Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ލައިފް ސްޓައިލް
އަތުގެ ހަން އޮމާން ކުރުން

މަޑުމަޑު އޮމާން އަތްތިލައެއް ބޭނުން ނުވާނީ ކާކު؟

ވެސްލިން ބޭނުން ކުރެވިދާނެ

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ, ރާއްޖެ އެމްވީ | 7 މެއި 2020 | ބުރާސްފަތި 16:26
އަތްތިލަ

އަތްތިލަ

އަތްތިލައިގެ ހަންގަނޑު ރާޅުވެ ކުރަކި ވުމަކީ ވަރަށް ގިނައިން ދިމާވާ މައްސަލައެކެވެ. ބައެއް ފަހަރު މޫސުމަށް އަންނަ ބަދަލުގެ ސަބަބުންވެސް އަތުގެ ހަންގަނޑު ކުރަކިވާގޮތް މެދުވެރިވެއެވެ. އަތުން ކުރަންޖެހޭ ބައެއްކަހަލަ މަސައްކަތްތަކުންވެސް ބައެއް ފަރާތްތަކަށް މި މައްސަލަ ދިމާވަމުން ދެއެވެ. މިފަދަ މައްސަލަތައް ދިމާވުމުން ޑޮކްޓަރަށް ދެއްކުމުގެ ބަދަލުގައި ގޭގައިވެސް މިކަމަށް ހައްލެއް ހޯދިދާނެއެވެ.

އަތުގެ ހަން އޮމާންކޮށް އަތްތިލަ މަޑުކުރުމަށް މިތަކެތި ބޭނުން ކުރެވިދާނެއެވެ.

- ވެސްލިން

ކޮންމެ ރެއަކުވެސް ނިދުމުގެ ކުރިން ދެއަތުގައި ވެސްލިން ހާކާލާށެވެ. ވެސްލިން ހޭކުމުން ހަންގަޑު މޮއިސްޗަރ ކޮށްދީ ހަންގަޑު މަޑުކޮށްދޭނެ އެއްޗެކެވެ.

- ކާށިތެޔޮ

އަތުގެ ހަންގަޑު މަޑުކުުރުމަށް ކާށިތެލުން އެހީތެރިވެދެއެވެ. ނިދުމުގެ ކުރިން އަތުގައި ކާށިތެޔޮ ހޭކިދާނެއެވެ.

- އޯޓްމީލް

އޯޓްމީލް އަކީވެސް އަތުގެ ހަންގަޑު އޮމާންކުރުމަށް އޮތް ހައްލެކެވެ. އެގޮތުން ހަންގަނޑު ކުރަކިވާނަމަ 1 މޭޒުމަތީ ސަމްސަލުގެ މުގުރާފައި ހުރި އޯޓްމީލްގެ ތެރެއަށް ބައި ސަމްސާ ކާށިތެޔޮ އެޅުމަށްފަހު ރަނގަޅަށް މިކްސް ކޮށްުލާ އަތުގައި ހާކާލާށެެވެ. 10- 15 މިނެޓް ފަހުން އަތް ދޮވެލާށެވެ.

- ކުކުޅު ބިހުގެ ލޮނދި

ބިސް ތަޅާލުމަށްފަހު ބިހުގެ ލޮނދު ވަކިން ނަގައި އަތުގައި ހާކާލާށެވެ. 15- 20 މިނެޓް ހުރުމަށްފަހު އަތް ދޮވެލާށެވެ. އަތުގައި ވަސް ހިފާފައިވާނަމަ އަތް ދޮންނަ އިރު މީރުވަސް ދުވާ މައިލްޑް ސައިބޯންޏެއް ބޭނުން ކުރާށެވެ.

މިގޮތަށް ހަފްތާއަކު ތިންދުވަހު ހަދަމުން ގެންދާށެވެ.

- މާމުއި

މާމުއި އަކީވެސް ހަންގަޑަށް ފަރަށް ފައިދާ ހުރި ބާވަތެކެވެ. އަތުގައި މާމުއި ހާކާލުމަށްފަހު 15- 20 މިނެޓް ވަންދެން ބަހައްޓާލުމަށްފަހު ތާފަނާ ފެނުން އަތް ދޮވެލާށެވެ.

- އަލޯވޭރާ

އަލޯވޭރާގަހުގެ ފަތުގައި ހުންނަ ޖެލްތައް ނެގުމަށްފަހު އަތުގައި ހާކާލާށެވެ. 15-20 މިނެޓް ވަންދެން ހާކައިގެން ހުންނަން ވާނެ އެވެ. މިގޮތަށް ހަފްތާއަކު ދެދުވަހު ހަދަމުން ގެންދާށެވެ. އަތުގެ ހަންޑަނޑު އޮމާންވެ ނަތީޖާ ފެންނާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރޯޒްމޭރީ އޮއިލް: ބޮލުން އިސްތަށި ފައިބާ ނަމަ ބޭނުންކޮށްލަން އެއްވަނައިގެ ތެލެއް

ރޯޒްމޭރީ އޮއިލް: ބޮލުން އިސްތަށި ފައިބާ ނަމަ ބޭނުންކޮށްލަން އެއްވަނައިގެ ތެލެއް

29 ސެޕްޓެމްބަރު 2024
އޮސްޓްރޭލިއާއިން ކުޑަކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރާނީ

އޮސްޓްރޭލިއާއިން ކުޑަކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރާނީ

10 ސެޕްޓެމްބަރު 2024
މޫނުގެ ހަންގަނޑު ތާޒާކަންމަތީ ބެހެއްޓުމަށް ދޮންފަޅޯ ބޭނުން ކުރެވިދާނެ

މޫނުގެ ހަންގަނޑު ތާޒާކަންމަތީ ބެހެއްޓުމަށް ދޮންފަޅޯ ބޭނުން ކުރެވިދާނެ

13 ފެބުރުއަރީ 2023
ޕާނުގައި ތައްޔާރުކޮށްލާނެ ފަސޭހަ ރެސީޕީއެއް ބޭނުންތަ؟ ޗިކަން ސްޓަފްޑް ޓިއުބް ތައްޔާރުކޮށްލަމާ!

ޕާނުގައި ތައްޔާރުކޮށްލާނެ ފަސޭހަ ރެސީޕީއެއް ބޭނުންތަ؟ ޗިކަން ސްޓަފްޑް ޓިއުބް ތައްޔާރުކޮށްލަމާ!

23 އެޕްރީލު 2022
"ލެމަން ޕައި" ތައްޔާރުކޮށްލަން ބޭނުންތަ؟ މި އޮތީ ރެސިޕީ

"ލެމަން ޕައި" ތައްޔާރުކޮށްލަން ބޭނުންތަ؟ މި އޮތީ ރެސިޕީ

18 އެޕްރީލު 2022

އަހަރުތަކުން މިއަދު

9 މެއި
"ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟"
20251 އަހަރު ކުރިން
ރިޕޯޓު

"ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟"

މަސްއޮޑިން، މަސް ކަނޑައި ނަން ބަދަލުކޮށްފި
20242 އަހަރު ކުރިން
ކުޅިވަރު

މަސްއޮޑިން، މަސް ކަނޑައި ނަން ބަދަލުކޮށްފި

ނޭމާ ދޫކޮށްލަން ޕީއެސްޖީން އެއްބަސްވެއްޖެ؟
20233 އަހަރު ކުރިން
ކުޅިވަރު

ނޭމާ ދޫކޮށްލަން ޕީއެސްޖީން އެއްބަސްވެއްޖެ؟

މަސްވެރިކަމުގައި އުޅެނިކޮށް ދޯނިން ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާ ދީފި
20224 އަހަރު ކުރިން
ރާއްޖެ

މަސްވެރިކަމުގައި އުޅެނިކޮށް ދޯނިން ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާ ދީފި

ގެއްލިގެން ހޯދަނިކޮށް ޝިފާ ފެނުނީ ގެމެންދޫން
20215 އަހަރު ކުރިން
ރިޕޯޓު

ގެއްލިގެން ހޯދަނިކޮށް ޝިފާ ފެނުނީ ގެމެންދޫން

ޑެވިލްޑް ޗިކަން ރެސިޕީ
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ޑެވިލްޑް ޗިކަން ރެސިޕީ

ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް
20188 އަހަރު ކުރިން
ރިޕޯޓު

ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު