާ ވީޑިއޯ އާންމުވި ފުލުސްމީހާ ވަޒީފާއިން ވަކިކޮށްފި

25 ފެބުރުއަރީ 2017
ބަރަހަނާ ވީޑިއޯ އާންމުވި ފުލުސްމީހާ ވަޒީފާއިން ވަކިކޮށްފި
23 ފެބުރުއަރީ 2017

ފުލުހުންގެ އިސް އޮފިސަރެއްގެ ބަރަހަނާ ވީޑިއޯއެއްގެ މައްސަލަ ބަލަނީ

23 ފެބުރުއަރީ 2017
ފުލުހުންގެ އިސް އޮފިސަރެއްގެ ބަރަހަނާ ވީޑިއޯއެއްގެ މައްސަލަ ބަލަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު